Advertisement

ބީސީސީން ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ހުޅުވަނީ

26 ޖަނަވަރީ 2025 - 11:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީސީސީ


ބީސީސީން ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ހުޅުވަނީ

26 ޖަނަވަރީ 2025 - 11:11 0

ފުވައްމުލައް ސިޓީގައި ކްރިއޭޓާ ހަބެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމަށް ހާއްސަކޮށް އިއްޔެ ބީސީސީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ފުވައްމުލައް ސިޓީ މޭޔަރު، އިސްމާއިލް ރަފީގު އެވެ. ބީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޒިޔާއު މުހައްމަދެވެ.

ބީސީސީން ބުނީ އެ ހަބު ގާއިމު ކުރުމުގެ ބޭނުމަކީ ފަންނުވެރި ދާއިރާތަކުން ކުރިއަށް ދިޔުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއެކު އެ ދާއިރާތަކުން ކުރިއަށް ދާން އެހީތެރިވުން ކަމަށެވެ.

ފުވައްމުލަކުގައި ގާއިމު ކުރާ ކްރިއޭޓާ ހަބަބަކީ އެ ސިޓީގައި ފަންނުވެރި އިގުތިސާދެއް ގާއިމު ކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.

ބީސީސީއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން ވުޖޫދުކުރި ކުންފުންޏެކެވެ.

އެ ކުންފުނިން ދަނީ 2017 އިން ފެށިގެން ރާއްޖޭގައި އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.