Advertisement

އެމްއެޗްއޭ ފިހާރަތަކުން ވިޔަފާރި ކޮށްގެން އައިފޯން 14 ޕްރޯއެއް ހޯދުމުގެ ފުރުސަތު

8 ނޮވެންބަރު 2022 - 13:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖީދީ މަގުގައި ހުންނަ އެމްއެޗްއޭމާޓު. އެ ކުންފުނީގެ ދެވަނަ ފިހާރަ ހުންނާނީ ފަރީދީ މަގު އެފްޑީއައި ކައިރީގައި. -- ފޮޓޯ: ޝާބިން/އަދަދު


އެމްއެޗްއޭ ފިހާރަތަކުން ވިޔަފާރި ކޮށްގެން އައިފޯން 14 ޕްރޯއެއް ހޯދުމުގެ ފުރުސަތު

8 ނޮވެންބަރު 2022 - 13:41 0

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ނަސީބުވެރި އެއް ފަރާތަކަށް އައިފޯން14 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕުރޮމޯޝަނުގައި ބައިވެރިވެވޭނީ އެމްއެޗްއޭގެ ރީޓެއިލް ފިހާރަތަކުން ވިޔަފާރި ކުރާއިރު، އެ ފިހާރައިގައި ފޯނު ނަންބަރާ އެކު ނަން ރެޖިސްޓަރީ ކުރާ ފަރާތްތަކަށެވެ.

މި ޕުރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެ ފިހާރައިން ވިޔަފާރި ކުރާއިރު، ރެޖިސްޓަރީ ކޮށްފައިވާ ނަންބަރު ކައުންޓަރުގައި ބުނުމުން އެމްއެޗްއޭ ޕޮއިންޓުގެ ގޮތުގައި ރިވާޑު ވެސް ލިބޭނެ އެވެ. މިގޮތަށް ލިބޭ ކޮންމެ ޕޮއިންޓަކީ 1ރ. ގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަކަށް އެ ފިހާރައިން ވިޔަފާރި ކުރުމުގައި ބޭނުން ކުރެވޭނެ އެވެ.

އެމްއެޗްއޭ ޕޮއިންޓުގެ ގޮތުގައި ލިބޭނީ ކުރާ ވިޔަފާރިއެއްގެ ޖުމްލަ އަދަދުގެ ތެރެއިން ފަސް ޕަސެންޓެވެ. ޕޮއިންޓުތަކުގެ ތަފްސީލު ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ފޯނަށް ލިބޭނެ އެވެ.

ރާއްޖޭގައި މޮބައިލް ހިދުމަތްދޭ ކުންފުންޏެއްގެ ނަންބަރެއް އޮތް ހަމަ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ޕުރޮމޯޝަނުގައި، މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެމްއެޗްއޭ ރިވާޑު ހޯދާ ފަރާތްތައް ބައިވެރި ކުރެވޭނެ އެވެ. މުޅި ޕުރޮމޯޝަނުގެ ހުރިހާ ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އައިފޯން14 ޕުރޯއެއް ލިބޭނެ އެވެ.

ނުވަދިހައިގެ މެދުތެރޭގައި ރެޖިސްޓަރީ ކުރި އެމްއެޗްއޭ ޕްރައިވެޓު ލިމިޓެޑަކީ ރާއްޖޭގެ އެންމެ ފުރަތަމަ އެއް ޕްރައިވެޓު ކުންފުންޏެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމްޕޯޓުކޮށް ހޯލްސޭލް ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ އެމްއެޗްއޭގެ ދެ ރީޓެއިލް ފިހާރަ ހުންނާނީ މަޖީދީ މަގު ސެންޓުރަލް ގުރޭންޑުގަ އާއި ފަރީދީ މަގު އެފްޑީއައި ކައިރީގަ އެވެ.