Advertisement

އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު އެއް އަހަރަށް އިތުރުކޮށްފި

17 ނޮވެންބަރު 2022 - 20:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބުޑްސްޕާސަން އަބްދުއްސަލާމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -އަދަދު ފައިލް ފޮޓޯ


އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު އެއް އަހަރަށް އިތުރުކޮށްފި

17 ނޮވެންބަރު 2022 - 20:08 0

އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ ދައުރު ނޮވެމްބަރު 17، 2023 ގެ ނިޔަލަށް އިތުރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މިވަގުތު ޗީފް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވީ އަލްއުސްތާޒު އަބްދުއްސަލާމް އާރިފް އެވެ. އަދި އޮމްބަޑްސްޕާސަނުންގެ ގޮތުގައި ތިއްބެވީ އަލްއުސްތާޒާ ޖިހާދާ އަނީސް އަދި އަލްއުސްތާޒު މުސްތަފާ ހަމީދު އެވެ.

އެ އޮފީހުގެ ދައުރު އޮތީ މި އަހަރުގެ ޑިސެމްބަރު 17، އަށް ހަމަވާ ގޮތަށެވެ.

މިދިޔަ އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން ނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކުގެ އިތުރުން ގދ. ތިނަދޫ ފަޅުކޮށްލި މައްސަލަ ފަދަ ބޮޑެތި މައްސަލަތައްވެސް ދަނީ ބަލަމުންނެވެ.

މި މައްސަލަތައް ބެލުމުގައި މައުލޫމާތު ނުލިބުންފަދަ އެކި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެކި ފަހަރު މަތިން އެ އޮފީހުން ވަނީ ބުނެފަ އެވެ.