މާޒީން ހިތި

މާޒީން ހިތި

(އެގާރަވަނަ ބައި)

"ދެން، މިޒޫ ވެސް މިކަމާ ކުރިމަތިލައިގެން ނޫނީ މިހާރު ކަންތައް ވެފައި އޮތް ގޮތުން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ." އެތައް ވާހަކައެއް ދެއްކުމަށްފަހު ޔަޒީދުގެ ފަހު ޖުމުލައަކަށް ހެދީ އެ ޖުމުލަ އެވެ.

އަހަންނަށް ވިސްނަން އިނދެވުނީ އެވެ. ބުނާނެ އެއްޗެއް ނޭނގި ހިމޭންވެފަ އެވެ. ހަބީބަކީ ހަމަ އެހާ އަމިއްލަ އެދުން ބޮޑު މީހަކީ ހެއްޔެވެ؟ އޭނާއަކީ އެހާ ދަށު ދަރަޖައިގެ މީހަކީ ހެއްޔެވެ؟ އޭނާއަށް އަނބިމީހާގެ ދަރަޖަ ވެސް ވަކި ނުވީ ހެއްޔެވެ؟ އާއެކެވެ. ހިސާބަށްވުރެ ބޮޑަށް ކަމެއް ބޭނުންވީމަ ވެލި ވެސް ރަނަށް ބަދަލުވާނެ އެވެ. ދުނިޔެ ވެސް ރަންވާނެ އެވެ. ހަބީބަށް ވެސް އެހެންވީ އެވެ.

"މިޒޫއަށް ނެތް ދެން އިތުރު ގޮތެއް. މީ އޭނާ ދެއްކި ވާހަކަތައް. މިޒޫއަށް މިހާރު އެކަން ޔަގީން ވެސް ކުރެވެން ޖެހޭނެ."

ޔަޒީދު ފުންނޭވާއެއް ބޭރުކޮށްލި އެވެ.

އަހަންނަށް މޫނުގައި އަތް އެޅުނެވެ. ނޭވާ ހިފަހައްޓައިލައިގެން އެތައް އިރަކު އިނދެވުނެވެ. ހަބީބުގެ އަމަލުތަކާއި އޭނާގެ ހަރަކާތްތަކާ މެދު ވިސްނާށެވެ. އޭނާ އެތައް ގޮތަކަށް އަހަރެން ވިއްކައިގެން ފައިސާ ހޯދާފި ހެއްޔެވެ؟ މާލެ ދިޔުމަށްފަހު ވެސް އަހަރެން އެކަނިވާ ކޮންމެ ރެޔަކަށް އޭނާގެ ރޭވުމުގެ ދަށުން ފިރިހެނުން ގެޔަށް ވައްދައިފި ނޫން ހެއްޔެވެ؟ އާއެކެވެ. އެހައި ވަރަކުން ރޭގަނޑު ބޭސް ކާން އެ ބުނަނީ އެހެންވީމަ އެވެ. އެ ބޭހެއް ކެއުމަށްފަހު އަހަންނަށް ލޯ ނުހުޅުވެނީ ވެސް އެހެންވީމަތާ އެވެ.

ލޯ ނުހުޅުވުން އެކަންޏެއް ނޫނެވެ. ހެނދުނު ހޭލާއިރު އަހަންނަށް އޮވެވޭ ގޮތް ސާފު މިވީ އަދި ކިރިޔާ އެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ބިމުގައި ފައި އަޅައިލަން ނުކެރި އެނދުގައި ފުރޮޅިލަ ފުރޮޅިލާ އޮންނާން ޖެހެނީ ކީއްވެކަން ވެސް އެނގުނީ އެވެ. ގައިގެ އެތަން މިތަނުގައި ދިގު ދެމިފައި ހުންނަ އިނގިލީގެ ނިޝާންތަކާއި ރަތްކުލައިގެ ލައްގަނޑުގަނޑުގެ ހަގީގަތް ވެސް ސާފުވީ އެވެ.

އަހަންނަށް ރުޅި އިސްކުރެވުނެވެ. ދެ އަތަށް ބާރުކޮށްލެވުނެވެ. ދަތްޕިލަ ޖައްސާލަމުން ލޯ މަރައިލެވުނެވެ.

"ވަރަށް ހިކުމަތްތެރި ރޭވުމަކުން ސަލާމަތްވާން އޮތީ." ޔަޒީދު ވައި އަޑުން ބުނެލި އެވެ.

