Advertisement

ތައިލެންޑުން އެތެރެކުރާ ކޮންމެ ހޮޅިއަކީ "ތައި ޕައިޕެއް" ނޫން!

2 ޖަނަވަރީ 2023 - 09:42 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސޮނީ ހާޑުވެއާއިން އެތެރެކޮށް ވިއްކާ ތައި ޕައިޕް -- ފޮޓޯ: އިޔާން / އަދަދު


ތައިލެންޑުން އެތެރެކުރާ ކޮންމެ ހޮޅިއަކީ "ތައި ޕައިޕެއް" ނޫން!

2 ޖަނަވަރީ 2023 - 09:42 1

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އާދައެކެވެ. ކޮންމެ އެއްޗެއްގެ ވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެތެރެ ކުރާ ބްރޭންޑެއްގެ ނަމުން އެ އެއްޗަކަށް ނަން ދިނުމެވެ. ދޮންނަ ކުނޑިއަށް އޯމޯ އެވެ. ކޮންނަ ދަތްގަނޑަށް ހައިމާކެވެ. ކޮލޯން އަށް ކޯލާވާޓަރެވެ.

ނަމަވެސް ހަގީގަތުގައި އެއިން ކޮންމެ އެއްޗަކީ ވެސް އެތަކެތި އުފައްދާ ކުންފުނިން އެ ބްރޭންޑަކަށް ދީފައިވާ ނަމެވެ. މިސާލަކަށް ހައިމާކު ނެގިފައި އެވަނީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ހުޅުލޭ ފަޅު ކޮނުމަށް ބޭނުން ކުރި "ހައިމެކް" ބުރޭންޑުގެ ކޮންނަ ދަތްގަނޑަކުންނެވެ. އޯމޯ އަކީ މީގެ ޒަމާންތަކެއް ކުރިން ރާއްޖޭގައި ހަމައެކަނި ބޭނުން ކުރަމުން އައި ދޮންނަ ކުނޑި ވީމާ އޭގެ ނަމުގެ ގޮތުގައި އޯމޯ ހަރުލީ އެވެ. ކޯލާވާޓަރަކީ ރާއްޖޭގައި ވޯރާ ވިޔަފާރިވެރިން އުޅުނު ޒަމާނުގައި ވިއްކި ކޫލް ވޯޓާ ކިޔާ ކޮލޯންއަކުން ދިވެހި ކޮށްލާފައި އޮތް ނަމެކެވެ.

ހަމައެގޮތަށް ރާއްޖެއަށް އެންމެ ފުރަތަމަ އެތެރެކުރި އެސްލޯނު ހޮޅިއަކީ "ތައި ޕައިޕް" އެވެ. އެހެންވީމާ ތައިލޭންޑުން އެތެރެ ކުރާ ކޮންމެ އެސްލޯނު ހޮޅިއަކީ ވެސް ދިވެހީންނަށް، ތައި ޕައިޕް އެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ކުލަޔާއި ސައިޒު އަދި ބަލާބެލުމަށް "ތައި ޕައިޕް" ނުވަތަ "ތައި ހޮޅި" އާ ވައްތަރު ވިޔަސް، ރާއްޖެއަށް އެތެރެކޮށް ވިއްކާ ކޮންމެ އެސްލޯނު ހޮޅިއަކީ ތައި ޕައިޕް މަރުކާގެ ހޮޅިއެއް ނޫނެވެ. ކޮންމެހެން މިވާހަކަ ދައްކަން މަޖުބޫރުވާ ސަބަބަކީ، މިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކޮލެޓީ ދަށް ހޮޅި ވެސް ބާޒާރުގައި ވިއްކަމުން ދާތީ އެވެ.

ސޯސަން މަގުގައި ހުންނަ ސޮނީ އާޑުވެއާގެ ފިހާރަ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އަދި އިތުބާރު ލިބިފައިވާ ތައި ޕައިޕްގެ ފެށުން ގުޅިފައި އޮތީ މީގެ ފަސް ދިހަ އަހަރު ކުރިއާ އެވެ. އެހެން ގޮތަކަށް ބުނާނަމަ، ތައި ޕައިޕް އިންޑަސްޓްރީ ކޯ ލިމިޓެޑަކީ އެސްލޯނު ހޮޅި ނުވަތަ ޕީވީސީ ހޮޅި އުފައްދާތާ ބައި ގަރުނުވީ ކުންފުންޏެކެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި މެނޭޖްމަންޓުގެ ވަރުގަދަކަމާއި މުވައްޒަފުންގެ ހީވާގި ކަމާއި ހެޔޮ އަގެއްގައި މަތީ ފެންވަރެއްގެ ހޮޅި އުފައްދަން ފެށުމުން ތައި ޕައިޕަށް ވަރަށް އަވަހަށް ތައިލޭންޑުގައި މަގުބޫލުކަން ލިބިގެން ދިޔަ އެވެ.

އެ ކުންފުނިން ޕީވީސީ ހޮޅި، ފްލެކްސިބަލް ހޮޅި، ސަކްޝަން ހޯސް، ޕީވީސީ ފިޓިންގްސް، ސޮލްވެންޓް ސިމެންތި، ސާފުކުރުމުގެ ސޮލިއުޝަން، ޕީއީ ހޮޅި، ޕީވީސީ ކުޑަދޮރާއި ދޮރު، އަދި ފުރާޅު ގަޓަރިން ފަދަ ފުލް ރޭންޖުގެ ޕްރޮޑަކްޓު އުފައްދަ އެވެ.

ދިވެހިންނަށް އަރާފައި އޮންނަ ކުށްހީގެ ނާޖާއިޒު ފައިދާ ބަޔަކު މީހުން ނަގަމުން ދަނީ މިހެންވެ އެވެ. ދިވެހިން އެންމެ އިތުބާރު ކުރާ އެސްލޯނު ހޮޅިއަކީ ތައި ޕައިޕް ވީމަ އެވެ. އެހެންވީމާ މިކަމަށް ވަރަށް ބޮޑަށް ސަމާލުވެ އަހުލުވެެރިވުން މުހިންމެވެ.

ސިއްރެއް ބުނަން ހެއްޔެވެ؟ ތައި ޕައިޕްގެ ރާއްޖޭގެ ސޯލް ޑިސްޓުރިބިއުޓަރަކީ ސޮނީ ހާޑުވެއާ އެވެ. އެ ކުންފުނިން މި ހޮޅި ރާއްޖެއަށް އެތެރެކޮށް ވިއްކާތާ 25 އަހަރު ވެއްޖެ އެވެ. ސޮނީ ހާޑުވެއާއިން ތައި ޕައިޕްގެ އެކި ސައިޒުގެ ހޮޅި އާއި ފިޓިންސް އެތެރެކޮށް ވިއްކަ އެވެ.

އެހެންވީމާ އެއްޗެހި ރާއްޖެއަށް އެތެރެ ކުރި ފުރަތަމަ ބުރޭންޑުގެ ނަމުން ނަން ކިޔުން ހުއްޓާލާށެވެ. ދޮންނަކުނޑިއަށް ދޮންނަކުނޑި ކިޔާށެވެ. ކޮންނަ ދަތްގަނޑަށް ކޮންނަ ދަތްގަނޑު ކިޔާށެވެ. އެސްލޯނު ހޮޅިއަށް އެސްލޯނު ހޮޅި ކިޔާށެވެ. އޭރުން މައްސަލަ ހައްލުވީ އެވެ.