Advertisement

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓާ މެދު އެމްއާރްއެމްގެ ގިނަ ކަންބޮޑުންތަކެއް

29 ނޮވެންބަރު 2022 - 20:45 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް؛ ބަޖެޓާ މެދު ގިނަ ކަންބޮޑުވުންތަކެއް ވަނީ އެ ޕާޓީން ފާޅުކޮށްފައި-- ފޮޓޯ: ރައީސް އޮފީސް


އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓާ މެދު އެމްއާރްއެމްގެ ގިނަ ކަންބޮޑުންތަކެއް

29 ނޮވެންބަރު 2022 - 20:45 0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ "އުންމީދީ ބަޖެޓެއް" ނަމަވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑީވްސް ރީފޯމް މޫވްމަންޓު (އެމްއާރްއެމް)އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ކަންބޮޑުވާ އެއް ކަމަކީ ސަޕްލިމަންޓަރީ ބަޖެޓަކީ ވަކިން ހުށަހަޅައި ފާސްކޮށްގެން ހަރަދުކުރަންޖެހޭ ބަޖެޓެއްކަމަށް ގާނޫނުގައި ބުނެފައިވީނަމަވެސް ފާއިތުވި އަހަރުތަކުގައާއި އަދި މަޖީލިހަށް 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓް ހިމަނާފައި ނުވުން ކަމަށެވެ.

އަދި ސަޕްލިމެންޓަރީ ބަޖެޓުގެ ތަފްސީލުތައް ދީފައިނުވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

"މިގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ސަޕްލިމަންޓްރީ ބަޖެޓް ދުރާލާ ކުރިން ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި މި ޕާޓީން ދެކެމެވެ." އެ ޕާޓީން ބުނެފައިވެ އެވެ.

މީގެ އިތުރުން އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ ލިބުމަށް ހުރަސްތަކެއް ހުރިކަމަށް ދެކޭ ކަމަށް ވެސް އެމްއާރްއެމުން ބުނެފައިވެ އެވެ.

"ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވީނަމަވެސް، އެމްއެމްއޭއޭ އިން ފާހަގަ ކޮށްފައިވާ ގޮތަށް ފާއިތުވި ހަ އަހަރުވެސް ލިބިފައިވަނީ އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ." އެމްއާއެމްއިން ބުނެފައިވެ އެވެ.

އަދި މި އަހަރު ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ ބަޖެޓު ކުރި ވަރަށް ވުރެ 35 އިންސައްތަ ދަށް އަދަދެއް ކަމަށް ބުނެފައިވެ އެވެ.

އެމްއާރްއެމްއިން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔައި، ހަރަދު ކުޑަކުރުމަށް ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ޓާގެޓް ސަބްސިޑީސްއަށް ބަދަލުކޮށް، ޓާގެޓް ސަބްސިޑީސް ދޭނެ ގޮތެއް ރޭވުމަށް ގޮވާލާފަ އެވެ.

އަދި، ލޯނުގެ ގޮތުގައި ދައުލަތަށް ފައިސާ ނެގުމުގެ ބަދަލުގައި ފާއިތުވި އަހަރުތަކުގައި ދައުލަތުން ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފައިސާއާއި އަދި އެކިއެކި ސިނާއަތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ވެސް ގޮވާލާފައިވެ އެވެ.