Advertisement

ނަސްރުގެ ދުވަހު މައުމޫނާއި ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އަރުވަނީ

2 ނޮވެންބަރު 2025 - 14:59 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، ކުރީގެ ރައީސް މައުމޫން އާއެކު: ނަސްރުގެ ދުވަހު މައުމޫނާއި ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އަރުވަން މުއިއްޒު ވަނީ ނިންމާފަ ---- ފޮޓޯ: ރައީސް އޮފީސް


ނަސްރުގެ ދުވަހު މައުމޫނާއި ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އަރުވަނީ

2 ނޮވެންބަރު 2025 - 14:59 1

މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އަރުވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ މައުމޫނަށް މާދަމާ ބާއްވާ ޖަލްސާގައި އަރުވަނީ ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ ކަމަށެވެ. ނޮވެމްބަރު 3، ގެ ޝަހީދުންގެ އާއިލާތަކަށް އަރުވަނީ ހަނދާނީ އައްޑަނަ ތަކެކެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނަނީ މާދަމާ ހެދުނު 9:00 ގައި ސޯޝަލް ސެންޓަރުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިކަން ކުރަން މުއިއްޒު ނިންމެވީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު ވެރިކަމުގައި ހުންނެވި މައުމޫން "ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެ ދުވަހު ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި،" ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ 38 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކު އަދި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.

މާދަމާގެ ޖަލްސާގައި މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ ކަމަށާއި އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަދައްކަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.