Advertisement

އަލިފާނުގެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލަ ފެނިއްޖެ

15 ނޮވެންބަރު 2022 - 21:13 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނިރުފެހިގޭ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަލިފާނުގެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލަ ފެނިއްޖެ

15 ނޮވެންބަރު 2022 - 21:13 0

މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި 10 މީހަކު މަރުވި އަލިފާނުގެ ހާދިސާއަށްފަހު އެ ގެ ސާފުކުރަމުން ދަނިކޮށް އިންސާނެއްގެ ފައިތިލައެއް މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އިންސާނެއްގެ ފައިތިލަ ފެނުނީ އެ ގެ ސާފުކޮށް، ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދިނެވެ.

ނަމަަވެސް އެއީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަކަންް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވިއިރު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވަ ދެމުންނެވެ.

ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ހަތަރު ފިރިހެނުންނާއި އެ ގައުމުގެ ހަތަރު އަންހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ. މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަނީ އާއިލާ އާ ހަވާލުކުރުމަށް ގައުމަށް ފުރުވާލާފަ އެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ނިރުފެހި ގޭގައި ރޭ 12:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ އެ ރޭ ދޭއް ޖެހި ފަހުންނެވެ.

ނިރުފެހި ގޭގައި ގަރާޖެއް ހިންގަމުން އައީ ގަވައިދާ ހިލާފަށް ކަން ފުލުހުންގެ ތަހުގީގުން ވަނީ އެނގިފަ އެވެ. އެ ގަރާރުގެ ވެރިފަރާތަށް، ގަރާޖެއް ހިންގުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އެއީ ހުޅުމާލޭގައި ގަރާޖެއް ހިންގަން ދީފައި އޮތް ހުއްދަ އެކެވެ.