ވިލާ މާޓް ފިހާރަ: އެތަނުން ފެންވަރު ރަނގަޅު އުފެއްދުންތައް އަންނަނީ ވިއްކަމުން -- ފޮޓޯ: ވިލާ މާޓް
ރާއްޖެއަށް ފެންވަރު ރަނގަޅު އުފެއްދުންތައް އެތެރެކޮށް ވިއްކަމުންދާ ވިލާ ޓްރޭޑިންގެ ހޯލްސޭލް ވިޔަފާރި އިތުރަށް ފުޅާކޮށް ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކަށް ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި އެވެ.
ވިލާ ޓްރޭޑިން އިން ބުނީ އެތަނުން ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކަށް ކާބޯތަކެތި ފޯރުކޮށްދެނީ މާކެޓަށް ބަލާއިރު ވަރަށް ހެޔޮ އަގެއްގައި ކަމަށެވެ.
"އަހަރުމެންގެ އަމާޒަކީ އަބަދުވެސް ކޮލިޓީ ރަނގަޅު އަދި ބަރޯސާވެވޭ އުފެއްދުންތައް ހެޔޮ އަގުގައި ކުދި ވިޔަފާރިތަކަށް ފޯރުކޮށްދީ އެ ވިޔަފާރިތައް ކުރިއެރުވުން. އަހަރުމެންނަކީ ހަމައެކަނި ސަޕްލަޔަރެއް ނޫން،" ވިލާ ޓްރޭޑިން އިން ބުންޏެވެ.
ތަފާތު އެކި އުފެއްދުންތަކުގެ ރޭންޖުތައް ވިލާ ޓްރޭޑިން އިން ލިބެން ހުރިއިރު، ރީޓެއިލް ފިހާރަތަކަށް ބޭނުންވާ ޒަރޫރީ ހުރިހާ ކާބޯތަކެއްޗެއް އެތަނުން ހޯލްސޭލްކުރެ އެވެ.
ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރު: އެތަނުން ދޭ ހިދުމަތްތައް ވަނީ ފުޅާކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ވިލާ ޓްރޭޑިން އިން އެންމެ އިސްކަމެއް ދެނީ އެތަނުން ވިއްކާ ތަކެތި އެއްވެސް ދައްޗެއް ނެތި ބުނާ ގަޑިއަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަަށެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރާ އިންޓަނޭޝަނަލް ބޮޑެތި ބްރޭންޑުތައް ވިލާ ޓްރޭޑިން އިން ދަނީ ދައްޗެއް ނެތި ވިޔަފާރިތަކާ ހިސާބަށް ގެންގޮސް ދެމުންނެވެ.
މީގެއިތުރުން ވިޔަފާރިތަކަށް ބޭނުންވާ ތަކެތި ވިލާ ޓްރޭޑިން އިން ހޯދުމަށް އެތަނުން ދޭ ކަސްޓަމާ ކެއާގެ ސަބަބުން ފަސޭހަވެގެންދެ އެވެ.
ވިލާ މާޓް ފިހާރަ: އެތަނުން ފެންވަރު ރަނގަޅު އުފެއްދުންތައް އަންނަނީ ވިއްކަމުން -- ފޮޓޯ: ވިލާ މާޓް
ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގެ އިތުރުން ރިސޯޓުތަކާއި، ސުޕަ މާކެޓްތަކާއި ކޭޓަރިން ކުންފުނިތަކާއި، ސަރުކާރުގެ އެކި ތަންތަނަށް ވިލާ ޓްރޭޑިން އިން ހޯލްސޭލް ކުރެ އެވެ.
ވިލާ ޓްރޭޑިން އިން ދޭ ހޯލްސޭލް ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 7667711 ނަންބަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްގެން ލިބޭނެ އެވެ.
Comment