5 ފެބުރުވަރީ 2025 - 18:18 1
މުހައްމަދު ޝަހްޒާން
5 ފެބުރުވަރީ 2025 - 18:18 1
އަންނަ މެއި މަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ދިވެހީންގެ މައުރަޒު 2025 ޕްރޮމޯޓު ކުރުމަށް ފައިސާގެ އިނާމު ލިބޭ ޓިކްޓޮކް މުބާރާތެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 15،000ރ. ލިބޭނެ ކަމަށެވެ. އަދި ކޮންމެ މަހެއްގެ އެއްވަނައަށް ދާ ފަރާތަކަށް 3000ރ. ލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ޓިކްޓޮކް މުބާރާތް ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމާފައި ވަނީ އޭޕްރިލް 30 ގެ ނިޔަލަށެވެ. އެ މުބާތާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ދިވެހި އުދެއްދުންތެރިކަން ދައްކުވައިދޭ ޓިކްޓޮކް ވީޑިއޯ ހެދުމަށްފަހު @maldives.expo ޓެގު ކުރުމަށްފަހު #dhiveheengemauraz25 ނުވަތަ #expomaldives25 ޖެހުމަށްފަހު ޓިކްޓޮކަށް ވީޑިއޯ އަޕްލޯޑު ކުރުމުން ބައިވެރިވެވޭނެ އެވެ.
މުބާރާތުގައި މާކްސް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ:
ދިވެހިންގެ އުފެއްދުންތެރިކަން ޕްރޮމޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނެސް ސެންޓާ ކޯޕަރޭޝަނާ ގުޅިގެން ބާއްވާ އެ މައުރަޒު އޮންނާނީ މެއި 23 އިން މެއި 31 ގެ ނިިޔަލަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment