ކެތްކުރާނަން

ކެތްކުރާނަން

(6 ވަނަބައި)

އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދޮންބެދައްތަގެ މޫނަށް ބަލަން ހުރެވުނީ އެވެ. އޭނާގެއަށް ކަމެއް ވިސްނުނީ ކަން ނޭނގެ އެވެ. އައި ގޮތަށް އައިސް އަހަރެންގެ ދަތްދޮޅީގައި ހިފައި ހިއްލައިލި އެވެ.

"ނިޒޫ! ކޮންމެ ވެސް ކަމެއް ވެއްޖެ، ބުނަން ބޭނުންވެފަ ހުރިއްޔާ ބުނެލާ!" ދޮންބެދައްތަ ބުނެލި އެވެ.

އަހަރެން ހުރީ ދޮންބެދައްތައާ ސުވާލުކުރާން ބޭނުންވެފަ އެވެ. މައިދައިތަގެ ހަރަކާތްތަކުގެ ވާހަކަތައް ކިޔައިދޭން ބޭނުންވެފަ އެވެ. މައިދައިތަގެ ހަރަކާތްތަކުން މާނަކުރާންވީ ގޮތް ނޭނގޭތީ އެވެ. އެކަން ދަސްކުރާން ބޭނުންވާތީ އެވެ.

"ނިޒޫ! ދިރިއުޅުމަކީ މިއީ! އަހަރުމެން ޖެހޭނެ ކަންކަމާ ކުރިމަތިލާން، ކަންކަން ދަސްކޮށް މާހައުލަތަކަށް އަވަހަށް ހޭނެން! އެހެންނޫނީ ދިރިއުޅުމުގެ ކުޅިފަސް އޮންނާނީ ގެއްލިފަ." ދޮންބެދައްތަ އަހަރެން އަތުގައި ހިފައިލި އެވެ.

އަހަންނަށް ހިތްވަރު ލިބެމުން ދިޔަ އެވެ. ދޮންބެދައްތަގެ އޯގާތެރި ބަސްތަކުންނެވެ. އޭނާގެ ނިޔަނެތި ފިރުމުންތަކުންނެވެ. އެހެންވެ ވާހަކަދެއްކުމަށް އަހަރެންގެ ޟަމީރު ގޮވަމުން ދިޔަ އެވެ.

"އަހަންނަށް! އަހަންނަށް." އަހަންނަށް ނުބުނެވުނެވެ.

"ކިހިނެއްތަވީ؟" ދޮންބެދައްތަ އަހައިލި އެވެ.

"އަހަންނަކަށް ނުވިސްނުނު. ނޭނގުނު." ސިކުނޑިއަށް ގިނަވެފައިވާ ސުވާލުތަކުގެ ސަބަބުން ކުރާންވީ ކޮން ސުވާލެއްކަން ނުވިސްނޭ ހާލު އެކި ތަނުން އެކި ވާހަކަ ނަގައިގެން ހިއްސާކުރެވޭތޯ އުޅެވުނެވެ.

"އާދެބަލަ! ހިނގައިބަލަ ގޮނޑީ އިށީނދެލަން." ދޮންބެދައްތަ، އަހަރެންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑި ދުރުކޮށްލައިދިނެވެ.

އަހަރެން ގޮނޑީގައި ހަމަޖެހިލެވޭތޯ ބެލީމެވެ.

"ކޮފީއެއް އެބަ ތައްޔާރުކޮށްލަން. މިލްކެއްތަ ކަޅެއްތަ؟" ދޮންބެދައްތަ އޯގާތެރިކަމާއެކު އަހައިލި އެވެ.

"ނޯ ތޭންކްސް."

"އަހަރެންގެ ފަރާތުންދޭ ޚާއްޞަ ކޮފީއެކޭ."

"މިލްކެއް."

ކޮފީތަށީގައި ތުންޖައްސާލަމުން ކޯވަރެއް އެތެރެއަށް ދަމައިލީމެވެ. ނޭފަތަށް ވަދެގެން ދިޔަ ކޮފީގެ ހިތްގައިމު މީރު ވަހާއެކު ހިތުގައި ހުރި އުދާސްތައް ވިރެމުން ދިޔަ ކަހަލަ އެވެ.

"ހޫނ! ކިޔަބައިލަ. ކީއްތަވީ މިހާ ހެނދުނާ." ދޮންބެދައްތަ އަހައިލި އެވެ.

"އަސްލު އެއްވެސް ކަމެއް ނުވޭ." އަހަރެން ބުނެލީމެވެ.

"ދެން ކީއްވެ ހަނދު އޮއްސި މާޔޫސްކަމުގެ ސާލެއް މޫނަށް ލައިގެން ތި ހުންނަނީ؟" ދޮންބެދައްތަ ކިޔައިލީ އަހަރެންގެ މޫނުގައި ކުރެހިފައިވާ ވާހަކަތަކެވެ.

"އެބަހުރިތަ؟" ކޮފީތަށި މޭޒުމަތީގައި ބަހައްޓައިލަމުން ބަލައިލެވުނީ ދޮންބެދައްތަގެ މޫނަށެވެ.

"ވަރަށް ބޮޑަށް ވެސް. ނިޒޫއަކީ ކާކުކަން އަހަންނަށް މި ދެދުވަސް ތެރޭގައި ވަރަށް ސާފުކޮށް އެނގިއްޖެ. ދަސްވެއްޖެ. މީހެއްގެ ހާލަތު ދެނެގަންނާން، ދަސްކުރާން ބައިގަރުނު ނަގާކަށް ނުޖެހޭނެތާ ދޯ!"

"އޯކޭ!"

"ދެން ކިޔައިދޭންވީނު ވީ ގޮތް."

"އަސްލު ވީގޮތަކީ!" އަހަންނަށް ބަލައިލެވުނީ ބޭރު ދޮރާ ދިމާއަށެވެ.

މީހަކު އުޅޭހެން ހީނވެގެންނެވެ. ދޮންބެދައްތަ ވެސް އެ ދިމާ ބަލައިލި އެވެ. ދޮރުކައިރީގައި ހުރީ މައިދައިތަ އެވެ. ދޮންބެދައްތަގެ ތުންފަތަށް ގޮތެއް ހަދައިލި އެވެ. އެ މަންޒަރު ފެންނާނީ އަހަންނަށް އެކަންޏެވެ.

"މި އުޅެނީ އެކަމާ! މަންމަ ދެން މިއަދު ބަދިގެއަށް ވަންނާނެ ކަމެއް ނެތެއްނު. މި އިނީއެއްނު ނިޒޫ ވެސް. އަހަރުމެން ދެމީހުން ހުރިހާ ކަމެއް ކޮށްލާނަން ދޯ ނިޒޫ." ދޮންބެދައްތަ ލޯބި ރާގެއްގައި ބުނެލި އެވެ.

މައިދައިތަގެ މޫނުމަތިން އާދަޔާ ހިލާފުކަމެއް ފާހަގައެއް ނުކުރެވެ އެވެ. އޭނާ ހުރީ އަހަރުމެންނާ ދިމާއަށް ބަލާށެވެ.

"ކޮފީއެއްތަ ނޫނީ ބުއްތަށްޓެއްތަ؟" ދޮންބެދައްތަ އަހައިލި އެވެ.

"ބުއްތަށްޓެއް." މައިދައިތަ އައިސް އަހަރެން އިން ގޮނޑި ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"ނިޒޫ ވެސް ޖެހޭނެ ދަސްކުރާން! މި ގޭގައި ހުކުރު ދުވަހު ހެނދުނު ސައި ނޯންނާނެ. ހެނދުނު ކޮންމެ މީހަކު ވެސް ކުޑަ ގޮތެއް ހަދައިލާނީ! އެކަމަކު މެންދުރު ޖެހޭނެ އެންމެން އެއް ޖަމާއަތެއްގައި ކާން! ގޭގައި އުޅޭ އެންމެން ވެސް ޖެހޭނެ އެ ޖަމާއަތުގައި ބައިވެރިވާން!" ދޮންބެދައްތަ އުޅުނީ މައިދައިތައަށް ސައި ހަދާދޭށެވެ.

އަހަންނަށް ބަލައިލެވުނީ މައިދައިތަގެ މޫނަށެވެ. އޭނާ އެއްޗެއް ނުބުނެ އެވެ. އަހަރެންގެ ހިތުގައި އެކިއެކި ސުވާލުތައް އުކެމުން ދިޔަ އެވެ.

"ނިޒޫމެން ހިސާބުގައި ކިހިނެއް މިކަން އޮންނަނީ؟" ދޮންބެދައްތަ އަހައިލި އެވެ.

"ތިބުނީ؟" އަހަންނަށް އަހައިލެވުނެވެ.

"ހުކުރު ދުވަހުގެ ހަރަކާތްތައް." ދޮންބެދައްތަ ބުނެލި އެވެ.

"ހެނދުނު އޮންނާނީ ޚާއްޞަ ސަޔެއް. އަހަރުމެން ރަށަކީ ދަނޑުވެރިކަން އަދި މަސްވެރިކަން ވެސް ކުރާ ރަށެއްވީމަ ތަފާތުވާނެ އާދަކާދަ ވެސް. ހުކުރު ދުވަހު މަސްވެރިން މަހަށް ނުނިކުންނާނެ. އެހެންވެ ހެނދުނުގެ ނާސްތާ އޮންނާނީ ވަރަށް ތަފާތުކޮށް." އަހަރެން ބުނެދިނީމެވެ.

"އެހެންތަ؟" ދޮންބެދައްތަ ޝައުޤުވެރިކަމާއެކު އަހައިލި އެވެ.

"ހެނދުނުގެ ސަޔަށް ހަދާނީ ލުއި ސަޔެއް. ބިންބިފަތަފޮޅި ނޫނީ ދޮނަޅަ ފަތަފޮޅި. އެއީ ކުޅިކޮށް ހަދާއެއްޗެއް."

"ކިހިނެއް އެ ހަދަނީ؟ އެނގޭތަ އެ ހަދަން!" މައިދައިތަ ވެސް އަހަރެންގެ ވާހަކައިގައި ބައިވެރިވެލި އެވެ.

"ހޫމ!" އަހަރެން ބޯ ޖަހައިލީމެވެ.

"މީރުތަ؟" ދޮންބެދައްތަ އަހައިލި އެވެ.

"އަހަންނަށް މީރު! ނޭނގެ ދޮންބެދައްތައަށް މީރުވާނެކަމެއް."

"ހިނގައިބަލަ ތި ތައްޔާރުކޮށްލަން." މައިދައިތަ ބުނެލި އެވެ.

"އެއްޗެހި ބޭނުންވާނެ." އަހަރެން ބުނެލީމެވެ.

"ކޮން ސާމާނެއްބާ؟" ދޮންބެދައްތަ އައިސް މައިދައިތައަށް ސައިތަށި ދިއްކޮށްލި އެވެ.

"ބިންބިފުށް! ދެން މަސްދަޅާ މުގުރިމަހާއި މިރުސް ފިޔާ ބޭނުންވާނީ."

"ބިންބިފުށް ހޯދައިލަން ޖެހޭނީ. އެހެން އެއްޗެހި މި ގޭގައި ވެސް ހުންނާނެ." މައިދައިތަ ޝައުޤުވެރިވި އެވެ.

"މަންމަ ވަރަށް ޝައުޤުވެރިވާނެ އާ އެއްޗެހީގެ ރަހަބަލަން ދޯ މަންމާ!" ދޮންބެދައްތަ ހިނިތުންވެލި އެވެ.

"އާނ! އަބަދު އެކެއްޗެއް ކެއީމަ ފޫއްސެއްނު."

"ދެން ހަމަ މިއަދު މި ތައްޔާރުކުރާންތަ ބޭނުންވަނީ." ދޮންބެދައްތަ އަހައިލި އެވެ.

"ނިޒޫ ކޮށްދޭން ހުރިއްޔާ!" މައިދައިތަ ބަލައިލީ އަހަރެންގެ މޫނަށެވެ.

"ސާމާނު ލިބެންޏާ ކުރާންވީ. އަހަރެން ތައްޔާރު." އަހަރެންގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔަ އެވެ.

"މަންމަ އެބަ އަންނަން ފިހާރައަށް ގޮސް ބައެއް ސާމާނު ހިފައިގެން. ބިންބިފުށް ހުންނާނެ ކަންމަތީ ފިހާރައިގަ." މައިދަތައް ތުނބުން ޖޯޑު ނައްޓައިލަމުން އަހަންނާ ދިމާއަށް ބަލައިލި އެވެ.

އަހަރެން ހީ ކުރީ މައިދައިތަ ހިނިތުންވެލާނެ ކަމަށެވެ. އުއްމީދު ވެސް ކުރެވުނީ އެކަހަލަ ހަރަކާތަކަށެވެ. ނަމަވެސް އެ އިހުސާސެއް ނުކުރެވުނެވެ. އެ އުފާވެރިކަމެއް ނުލިބުނެވެ.

"އެ ދިޔައީނު! ކީއްތަވާނީ ހިނިތުންވެލި ނަމަ. އަބަދު އަބުއި މޫނެއް ދައްކައިގެން ކިހިނެއްތަ އުޅޭނީ؟" މައިދައިތަ ދިޔަކަން ޔަގީންކުރުމަށްމ ފަހު އަހަރެން ބުނެލީމެވެ.

"އެ މަންމަގެ މިޒާޖު. އެއަށް އަހަރުމެން ޖެހޭނީ ހޭނެން." ދޮންބެދައްތަ ބުނެދިނެވެ.

"އެކަމަކު ވެސް." އަހަންނަށް އެކަމާ އެއްބަހެއް ނުވެވުނެވެ.

"ދެން ކޮބާ މިއަދު ވީ ކަންތައް."

ހެނދުނު ކަންތައް ވީގޮތް އަލިފުން ޔާއަށް ދޮންބެދައްތައަށް އަހަރެން ކިޔައިދިނީމެވެ. އަހަރެންގެ ވިސްނުން ހުރި ގޮތާއި އަހަރެން ވިސްނި ގޮތެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ދޮންބެދައްތަ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާ ބަނޑުގައި އަތް އަޅައިގެން އިނދެ ހެނީ އެވެ. ހުއްޓައިނުލާ ހެނީ އެވެ.

"ދެން ބުނެބަލަ!" އަހަރެން ކަންބޮޑުވި އެވެ.

"އަސްލު. އަސްލު!" ދޮންބެދައްތައަށް ހިންޏާހެދި ބުނަން އުޅުނު ވާހަކަ ވެސް ނުބުނެވުނެވެ.

"ދެން؟" އަހަރެން ދެ ލޯ ބޮޑުކޮށްލީމެވެ.

"މަންމަ ވަރަށް ދެރަވާނެ އޭނާ ވަނުމުގެ ކުރިން އެހެން މީހަކު ބަދިގެއަށް ވަދެއްޖެނަމަ. އަސްލުވީ ގޮތަކީ އެ. މަންމަ އެހައި މައިރާ ބަދިގެއަށް އައި އިރަށް ކަމާނާފުޅު ވައްޓައިލީމަ ކަޑަވެގެން އެ ދިޔައީ. ރުޅިއައިސްގެންނެއް ނޫން."

"ދެން ތި ހެނީ ކީއްވެތަ؟" އަހަރެން އަހައިލީމެވެ.

"އަހަންނަށް ވެސް އެންމެ ފުރަތަމަ ހުކުރު ދުވަހު ކަންތައް ކުރެވުނީ އެހެން. ހަމަ ތި ސުވާލު އަހަރެންގެ ބޮލަށް ވެސް ވެއްޓުނު. އެހެންވެ ހިނި އައީ. އަދި އޮންނާނެ ސަމާލުވާންވީ ކަމެއް."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox