ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

(ދެވަނަ ބައި)

ފެނުނީ އަހަރެން އަޅައިގެން ހުރި ކަހަލަ ބުރުގާއެކެވެ. ރަނގަޅަށް ބަލައިލެވުނެވެ. އެއީ އަހަރެންގެ ފައި ކައިރީގައި ތިރިވެފައި އިން އަންހެނެކެވެ. އެކަން ޔަގީން ކުރެވުނެވެ. އަހަރެން ހީކުރީ ހިންދީ ފިލްމުތަކުގައި ފެންނަހެން ފައިތިލައިގައި އަތް ޖައްސާލަން މީހަކު ތިރިވީ ކަމަށެވެ. ވީ އެހެންނެއް ނޫނެވެ. އަހަރެންގެ ވައަތު ފައިގައި އެއްޗެއް އެއްސީ އެވެ. އެއީ ރޯނު ފަށެކެވެ. ރޯނުގެ އެއް ކޮޅުގައި އައްސާފައި އޮތީ އޮށްބޮޑު ކާށްޓެކެވެ. އެ މީހާ ތެދުވެލަމުން ރިޔާޒަށް ކާށި ދިއްކޮށްލަމުން ތަހުނިޔާގެ ބަސްތަކެއް އަމުނައިލަމުން އަހަރެންގެ ކޮލުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. ކީ އެއްޗެއް ސާފު ނުވި ނަމަވެސް އެއީ އަލަތު ކާވެންޏަށް ތަހުނިޔާ ކިޔަން ބުނި ވާހަކަތަކެއްކަން އޭނާގެ ހަރަކާތްތަކުން އަހަންނަށް އެނގުނެވެ. ޔަގީންވިއެވެ.

"ޝުކުރިއްޔާ ބޯއްތާ." އެއީ ކާކުތޯ އެހުމުގެ ކުރިން ރިޔާޒުގެ އެ ޖުމުލައިން އޭނާއަކީ ކާކުކަން ސާފުވި އެވެ.

ވާންވީ ގޮތެއް ނޭނގިފައި ހުއްޓާ ކަރަށް މެހިގެން ދިޔައީ މާފައްޗެކެވެ. އޭގެ ފަހުން ވެސް މާފައްޗެކެވެ. މާފައްޗެއް ނޫނެވެ. އެއީ ކަރުދާސް ނޫޓުތަކެކެވެ. ފައިސާގެ އެކި އަދަދުތަކުން ޒީނަތްކޮށްފައިވާ ރުފިޔާ ފައްޗެކެވެ. އެންމެ ފައްޗެއް ނޫނެނެވެ. އެތައް ފައްޗެކެވެ. ދިހަވަރަކަށް ފައްޗެއް ވެސް ނޫނެވެ. ވިއްސަކަށް ތިރީހަކަށް ފައްޗަށް ވުރެ ގިނަވާނެ ހެން ހީވެއެވެ. އަހަންނަށް ފާހަގަވި ކަމެއް އޮތެވެ. ރުފިޔާ ފަތި އަޅުވަމުން ދިޔައީ އެކަކު ނޫންކަމެވެ. ކޮންމެ ފައްޗަކީ ވަކި މީހަކު އަޅުވާ ފައްޗެއް ކަމެވެ. ހީވަނީ ރުފިޔާއިން ފަހައިފައިވާ ހެދުމެއް ލެވުނު ހެންނެވެ. އަހަންނަށް ލިބުނު ސިހުމާއެކު ރިޔާޒުގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ކަރުގައި އެއްވެސް އެއްޗެއް ނާޅުވަ އެވެ.

"އަހަރުމެންގެ އާއިލާގެ އަންހެންވެރިން. އާއިލާގެ ކޮންމެ މީހަކު ފައްޗެއް އަޅުވާނެ. ކާފަމެން ބުނާނެ އައުލާދުގެ ކޮންމެ އަންހެނަކު އެކަން ކުރާނޭ. ތިއީ ނިޒޫއަށް އާއިލާއަށް މަރުހަބާ ކިޔުމަށް އެވެރިން އަޅުވާ ފައްޗެއް." އަހަރެންގެ ބޮލުގައި އޮތް ސުވާލު ރިޔާޒަށް އެނގުނީ ކަން ނޭނގެ އެވެ.

ފައިސާފަތި އެޅުވުމުގެ ކުޅި ސަމާ ނިމުނީ ކަމަށް އަހަރެން ނިންމީމެވެ. އެ ވަރުން ނިމުނީއެއް ނޫނެވެ. އަހަންނަށް ދައްކައިލީ ވަކި ލާރިން ހަދާފައިވާ ރީތި ތާޖެކެވެ. އެއީ ބަލައިލަން ރީތި ތާޖެވެ. ރާނީންގެ ބޮލުގައި އަޅުވާ ފަރުމާއަށް ކޮށްފައިވާ ތާޖެކެވެ. ކުރިމަތީގައި ހުރީ ރިޔާޒުގެ ދޮންތަކަން އަހަންނަށް ޔަގީންވި އެވެ. އޭނާގެ އިޝާރާތަށް އަހަރެން ބޯ ތިރިކޮށްލީމެވެ. އެއާއެކު އަހަރެންގެ ބޮލަށް ފައިސާއިން ޖަރީކޮށްފައިވާ އެ ތާޖު މަހައިލިއެވެ. ޔަގީނެވެ. މިހާރު އަހަންނަކީ ފައިސާއިން ޒީނަތްވެފައިވާ ރާނީއަކަށް ފުދޭނެ މީހެކެވެ. އެ ވަރަށް އަހަރެންގެ ގައިގެ އެތައް މިތަނުގައި ފައިސާ ފަތިތައް އެލެން އެބަ ހުއްޓެވެ. ބޮލުގައި މި އެޅުވުނީ ވަކިލާރީގެ ތާޖެކެވެ.

"ތި ފެށުނީ. ލަދު ނުގަންނާތި، ޖެހިލުން ނުވާތި. ވަރަށް ފޯރި ނަގާނެ. ބުނާ ހުރިހާ ކަމެއް ކުރާތި." ރިޔާޒު އަހަރެންގެ މޫނަށް ބަލައިލަމުން ހިނިތުންވެލި އެވެ.

އަހަންނަށް ހުރެވުނީ އެވެ. އެ ހަރަކާތްތަކުން އަހަންނަށް ކުރެވެމުން ދިޔައީ ނުބައި މާނައެކެވެ. ބޮލަށް ތިލަވަމުން ދިޔައީ ނުކިއްސަރު ޚިޔާލުތަކެކެވެ. އެމީހުން އަހަރެން ގަނެލީ ކަމަށް ވިސްނުނެނެވެ. ރަށު އެންމެން ކުރިމަތީގައި ފައިސާއިން އަހަރެންގެ ހިތްފުރައިލި ކަމަށް ދެއްކީ އެވެ. އެހެން ނޫންނަމަ ދެން މީ ކޮން ކަމެއް ހެއްޔެވެ؟ އަހަންނަކީ ފައިސާއަށް އުޅޭ މީހެއް ނޫނެވެ. އެއްޗެއްސާ ހެދި ހޭބަލިވާ މީހެއް ވެސް ނޫނެވެ. ދެން މިއީ ކޮން ކަމެއް ހެއްޔެވެ؟ ފައިސާ ނާޅުވާ މާފައްޗެއް އެޅުވުމުން ވެސް ފުދޭނެ ނޫން ހެއްޔެވެ؟ އޭރުން ވެސް އެ ކިޔުނީ ހޫނު މަރުހަބާ އެކެވެ. އެންމެ ޝަރަފުވެރި މަރުހަބާ އެކެވެ. އަހަރެން އުއްމީދު ކޮށްގެން ހުރީ ވެސް އެފަދަ ކަމަކަށެވެ. ނަމަވެސް، ތަޖުރިބާ މި ކުރަނީ އެހެން ކަމެކެވެ. ފާޑަކަށް ލަދުގަންނަ ކަހަލަ ކަމެކެވެ. އަހަންނަށް އިސްޖަހައިލެވުނެވެ. އެ މީހުންގެ ހަރަކާތްތަކުން ކުރެވުނު މާނައިގެ ސަބަބުންނެވެ.

"މިހެން ދާން ޖެހޭނީ." ރިޔާޒު އިޝާރާތްކޮށްލީ އޭނާގެ އަތުގައި އޮތް ކާށްޓަށެވެ.

"ތި ކޮން ކަމެއް؟" އަހަންނަށް ވައި އަޑުން ބުނެލެވުނެވެ.

"މި އޮތީ ގުޅިފައެއްނު. ގުޅުވާފައެއްނު. މި ކާށި ގެންގޮސް ޖެހޭނީ ނިޒޫގެ އަތުން އިންދަން." ރިޔާޒު ބުނެދިނެވެ.

އަހަންނަށް ފާޑަކަށް މޫނު ހަދައިލެވުނެވެ. އެއީ ކޮން ސަގާފަތެއް ހެއްޔެވެ؟ އެއީ ވެސް މީހުން ކޮށްއުޅޭ ކަންކަން ހެއްޔެވެ؟ އެކަމުން ވެސް އަހަންނަށް ކުރެވުނީ ގޯސް މާނައެކެވެ. އަހަރުމެންގެ ގުޅުން އެ މީހުން މާނަ ކުރި ގޮތޭ ހިތަށް އެރި އެވެ. އަހަރުމެންގެ މި މާތް ގުޅުމަކީ ރޯނު ފަށެއްހާ ބަލިކަށި ގުޅުމެއް ހެއްޔެވެ؟ އަހަރެންގެ ވައަތު ފައިގައި އެ އައްސާފައި އޮތީ ކީއްވެ ހެއްޔެވެ؟ ރިޔާޒުގެ އަތަށް ކާށި ދީފައި އެ އޮތީ ކީއްވެ ހެއްޔެވެ؟ އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ އެއިން ދޭހަވަނީ ކިހާ ބޭއަދަބީ މާނައެއް ހެއްޔެވެ؟ އެ މީހުންނަށް މިހެން ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އެމީހުންނަށް މި ނަޒަރުން ނުވިސްނަނީ ހެއްޔެވެ؟

ނޫނެކެވެ. ސަގާފަތާއި އާދަކާދައާ މެދު ނުނަޒަރުން ވިސްނާ ނަމަ ފެންނާނީ ތަފާތު ގޮތަކަށެވެ. ކޮންމެ ކަމަކީ ވެސް މާނައެއް ނެތް ބޭކާރު ކަންކަމުގެ ގޮތުގައެވެ. އަހަރުމެން ރީތިވެގެން، މޮޅުވެގެން ވާހަކަދައްކާ ޤައުމުތަކުގެ ސަގާފީ ކަންކަމަށް ބަލައިލިޔަސް ކަން އޮތީ އެހެންނެވެ. އިންޑިޔާއަށް ބަލާށެވެ. ސަގާފީ ކަންކަމަށް އިސްކަންދޭ ބަޔަކު އުޅޭ ޤައުމެކެވެ. އެމީހުންގެ ސަގާފަތަށް އަހަރުމެންނަށް ޖޯކު ޖެހެ އެވެ. ފާޑުކިޔެ އެވެ. ލަންކާއަށް ބަލާށެވެ. އެ މީހުންގެ ކައިވެނި ކުރާ އަންހެން ކުއްޖާ ގެއަށް ވަންނަ ގަޑީގައި އެ ކުޅޭ ޑުރާމާ ބަލާށެވެ. ފައިންޖަހައިފައި އެ ވައްޓައިލާ ހަނޑޫތަށްޓަށް ބަލާށެވެ. އެއިން އެމީހުން ނަގާ މާނަތަކަށް ވިސްނާށެވެ. މޮޅުކަމަށް ކިޔާ އިނގިރޭސިވިލާތަށް ބަލަމާ ހިނގާށެވެ. ޝާހީ އާއިލާގެ ކަންކަމަށް ވިސްނާށެވެ. މުޅީން ވެސް ސަގާފީ ކަންކަމެވެ. އެއް ނަޒަރަކުން ނަމަ މާނައެއް ނެތް ބޭކާރު ކަންކަމެވެ. މިއީ، ކޯހުގައި ކިޔެވި މާއްދާއެއްގެ ފިލާވަޅުތަކުން އަހަންނަށް ދަސްވި ކަމެކެވެ.

"ދީނާ ހިލާފު ކަމެއް ނުކުރާނަމަ ކޮންމެ ސަގާފަތަކަށް ވެސް އިހުތިރާމު ކުރަންވާނެ. އެކަން ކަމަށް ޖޯކު ޖަހައިގެން ނުވާނެ. ހަޖޫ ޖަހައިގެން ނުވާނެ." ހީވީ މުދައްރިސްގެ އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމައިލި ހެންނެވެ.

އަހަންނަށް ގޯސްކަމެއް ކުރެވިއްޖެ އެވެ. ގޯސްކޮށް ވިސްނިއްޖެ އެވެ. ނަސީބަކީ އެއިން އެއްވެސް ކަމެއް ދުލާ ހަމައަށް ނައި ކަމެވެ. އެހެން ނޫންނަމަ އެއްވެ މި ތިބި މީހުންގެ ކުރިމަތީގައި އަހަރެން ލަދުގަންނަން ޖެހޭނެ އެވެ. ފަލީހަތްވާނެ އެވެ. އަހަރެން ގަދަކަމުން ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިލީމެވެ.

ރިޔާޒު އަހަރެންގެ އަތަށް ފިތައި ބާރުކޮށްލި އެވެ. އޭނާ އިޝާރާތްކުރީ ކުރިއަށް ހިނގައިގަތުމަށެވެ. އަހަރެންގެ އަތުގައި ހިފައިގެން އޭނާ ކުރިއަށް ހިނގައިގަތެވެ. އެއާއެކު ބޯމައްޗަށް ކުޑައެއް ހިއްލައިލި އެވެ. އެއީ ކުޑައެއް ނޫނެވެ. ޒީނަތްކޮށްފައިވާ ހަތްކޮޅެކެވެ. ހަތްކޮޅަކީ ބޮޑު ކުޑައަކާ ވައްތަރު ގޮތަކަށް ވަށައި ކައިރީ ވިހޭފަށް ލައިފައި ހަދައިފައި ހުންނަ އެއްޗެކެވެ. މިއީ އިހުގައި ރަސްކަމުގެ އިއްޒަތަށް ނުކުންނަން ހުއްދަ އޮންނަ ބޭބޭފުޅުންގެ އިސްތަށި ފުޅަށް ހިޔާކުރުމުގެ ގޮތުން ނަގައި އުޅޭ އެއްޗެކެވެ. އެކަން އަހަންނަށް އެނގެ އެވެ. އެއީ އަހަރުމެން ކިޔެވި ވާހަކަތަކެއް ވީމަ އެވެ.

ދެތިން ފޫޓަށް ހިނގައިލެވުނު އިރަށް ބެރުގެ އަޑު އިވެން ފެށި އެވެ. އަހަރުމެންގެ ފަހަތުންނެވެ. އަހަންނަށް ފަހަތް ބަލައިލެވުނެވެ. ސަހަރޯއެވެ. ފަހަތުގައި ތިބި އަންހެންވެރިން ފޯރީގައި ނަށަނީ އެވެ. ދިގުމަގު ދަނޑިއަށް ނަށާހެންނެވެ. އެއްހަމައަކަށް ފައިހަމަކުރަމުން ބެރުގެ ވަޒަނާ އެއްގޮތަށް ހަރަކާތް ކުރަމުން އަހަރުމެންގެ ފަހަތުން އަންނަނީ އެވެ.

"މި ކޮން ކަމެއް؟" ރިޔާޒު ކަންފަތް ބުޑުގައި އަހަރެން އަހައިލީމެވެ.

(ނިމުނީ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox