Advertisement

10 ކޯޓެއްގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

10 އޮގަސްޓު 2022 - 14:30 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


10 ކޯޓެއްގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

10 އޮގަސްޓު 2022 - 14:30 0

10 ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓަރާއި، ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރާއި، ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ އިތުރުން ހަތް މެޖިސްޓްރޭޓް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރީ 2019 ވަނަ އަހަރުގަ އެވެ.

އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މިދިޔަ މަހު ނިންމީ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ. މިއަދު ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ގެންގޮސްފަ އެވެ.

"މިދިޔަ ހަފުތާގައި މައްސަލަ އިސްތިއުނާފު ކުރަން ނިންމިން، އެ މަސައްކަތް ކުރުމަށް ފަހު މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވާނެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައި،" ޖޭއެސްސީގެ މީޑިއާ އޮފިޝަލް އިޒްމީރާ ޒާހިރު މި ނޫހަށް ވިދާޅުވި އެވެ.

މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުން އެ މީހުން ވަކިކުރީ އަދާކުރަމުން ދިޔަ މަގާމު އުވުމުންނެވެ. އެކަމަކު ހައި ކޯޓާއި ޓްރައިބިއުނަލުން ވެސް ނިންމީ އެ މަގާމުތައް އުވުނީ ކަމަށް ނުބެލެވޭ ކަމަށެވެ.