Advertisement

"އޮތެންޓިކް މޯލްޑިވްސް" ގެ އާ ފިހާރައެއް ކްރޮސްރޯޑްސްގައި

23 ޖުލައި 2022 - 18:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


"އޮތެންޓިކް މޯލްޑިވްސް" ގެ އާ ފިހާރައެއް ކްރޮސްރޯޑްސްގައި

23 ޖުލައި 2022 - 18:30 0

ދިވެހި އުފެއްދުންތަކާއި ބްރޭންޑުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިޝްތިހާރުކޮށް ވިއްކުމުގެ އަމާޒުގައި ގާއިމުކޮށްފައިވާ "އޮތެންޓިކް މޯލްޑިވްސް" ގެ އާ ފިހާރައެއް ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހިންގާ ހުރިހާ ޕްރޮޖެކްޓެއް މެނޭޖުކުރަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. އެގޮތުން، "އޮތެންޓިކް މޯލްޑިވްސް" ގެ ފިހާރަތައް ވެސް ހިންގަނީ އެ ކޯޕަރޭޝަނުންނެވެ.

ކްރޮސްރޯޑްސްގައި މި ފިހާރަ ހުޅުއްވައި ދެއްވީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒީނާދު އެވެ.

އެ ފިހާރައިން 70 އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކާނެ އެވެ. "އޮތެންޓިކް މޯލްޑިވްސް" ގެ ފިހާރަތަކުގައި މިހާރުވެސް 160 އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިންގެ ތަކެތި އަންނަނީ ވިއްކަމުންނެވެ.

އެންމެ ފުރަތަމަ މިފަދަ ފިހާރައެއް ބީސީސީން ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގަ އެވެ. ބީސީސީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ދިވެހި އުފެއްދުންތެރިން ވަނީ ހޯދާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް "އޮތެންޓިކް މޯލްޑިވްސް" ގެ އިތުރު ފިހާރަތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބީސީސީން މައުލޫމާތު ދެ އެވެ.