ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މައުމޫނަށް ހާއްސަ އައްޑަނަ އެރުވީ ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުއްވީ މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި މައުމޫނުގެ ދަރިކަލުން ޑިސެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދުންޏާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާގެ ތެރެއިން ނޮވެމްބަރު 3، ގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހަނދާނުގައި އެ ސިފައިންގެ އާއިލާތަކަށް ވެސް ހާއްސާ އައްޑަނައެއް ވަނީ އަރުވައިފަ އެވެ. އެ ހުރިހާ އާއިލާތަކަށް އައްޑަނަ އެރުވީ މުއިއްޒު އެވެ.
ޝަހީދުވި ސިފައިން:
- ޝަހީދު ސާޖަންޓް ކުޑަ އާދަނުގޭ ކުޑަތުއްތު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން ފާތިމަތު ޖޫލިއާ
- ޝަހީދު ލެފްޓިނެންޓް ކުޑަނިވި ތުއްތުމަނިކު - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ފަރީދޫ ހުސައިން
- ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އައިޝަތު ޝަޒްލީނާ
- ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ އަދުނާނު އަލީ
- ޝަހީދު ސާޖަންޓް އާދަމް ނަސީރު - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ފަރުހާނާ އާދަމް
- ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އިސްމާއިލް ޝަނޫން އަދި ދަރިކަނބަލުން މަރިޔަމް ވަފިއްޔާ
- ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން - އައްޑަނައާ ހަވާލުވީ މުހައްމަދު އަސްލަމް
- ޝަހީދު ކޯޕްރަލް ހުސައިން އާދަމް - އައްޑަނައާ ހަވާލުވީ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުއްރަޝީދު އާދަމް
ޝަހީދުވި އާންމުން:
- ޝަހީދު އިސްމާއިލް ހަލީމް - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ސަމީރާ
- ޝަހީދު އިބްރާހިމް ހަމީޒް - އައްޑަނައާ ހަވާލުވީ އެއްބަނޑު އެއްބަފާ ބޭބެ އަހްމަދު ހަމީޒް
- ޝަހީދު އުމަރު އަހުމަދު - އައްޑަނައާ ހަވާލުވީ ދަރިކަލުން އަހްމަދު ސަލީމް
- ޝަހީދު އަހްމަދު ލަބީބް - އައްޑަނައާ ހަވަލުވީ ދަރިކަލުން މުހައްމަދު ޝަރިފް
- ޝަހީދު އިބްރާހިމް ހުސައިން - އައްޑަނައާ ހަވަލުވީ ދަރިކަލުން މުހައްމަދު ހަނީފް
- ޝަހީދު އަފްސާރު އާދަމް - އައްޑަނައާ ހަވާލުވީ ދަރިކަލުން މުހައްމަދު ރިޔާޒް
- ޝަހީދު އަބްދުއްރަހްމާން އާދަމް - އައްޑަނައާ ހަވާލުވީ ދަރިކަލުން މުހައްމަދު ތައުފީގް
- ޝަހީދު އަހްމަދު ރަޝީދު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އައިމިނަތު އަހްމަދު
- ޝަހީދު ހަސަން ޒަރީރު - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ ފާތިމަތު ރިޔާސާ
- ޝަހީދު ޖަވާދު އުމަރު - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ އަލީ އަލްސަން
- ޝަހީދު ހުސައިން އަބްދުއްރަހްމާން - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން މުއުމިނާ އަބްދުﷲ އާއި ދޮންދަރިކަނބަލުން އައިމިނަތު މުހުސިނާ
މީގެ 38 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކު އަދި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.
Comment