Advertisement

މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ

29 ނޮވެންބަރު 2022 - 18:17 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މާލޭގައި ހުންނަ ގަރާޖެއްގައި ރޯވެ މިފަހުން ހިނގި އަލިފާނުގެ ހާދިސާއެއް--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ

29 ނޮވެންބަރު 2022 - 18:17 0

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ ގޮތުން ގަރާޖު ހެދުމަށް ހުޅުމާލެއިން ބިން ދިނުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ގަރާޖުތައް ބަދަލުކުރުމަށް ސަރުކާރާއެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓު އަދި އެއަށް ވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ގަރާޖުތައް ދެ ބުރިއަށް ވެސް އިމާރާތް ކުރެވޭނެ ހުއްދަ އެޗްޑީސީން ވަނީ ދީފަ އެވެ.

އެޗްޑީސީން ބުނީ މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކުގައި ނުރައްކާތެރި ކެމިކަލް ބޭނުން ކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެފައި ހުރި ކަމަށެވެ.

"އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި މި ކޯޕަރޭޝަނުން ގަބޫލު ކުރަމެވެ." އެޗްޑީސީން ބުނެފައިވެ އެވެ.