Advertisement

ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ލޯ ގްރެޖުއޭޓުންގެ ކަންބޮޑުވުން ރައީސަށް

23 އޮކްޓޯބަރު 2022 - 11:50 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ވަކީލުންތަކެއް ހުވާކުރަނީ؛ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ލޯ ގްރެޖުއޭޓުންގެ ކަންބޮޑުވުން ވަނީ ރައީސަށް ހުށަހަޅާފައި---


ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ލޯ ގްރެޖުއޭޓުންގެ ކަންބޮޑުވުން ރައީސަށް

23 އޮކްޓޯބަރު 2022 - 11:50 0

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން، ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް ފާސްކުރުމާ ގުޅިގެން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ކުދިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގަ އެވެ.

ގާނޫނީ ދާއިރާއިން ގްރެޖުއޭޓުވެފައިވާ ދަރިވަރުންގެ ފަރާތުން ރައީސަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި މި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ހައްގުތަކުން މަހުރޫމްވެ އެވެ.

މިގޮތުން މި އިސްލާހުގެ ސަބަބުން، މާޒީގެ މައްޗަށް ގާނޫނު ނުހިނގުން މަބްދައުއާ ހިލާފުވާ ކަމަށާއި ކުރިއަށް ތަތުބީގުކުރުމުގެ މަބްދައުއާ ވެސް ހިލާފަށް ތަންފީޒުވާނެ ކަމަށް ބުނެފައިވެ އެވެ.

މި ބަދަލު މިހާރު ފަރުމާވެފައި އޮތީ އެކަމުގެ ފައިދާ ލިބޭ ގޮތަކަށް ކަމުން، މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރި އެތައް ސަތޭކަ ކުދިންނަށް ނާއިންސާފާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ރައީސަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.

އެ ދަރިވަރުން ވަނީ މި އިސްލާހު ތަސްދީގުނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސްގެ އަރިހުން އެދިފަ އެވެ. ސިޓީއާއެކު އެ ދަރިވަރުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

އިމްތިހާނު ހަދަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރި އަހަރުގެ ގާނޫނީ ދާއިރާއިން ކިޔަވަމުން ދިޔަ ދަރިވަރުން ވެސް އިމްތިހާނުން އިސްތިސްނާވާ ގޮތަށް ވެސް އުޝާމް އިސްލާހު ހުށަހެޅުއްވި އެވެ. އެހެންނަމަވެސް ބާ ކައުންސިލުން އެގޮތަށް އެދިފައި ނުވާތީ ކޮމިޓީ މަރުހަލާގައި އެ މާއްދާ އުނިކުރީ އެވެ.