ގެސްޓްހައުސްތަަކަށް ޓެކްސް ކުޑަކުރުން މުހިއްމު: މައުސޫމު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ

ޓޫރިޒަމްގެ ވިޔަފާރިން ނަގާ ޓެކްސްތައް، ގެސްޓްހައުސްތަކުން ނަގާ ކުޑަ ރޭޓަކުން ނެގުމަކީ މުހިއްމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓީޖީއެސްޓީ އިތުރުކުރުން ހިމެނޭ ގޮތުން، ޓެކްސްތަކަށް އަންނަ ބަދަލުން އެންމެ ބޮޑު އަސަރެއް ކުރާނީ ވެސް ކުދި ވިޔަފާރިތަކަށް ކަމަށެވެ.

އެހެންވީމާ އަލީ ނިޔާޒުގެ ސުވާލުގައި ވިދާޅުވި ފަދައިން، ޓެކްސް ނެގުމުގައި ތަފާތުތަކެއް ކުރުމަކީ ނެތްކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"އެހެން ނަމަވެސް މި ޑިމޮކްރަސީގައި އަނެއްކާ ހަމަ ތަފާތުކުރާ ވާހަކަ ދައްކާ އިރަށް ވެސް ތަފާތުނުކުރަން ވެސް ބުނާނެ. އެކަމަކު ވަކިން ޕްރޮމޯޓްކުރުމުގެ ގޮތުން [ކުރާ] ޕޮޒިޓިވް ޑިސްކްރިމިނޭޝަނަކީ ދުނިޔޭގައި މީހުން ކުރާ ކަމެއް. ހާއްސަކޮށް ތަނެއްގައި ޓޫރިޒަމް ތަރައްގީނުވާ ހާލަތެއްގައި އެކަންތައް ކުރުން ވަރަށް މުހިއްމު،" މައުސޫމް ވިދާޅުވި އެވެ.

އަލީ ނިޔާޒު މައުސޫމާ ކުރެއްވި ސުވާލުގައި އެއްސެވީ ގެސްޓްހައުސްތައް ގިންތިކޮށް، ޓެކްސް ނެގުމުގައި ތަފާތުކުރުމުގެ ވިސްނުމެއް މުސްތަގުބަލުގައި ގެންގުޅެފާނެ ތޯ އެވެ. އެފަދަ ތަަފާތުތައް މިހާރު ވެސް ގެންގުޅޭކަމަށް ވިދާޅުވެ، އޭގެ މިސާލަަކަށް ދެއްކެވީ ގްރީންޓެކްސް އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް އިއްޔެ މި ފާސްވި [ކޮމިޓީ މަރުހަލާއިން ފާސްވި] ޓީޖީއެސްޓީ[ބޮޑުކުރާ] ބިލުގައި އެހެން ނަމަވެސް އެ ތަފާތެއް ނުފެނޭ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމީ ޓޫރިޒަމްގެ އެންމެ ފައިދާ ބޮޑު ބާވަތްކަން މުޅި ދުނިޔޭގައި ވެސް އޮތީ ތަޖުރިބާ ކުރެވިފައި ކަމަށާއި އެހެންވީމާ އެ މޮޑެެލް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެހެންވީމާ އެ ޓެކްސް ނެގުމުގައި އެފަދަ ބަދަލެއް (ލޯކަލް ޓޫރިޒަމް ދާއިރާއަށް ލުއި ގޮތްތަކެއް އޮންނަ ބަދަލެއް) ގެންނާނެތޯ ކުރާ ސުވާލަކީ ވަރަށް މުހިއްމު ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ފަހިކޮށްދޭން ޖެހޭ. އިއްޒަތްތެރި މަޖިލީހުގައި މިއަދު ތިއްބެވި ވަރަށް ގިނަ މެމްބަރުންނަކީ ފައިނޭންސް މާހައުލަށް ވަރަށް ފަރިތަ، އެކަމުގެ ތަޖުރިބާކާރުން. ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ކުރާ ކަންތައްކުން އެއްވެސް ގެއްލުމެއް ނުވާނެ. ހައްތަހާވެސް ލިބޭނީ ފައިދާ،" މައުސޫމު ވިދާޅުވި އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ޓެކްސް ގާނޫނަށް ބަދަލު ގެނައުމަށް ޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްވުމުން ޓެކްސް އަށް އަންނަ ބަދަލު ގެސްޓްހައުސްތަކަށް ނާންނަ ގޮތަކަށް އިސްތިސްނާއެއް ހިމެނުމަށް، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އިއްޔެ ހުށަހެޅުއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ތާއީދު ކުރެއްވި އެ އިސްލާހު އެކަމަކު ފާހެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox