Advertisement

ރެޑްވޭވް ހައިސެންސް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

27 އޮކްޓޯބަރު 2022 - 18:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރެޑްވޭވް ހައިސެންސް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

27 އޮކްޓޯބަރު 2022 - 18:40 0

ފީފާ ވޯލްޑު ކަޕު 2022 ގެ ފައިނަލް މެޗު ބަލާލަން ދިއުމަށް ދެމީހަކަށް ދެކޮޅު ޓިކެޓާއި ނަސީބުވެރި ފަސް ފަރާތަކަށް ހައިސެންސް ބުރޭންޑުގެ ޓީވީ ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ރެޑްވޭވް ހައިސެންސް ޕްރޮމޯޝަނުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ރެޑްވޭވް މެގަމޯލުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ގުރު ނެގުމުގައި ވޯލްޑު ކަޕުގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ލިބުނީ ކޫޕަން ނަންބަރު (0007157) ގެ ހައްގުވެރިޔާ، މާނިހު ކިޔާ ބޭފުޅަކަށެވެ.

ރެޑްވޭވްގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވުނު މި އިވެންޓުގައި ހައިސެންސް ބުރޭންޑުގެ ފަސް ޓީވީއާއި ސައުންޑުބާ ލިބިފައި ވަނީ ސާޖިދާ މުފީދު (0004770) އާއި، އިސްމާއިލް އަރުހަމް (0001314) އާއި، އިބްރާހިމް (0007053) ގެ އިތުރުން ހައްވާ ޔާނާ އަހްމަދު (0006924) އަދި އަހްމަދު ދީދީ (0000168) އަށެވެ.

ހައިސެންސަކީ މިއަންނަ މަހު ގަތަރުގައި އޮންނަ ވޯލްޑު ކަޕުގެ އޮފިޝަލް ސްޕޮންސަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 20، ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ހައިސެންސު ބުރޭންޑުގެ އުފެއްދުންތަކުން ކަސްޓަމަރުން ކުރި 500ރ. އަށްވުރެ މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައި ވެއެވެ. އެގޮތުން މިއަދުގެ ގުރު ނެގުމުގައި ނަސީބުވެރިން ހޮވާފައި ވަނީ އެތައްހާސް ކޫޕަނެއްގެ ތެރެއިންނެވެ.

މި ޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަނަކަށް ކަމަށާއި ހައިސެންސްގެ ޕްރޮމޯޝަންތަކާއި އޮފާތައް ވޯލްޑުކަޕު ނިމެންދެން ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.