އަހަންނަށް ބަލައިލެވުނީ ޔަޒީދުގެ މޫނަށެވެ. އެއީވެސް ފިރިހެނެކެވެ. އޭނާއަށް އަހަރެން އިތުބާރު ކުރާން ވާނެ ހެއްޔެވެ؟ އޭނާއަކީ އިއްޔެ މެންދުރު ފެނުނު މީހެކެވެ. ހަބީބަކީ އަހަންނާ ހެދި އުޅުނު މީހާ އެވެ. އޭނާގެ އަމިއްލަ އެދުމުގައި ކުރެހި މަންޒަރު އަހަންނަށް މާ ސާފުކޮށް ފެނިއްޖެ އެވެ.

"ފަހަރެއްގަ އަހަންނަށް އެހާ އިތުބާރު ނުކުރެވިދާނެ. އަދި ވިސްނައިލައިފަ ގޮތެއް ނިންމާން ވަގުތު ކޮޅެއް ލިބިދާނެ." ޔަޒީދު ބުނެލި އެވެ.

"އިތުބާރު ދޯ! ފައިސާއަކީ ތަ އިތުބާރުގެ މަންމައަކީ؟" އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.

ޔަޒީދު ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާ ދެ ލޯ ބޮޑުކޮށްލި އެވެ. ފާޑަކަށް ހައިރާންވީ ކަންނޭނގެ އެވެ.

"ބައެއް ފަހަރު." ޔަޒީދު ބުނެލި އެވެ.

"ކޮބާ އަހަންނަށް އޮތް ޔަގީންކަމަކީ؟" ހަރުކަށި ރާގެއްގައި އަހަންނަށް ބުނެލެވުނެވެ.

"ޔަގީންކަން."

"ކިހާ ވަރެއްގެ؟" އަހަރެން އަހައިލީމެވެ.

"ސަތޭކަ ޕަސަންޓު. ނޫން ތައުޒަން ޕަސެންޓް." ޔަޒީދު ހިންދިރުވާލި އެވެ.

އަހަންނަކީ ވަރަށް އަގު ބޮޑު މީހެއް ކަމުގެ އިހުސާސް ކުރެވޭން ފެށި އެވެ. ކުރާނެ ކަމެއް ނެތިގެން އަހަރެން ވަޔަށް ބުރުއްސާ ވަގުތުތަކުން ވަގުތު ގަނެގެން އަހަންނާ ވާހަކަދައްކަން މީހަކު އަންނާނީ އަހަންނަކީ ކިހާ މުހިއްމު މީހެއްވީމާ ހެއްޔެވެ؟ އަދި އަމުދުން އެހެން މީހަކު މެދުވެރިވެގެން އަހަރެން ލައްވާ މަސައްކަތް ކުރުވާން މީހަކު ބޭނުންވާނީ އަހަންނަކީ ކިހާ ބޭނުންތެރި މީހެއް ވީމާ ހެއްޔެވެ؟

އަހަންނަށް ކުރެވެން ފެށީ އެކަހަލަ ހިޔާލުތަކެކެވެ. އަމިއްލަ ނަފުސާ މެދު ފުރަތަމަ ފަހަރަށް ފަހުރުވެރިކަން އުފެދެން ފެށީ ވެސް އެހެންވީމަ އެވެ.

ޔަޒީދު އެ އެދޭ ކަންތައް އަހަންނަށް ކޮށްލުމަކީ އެހާ ބޮޑު ކަމެއް ވެސް ނޫނެވެ. އެއީ ކޮށްލަން ފަސޭހަ ކަމެކެވެ. އެއް ނަޒަރަކުން ބަލާއިރު އެއީ ކުރާން ލަސް ވެސް ވެއްޖެ ކަމެކެވެ. ކުރާން ޖެހިފައިވާ ކަމެކެވެ.

އަނިޔާވެރި ވުމަކީ ހަމައެކަނި ކަޓަރާއިނ ވަޅިން އަޅާ ޒަހަމެއް ނޫނެވެ. ހަލާލު އަނބިމީހާއަށް ނޭނގި، ވިއްކައިގެން ފައިސާ ހޯދުމަކީ ކިހާ ދަށު ދަރަޖައިގެ ކަމެއް ހެއްޔެވެ؟ އެފަދަ ފިރިއަކަށް ފިރިއެކޭ ކިއިދާނެ ހެއްޔެވެ؟ އެއީ ފިރިހެނަކަށް ފުދޭ މީހަކަށް ވާނެ ހެއްޔެވެ؟ އަހަންނަށް ބޭސްދީ، ހަމައިން ނައްތާލައިގެން ހަބީބާއެކު އެހެން މީހުން ގެއަށް ގެނެސްގެން ޖަހާފައި ހުރި ހުރިހާ ސަކަރާތެއް އަހަންނަށް މިއަދު ފެނިއްޖެ އެވެ. ދޭތެރެ ދޭތެރެއިން ހަބީބު މާ ލޯބި އަރައިގެން އުޅެނީ ކީއްވެކަން ވެސް މިއަދު މި ވިސްނުނީ އެވެ.

އެކި ފަހަރު މަތިން ޔަޒީދު އެކަން ކިޔައި އެ ދިނީ އެވެ. ބައެއް މަންޒަރުތައް ވެސް އޭނާގެ ފޯނުގައި އެބަހުއްޓެވެ. ބައެއް ފޮޓޯތައް ވެސް އަހަންނަށް ދައްކާފި އެވެ.

"އަހަރުމެންނަށް ބުލެކު މެއިލްކޮށް، ބިރު ދައްކާގެން ވެސް މިޒޫ ލައްވާ މިކަން ކުރެވިދާނެ. އެކަމަކު.." ޔަޒީދު ބުނެލި އެވެ.

އެ ބުނީ ވެސް ތެދުވާހަކަ އެކެވެ. އޭނާ އަތުގައި އެހުރި ވީޑިއޯ ތަކާއި ފޮޓޯތައް އާއްމުކޮށްލައިފި ނަމަ އަހަންނާއި ހަބީބުގެ އިތުރުން އެތައް ބަޔަކު ފަލީހަތްވާނެ އެވެ. އިސްމަގާމުތަކުގައި ތިބި އެތައް ބަޔެކެވެ. ސިޔާސީ މީހުންނެވެ. ރަށުގެ ކަމުވޮށިގެންވާ މީހުންނެވެ.

"އަހަރުމެން ބޭނުމެއް ނޫން އެކަން އެގޮތަށް ކުރާކަށް." ޔަޒީދު ބުނެލި އެވެ.

"ދެން؟" އަހަންނަށް ބަލައިލެވުނީ ޔަޒީދުގެ މޫނަށެވެ.

"މީގެ ތެރެއިން ބައެއް މީހުންނަކީ އަހަރުމެން ރާވައިގެން، ލާރި ދީގެން މިކޮޅަށް ފޮނުވި މީހުން. އަހަންނަށް ޔަގީންވޭ މިޒޫ މިކަންކަން ގަބޫލެއް ނުކުރާނެކަން."

އަހަންނަށް ބަލައިލެވުނީ ސީދާ ޔަޒީދުގެ މޫނަށެވެ.

"މާނައަކީ ތީ ތި މީހުން ކުޅުވި ގޭމެކޭތަ؟" އަހަންނަށް ރުޅި އިސްކުރެވުނެވެ.

"އެހެންނެއް ނޫން. މި ބުނީ، މިއީ ހިނގާކަމެއްކަން ސާބިތުކޮށްދޭން ވީޑިއޯ ހޯދޭނެ ގޮތެއް ހަދަން ކުރެވުނު މަސައްކަތުން އެކަން ކުރާން އެންމެ ރަނގަޅު ގޮތެއްކަމަށް އޭރު ވިސްނުނީ އެގޮތަށް، އެ ޝައުގުވެރިކަމާއެކު އުޅޭ މީހެއް ހޯދުން. އެކަހަލަ މީހުން ލިބުނީ ވެސް ވަރަށް މަސައްކަތުން."

"އެހެންވީމަ މި ކަހަލަ ގޯސްކަންކަން ކުރުވީ ކަލޭމެންނެއްނު." އަހަންނަށް ވިސްނުނީ މުޅީން ތަފާތުކޮށްނެވެ.

"އެހެންނެއް ނޫނޭ." ޔަޒީދު އުޅުނީ އަހަންނަށް ކަމެއް ސާބިތުކޮށްދޭށެވެ.

"ދެން؟"

"ބުނެބަލަ މި ވީޑިއޯތަކާއި މި ފޮޓޯތައް ނެތްނަމަ މި ކިޔައިދިން ކަންތައްތައް ހިނގާކަމަށް ގަބޫލުކުރާން ފަސޭހަވާނެތަ؟ އަމުދުން މި ގޮތަށް އަހަރެން އައިސް ހަމައެކަނި އަނގަބަހުން ބުނެލާ ވާހަކައަކުން މިކަންކަން ގަބޫލުކުރެވޭނެތަ؟" ޔަޒީދު ވެސް ރުންކުރު ރާގެއްގައި ބުނެލި އެވެ.

"ކިހިނެއް ތިއީ އަސްލުކަމަށް ގަބޫލުކުރާނީ؟" އަވަސްއަވަހަށް އަހަރެން ބުނެލީމެވެ.

"ވީޑިއޯ ވެސް ހެދިދާނެ. ފޮޓޯ އެޑިޓްވެސް ކުރެވިދާނެ. އެކަމަކު މިޒޫއަށް ވާ އުދަނގޫތަކޯ، މިޒޫގެ ހަށިގަނޑުގައި ހުންނަ ނިޝާންތަކޯ. ހަށިގަނޑަށް އަޅާ ވޭނޯ. ހެނދުނު ހޭލާއިރު ރިއްސާ ރިއްސުންތަކޯ. މިއީ މީހުންނަށް އެޑިޓްކޮށްލެވޭ ކަންކަން ތަ؟" ޔަޒީދު ދެއްކީ ބުއްދިވެރި ވާހަކަތަކެކެވެ.

އަހަންނަށް އެކަން ގަބޫލު ކުރެވުނެވެ. ދެން އިތުރަށް ވިސްނާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ޔަޒީދު ކޮށައިދޭ މަގުން ހިނގާށެވެ. އޭނާއަށް އިތުބާރު ކުރާށެވެ.

"އެއްބަސް."

ޔަޒީދު ކޮޓަރިން ނިކުމެގެން ދަމުން އަހަންނާ ދިމާއަށް ބަލައިލި އެވެ. ޔަޒީދު އަތުން އަމިއްލަ ބޮލުގެ އިސްތަށިގަނޑު ހާވާލި އެވެ. އޭނާގެ ގަމީހުގެ ދެ ގޮށް އަޅުވާ ކަމަށް ހެދެމުން ތަޅުގައި ހިފައިލި އެވެ.

ޔަޒީދުގެ އިންތިޒާރުގައި ހަބީބު ހުރި ކަން އަހަންނަށް އެނގުނެވެ. އޭނާ ދޮރު ހުޅުވާލި އިރަށް ހަބީބު ދުވެފައި ކަހަލަ ގޮތަކަށް ޔަޒީދު ގާތަށް މަންޒަރު އަހަރެން ދުށީމެވެ. ދެ މީހުން ކޮންމެވެސް ވާހަކައެއް ދެއްކި އެވެ. ދެއްކީ ކޮން ވާހަކައެއްކަން ސާފު ނުވިޔަސް ޔަޒީދު ދައްކާނީ ކޮން ވާހަކައެއް ކަން އަހަންނަށް އެނގެ އެވެ.

އަވަސްއަވަހަށް ޖީންސް، ފައިން ދަމައިގަންނަމުން ލައިގެން ހުރި ހެދުމުގެ ކަރު ކޮނޑާހަމައަށް ފޭކޮށްލީމެވެ. ފެންފުޅި ނަގައި މޭމައްޗާ ދިމާއަށް އަރިކޮށްލީމެވެ. އަތްގޮށްޓަށް ފެން ފޮދެއް ޖަހައިލަމުން މޫނުގައި އުނގުޅައިލީމެވެ. ބޮލުގެ އިސްތަށިތައް މޫނުގައި ތަސްވެފައި ހުންނާނެހެން ހަދައިލީމެވެ.

ހަބީބު ކޮޓަރިއަށް ވަންކަން ޔަގީންވުމާއެކު ދެ ލޯ މަރައިލީމެވެ. މޫނު މައްޗަށް ވަރުބަލިކަމުގެ ކުލަވަރު ފާއްދައިލީމެވެ. ރަޖާގަނޑު ދަށުގައި އޮވެގެން ކުކުރިލަ ކުކުރިލާ އޮތީމެވެ.

"ވަރަށް ބޮޑަށް ތޭންކްސް." ހަބީބު އައިގޮތަށް އައިސް އަހަރެންގެ ގައިގައި އޮޅު ލައިގަތެވެ.

އަހަރެން އަތް ފޮޅުވާލަމުން އޭނާއާ ދުރަށް ޖެހިލީމެވެ. ހަގީގަތުގައި ވެސް އަހަރެން އޭނާ ދެކެ ފޫހިވެއްޖެ އެވެ. ފޫހި އެކަންޏެއް ނޫނެވެ. އެއީ މިހާރު އަހަރެން ދުޝްމަނެކެވެ. އަހަންނަކީ އޭނާގެ ޝިކާރައަކަށް ހެދިފައިވާ ނިކަމެއް ޗަކީމެވެ.

"ވަރަށް ބޮޑަށް ތޭންކްސް." އަނެއްކާ ވެސް ހަބީބު އަހަންނާ ކައިރިވެލި އެވެ.

އަހަރެން ނޫން ކަމަށް ހެދި ފޮޅުވާލީމެވެ. ހަގީގަތުގައި އަހަރެން މި ކުރަނީ އެކެޓެވެ. އެކަން ހަބީބަށް ނޭނގެނީ އެވެ. އެއްގޮތަކީ އަހަރެން މޮޅީ އެވެ. އަނެއް ގޮތަކީ ހަބީބު ފައިސާގެ އަވާގައި ޖެހި ބީތާވީ އެވެ. ތަނެއް ދޮރެއް ވަކި ނުވާވަރަށް އޭނާ ހޭބުއްދި ފިލައިދިޔައީ އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox