Advertisement

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

8 ސެޕްޓެންބަރު 2022 - 21:38 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ އިސްތިއުފާ ދެއްވި ލައިޒާ-- ފައިލް ފޮޓޯ


އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

8 ސެޕްޓެންބަރު 2022 - 21:38 1

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގައި ތިއްބަވަނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްއާއި ލައިޒާ އެވެ.

ލައިޒާ މި މަގާމުން އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ލައިޒާ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް އޮމްބަޑްސްމަނުން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލައިޒާ ވަނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރައްވާފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

މިދިޔަ އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން ނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ.

އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އެ އޮފީހުން އެއްވެސް މައްސަލައެއް ބަލައި ނިމިފައެއް ނުވެ އެވެ.