Advertisement

ބޮޑު ފައިސާގެ އިނާމަކާ އެކު ރެޑްވޭވްގެ ރޯދަ ސޭލް ފަށައިފި

11 ޖަނަވަރީ 2025 - 15:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރެޑްވޭވްގެ ފިހާރައެއް: ބޮޑު ފައިސާގެ އިނާމަކާ އެކީ ރެޑްވޭވްގެ ރޯދަ ސޭލް އިއްޔެ ވަނީ ފަށާފައި -- ފޮޓޯ؛ އަދަދު ފައިލް


ބޮޑު ފައިސާގެ އިނާމަކާ އެކު ރެޑްވޭވްގެ ރޯދަ ސޭލް ފަށައިފި

11 ޖަނަވަރީ 2025 - 15:39 0

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓު ވިޔަފާރި ކުރަމުންދާ ރެޑްވޭވުގެ މި އަހަރުގެ ރޯދަ ސޭލް އިއްޔެ ފަށައިފި އެވެ.

އަންނަ އެޕްރިލް 6، ގެ ނިޔަލަށް ކުރިއްށްދާ އެ ޕްރޮމޯޝަންގެ ދަށުން ކުރާ 500ރ. ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ.

ރެޑްވޭވުން ބުނީ މި އަހަރުގެ ރޯދަ ސޭލްގައި އެއްވަނައަށް ހޮވޭ މީހަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ.

އަދި ދެވަނައަށް ހޮވޭ ހަތް މީހަކަށް 10،000ރ. ގެ ގިފްޓް ވައުޗާ އަދި ތިން ވަނައަށް ހޮވޭ ފަސް މީހަކަށް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.

މީގެއިތުރުން ރެޑްވޭވުން ބުނީ ރޯދަ ސޭލްގައި އެކި އުފެއްދުންތަކުން ފަސް ޕަސަންޓުން ފެށިގެން 70 ޕަސަންޓާ ދެމެދުގެ ބޮޑެތި ޑިސްކައުންތައް ވެސް ލިބިގެންދާނެ ކަމަށެވެ.

ކަސްޓަމަރުން ވިޔަފާރި ކުރަން ގޮސް އުޅޭއިރު ތަކެތީގެ އަގަށް ބަލައިގެން ވިޔަފާރި ކުރާނަމަ، ބާޒާރުގެ އަގުތަކަށް މިހާރު އައިސްފައިވާ ބަދަލު ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ މުދަލުގެ އަގުން ނުފެންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިންދެ އެވެ.

"މި ސޭލްގެ ހާއްސަ އައިޓަމްތަކުގެ ތެރޭގައި ގިނަ ދުވަހަށް ގެންގުޅެވޭނެ ބަދިގެއަށް ބޭނުންވާ ތެލިސެޓާއި، ތަށިސެޓްފަދަ ރީތި އަދި މޮޅު ކޮލިޓީގެ ތަކެއްޗާއި، ބަދިގެ ތެރެއާއި ގޭތެރެ ޒިނަތްތެރި ކުރުމަށް ބޭނުންވާ ކަބޑު ސެޓްފަދަ ތަކެތީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސޯފާ ސެޓާއި، ބެޑްރޫމް ސެޓްފަދަ ތަކެތި ބޮޑުތަކުން އަގުހެޔޮވާނެ،" ޜެޑްވޭވުން ބުންޏެވެ.

ރޭޑްވޭވުގެ ފިހާރަތަކުންނާއި ވެބްސައިޓުން ވިޔަފާރި ކޮށްގެން ވެސް ރޯދަ ސޭލްގައި ބައިވެރިވެވޭނެ އެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ އަދި އެންމެ އަގުހެޔޮ މުދާ ވިއްކާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ރެޑްވޭވުން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށްޑިސްކައުންޓުތަކުގެ އިތުރުން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަން ކުރިއަށް ގެންދެ އެވެ.

ރެޑްވޭވްގެ 12 ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.