Advertisement

ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން "ޔަންގް އެންޓަޕްރެނާސް" ނަމުގައި ފެއާއެއް ބާއްވަނީ

21 އޭޕްރީލް 2025 - 16:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން: ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން "ޔަންގް އެންޓަޕްރެނާސް" ނަމުގައި ފެއާއެއް ބާއްވަން ވަނީ ރާވާފައި -- ފޮޓޯ: އަދަދު ފައިލް


ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން "ޔަންގް އެންޓަޕްރެނާސް" ނަމުގައި ފެއާއެއް ބާއްވަނީ

21 އޭޕްރީލް 2025 - 16:11 0

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އުމުރުން 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން މާލޭގައި "ޔަންގް އެންޓަޕްރެނާސް ފެއާ 2025" ނަމުގައި ފެއާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި 10، ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އިން އިރު އޮއްސި 06:00 ޖެހުމާ ހަމައަށް އާޓިފިޝަލް ބީޗުގަ އެވެ.

ފެއާގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޭޕްރީލް 24، ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެޕްލިކޭޝަން ފޯމުގެ އޮންލައިން ލިންކާއި ފެއާއާ ގުޅޭ އިތުރު މައުލޫމާތު އެ އޮފީހުގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ.

ފެއާގައި ރަޖިސްޓްރީވެ، ސްލޮޓް ރިސާވް ކުރުމަށް ކުދިންގެ އަތުން ފީއެއް ބޭނުމެއް ނުވާނެ އެވެ. ބައިވެރިވާ ކުދިންނަށް ޓެންޓާއި މޭޒު، ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރިކުރުމުގެ ޝައުގު ހުރި ކުދިންނަށް، އެކުދިންގެ މާކެޓް ހުނަރު ދައްކާލެވޭނެ ފަސޭހަ ޕްލެޓްފޯމެއް މި ފެއާ މެދުވެރިކޮށް ފަހިކޮށްދިން،" ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ބުންޏެވެ.

އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ވިސްނުން، ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ހިތްވަރު ދިނުމަށް ކުރިއަށްގެންދަން ނިންމާފައިވާ އެ ފެއާގައި މި އަހަރު ދޫކުރުމަށް ހަމެޖެހިފައިވަނީ ޖުމްލަ 12 ސްލޮޓެވެ.

ފެއާ އަށް ހުށަހަޅާ އުފެއްދުން ނުވަތަ ޕްރޮޑަކްޓަކީ ކުއްޖާގެ އަމިއްލަ އުފެއްދުމަކަށް ވާން ޖެހެ އެވެ. އަދި ކުދިން އުފައްދާ އެއްޗެއްގެ އަގާއި އެތަކެތި ފެއާގައި ވިއްކުމުގެ ކަންކަން ކުރާނީ އެ ކުދިން އަމިއްލަ އަށެވެ.

ފެއާގައި ބައިވެރިވާ ކުދިންނަށް، އިވެންޓުގެ ކުރިން ހާއްސަ މައުލޫމާތު ސެޝަންތަކެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އިވެންޓް ކުރިއަށްދާ ދުވަހު އެތަނުގެ ކަންކަން މެނޭޖުކުރާނެ ގޮތުގެ އިރުޝާދު ދީ، ފާހަގަކޮށްލެވޭ ބައެއް ޒުވާން ވިޔަފާރިވެރިންގެ ކާމިޔާބީގެ ދަތުރު، ފެއާގައި ބައިވެރިވާ ކުދިންނާ ހިއްސާކުރާނެ އެވެ.

މި ފަދަ ފުރުސަތުތަކަކީ ކުދިންގެ ހުނަރު ކުރިއަރުވައި، މައުލޫމާތު މުއްސަނދިކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ފުރުސަތެއް ކަމަށް ދެކޭ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ބުންޏެވެ.