Advertisement

އިންތިގާލީ އިންސާފުގެ އޮފީހުގެ މުދަލާއި، ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

19 ނޮވެންބަރު 2023 - 12:54 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އިންތިގާލީ އިންސާފުގެ އޮފީހުގެ މުދަލާއި، ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

19 ނޮވެންބަރު 2023 - 12:54 0

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ކުރި އިއުލާނެއްގައި އެ އޮފީހުގެ މުއްދަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އެ އޮފީސް އުވިގެންދާއިރު އޮފީހުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯދައިދނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދެވި މުއައްސަސާ އެކެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުވިގެންދިޔައިރު އެ އޮފީހާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގެ ޓީމެއް މިމަހުގެ 10 ވަނަ ދުވަހު އެ އޮފީހަށް ވަދެ ބަލައި ފާސްކޮށް ބައެއް ލިޔެކިޔުންތައް ކޮމިޝަނުން ގެންގޮސްފައި ވަނިކޮށެވެ.

އަދި އެ އޮފީހާ ގުޅޭ ގިނަ މައްސަލަތެކެއްގެ ތުހުމަތުކޮށް ނޮވެމްބަރު 13، ގައި އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ އެ މަގާމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެ އޮފީހުގެ މަސައްކަތް ކުރަން ކަނޑައެޅި ދެ އަހަރުގެ ތެރެއިން އެއް އަހަރު ނިމިގެންދިޔައިރު ވެސް ހުށަހެޅުނު އެއްވެސް މައްސަލައެއްގެ ތަހުގީގު ފެށިފައި ނުވެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކޮށް އާންމުންނަށް މައްސަލަ ހުށަހެޅުމުގެ މުއްދަތުގައި (13 ޖޫން 2021 އިން ފެށިގެން 13 ސެޕްޓެންބަރު 2021 ގެ ނިޔަލަށް) ޖުމްލަ 489 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އޭގެ ތެރެއިން 100 މައްސަލައެއް ނުނިންމާ އޮތްކަން ވަނީ އެނގިފަ އެވެ.

އަދި ކޮމިޝަން އުވާލުމުން މިހާރު ނުނިމި ހުރި މައްސަލަތަކަށް ހަދާނެގޮތެއް އެއޮފީހުން ހާމައެއް ނުކުރެ އެވެ.