Advertisement

ރެޑްވޭވް ޕެވިލިއޮން: ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ

10 އޮކްޓޯބަރު 2022 - 09:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރެޑްވޭވް ޕެވިލިއޮން: ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ

10 އޮކްޓޯބަރު 2022 - 09:38 0

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުނިތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހަމަ ޔަގީނުން ވެސް ރެޑްވޭވުގެ ނަން ހިމެނޭނެ އެވެ. އެހެން ވާންޖެހޭ ސަބަބުތައް ވެސް ބައިވަރެވެ. ހަމައެކަނި ކާބޯތަކެއްޗަށް ހާއްސަކޮށްގެން ފެށި އެ ވިޔަފާރި މިއަދު އެތައް ގުނައަކުން ފުޅާވެއްޖެ އެވެ. ބަދިގެ ސާމާނުން ފެށިގެންގޮސް ހިފާގެންގުޅޭ ސާމާނާއި އިލެކްޓުރޯނިކްސް އާއި ފަރުނީޗަރުގެ އިތުރުން ރީތިވާ ސާމާނު ވެސް އެކުންފުނީގެ ހަރުތަކުން މިހާރު ލިބެ އެވެ.

ގ. ހުސްނުހީނާ މަގު ކަންމަތީގައި ހުންނަ ރެޑްވޭވް ޕެވިލިއޮން ފިހާރަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންނަށް އަބަދުވެސް ދިމާވެފައި އޮންނަ އެންމެ ބޮޑު އުނދަގުލަކީ ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ނުލިބުމެވެ. އެތައް ބައިވަރު ފިހާރަތަކެއް ފުރަ މާލޭގައި ހުޅުވުނުއިރު ވެސް މި މައްސަލައަކަށް އެދެވޭ ވަރުގެ ހައްލެއް އޮތީ ނުލިބި އެވެ. އެހެންނަމަވެސް، އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން މަސައްކަތް ކުރާ ރެޑްވޭވުން ހިންގަމުން އައި ސުޕަމާކެޓުތަކުގެ ތެރެއަށް ހައިޕާމާކެޓުތައް އިތުރު ކުރީ މި މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ފުރަގަހުގައި ހުންނަ ރެޑްވޭވް ޕެވިލިއޮން ފިހާރައަކީ އެކުންފުނިން ހިންގާ އެންމެ ބޮޑު ފިހާރަ އެވެ. ޖުމްލަ ތިން ފަންގިފިލާގެ އެ ހައިޕާމާކެޓުގައި ރެޑްވޭވުގެ ފިހާރަތަކުން ވިއްކާ ހުރިހާ ބާވަތެއްގެ ސާމާނު ހުރެ އެވެ. އެގޮތުން އެންމެ ތިރީ ފަންގިފިލާއިން ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ސެމްސަންގު، ހައިސެންސު އަދި ޝާޕް ފަދަ މުޅި ދުނިޔެއަށް މަޝްހޫރު ބުރޭންޑުތަކުގެ އިލެކްޓުރޯނިކު ސާމާނުގެ އިތުރުން ޕީއެސް5، ލެޕްޓޮޕް އަދި ޓީވީ ލިބެން ހުރެއެވެ. އޭގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ދޮންނަ މެޝިނާއި އޭސީ އަދި އައިސް އަލަމާރި ފަދަ މުހިންމު ސާމާނު ވެސް އެ ފަންގިފިލައިން ލިބެން ހުރެ އެވެ.

ގ. ހުސްނުހީނާ މަގު ކަންމަތީގައި ހުންނަ ރެޑްވޭވް ޕެވިލިއޮން ފިހާރަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގޭތެރެ ޒީނަތްތެރި ކުރާ އެކި ބާވަތުގެ ތަކެއްޗާއި ބަދިގެ ކަބަޑާއި ސޯފާގެ އިތުރުން ދޮރުފޮއްޗާއި ކާމޭޒު ފަދަ ގެއަށް ބެނުންވާ ހުރިހާ ބާވަތެއްގެ ފަރުނީޗަރު އެ ފިހާރައިގެ އެއްވަނަ ފަންގިފިލައިން ލިބެން ހުރިއިރު އެންމެ މަތީ ފަންގިފިލާ ހާއްސަ ކުރެވިފައި ވަނީ އެނދުއަލަމާރި ފަދަ މުހިންމު ސާމާނަށެވެ. ވޮރަންޓީއާއިއެކު ގިނަ ސާމާނުތަކެއް ވިއްކާ ރެޑްވޭވް ޕެވިލިއޮން ފިހާރައިން ވިޔަފާރި ކުރައްވާ ތަކެތި ގެއާއި ހަމައަށް ގެންގޮސް ވެސް ދެއެވެ.

ތަފާތު ބާވަތްތަކުގެ ސާމާނު އެ ފިހާރައިން ލިބެން ހުރިއިރު މިހާރުވެސް އެފިހާރައިގައި ހައިސެންސް އަދި ޝާޕް ބުރޭންޑަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް އެބަ ގެންދެއެވެ. ވިޔަފާރި ލިސްޓުގެ އެންމެ ކުރީގައި ރެޑްވޭވުގެ ނަން ހިމަނާލަން ޖެހެނީ މިފަދަ އެތައް ސަބަބަކާއި ހުރެއެވެ. ހުރިހާ އެއްޗެއް އެއްތަނަކުން ފަސޭހަކަމާއި އެކު ހޯދާލަން ބޭނުންވާ ފަރާތްތަކަށް ރެޑްވޭވް ޕެވިލިއޮން ވަރެއް ނެތެވެ.