Advertisement

ކުޑަގިރި ޕިކްނިކް އައިލެންޑަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

26 މޭ 2022 - 15:17 0

އައިޝަތު ނުޒުހާ

އ

Advertisement

ކުޑަގިރި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފެށުން-- ފޮޓޯ: ސްޓެލްކޯ

ކުޑަގިރި ޕިކްނިކް އައިލެންޑަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

26 މޭ 2022 - 15:17 0

Advertisement

Advertisement

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި އަހަރު ހުޅުވުމަށް ނިންމާފައިވާ ކުޑަގިރީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާ އެވެ. ސްޓެލްކޯއިން ބުނީ އަމާޒަކީ ކަރަންޓު އެޅުމާއި އެ ރަށުގެ މަގުބައްތި ޖެހުމުގެ މަސައްކަތް 15 ދުވަސް ތެރޭގައި ނިންމާލުން ކަމަށެވެ.

Advertisement

ކުޑަގިރިއަށް ކަރަންޓު ދިނުމަށް ޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

Advertisement

ކުޑަގިރި ހިއްކައި، ޕިކްނިކް އައިލެންޑް ހަދަން ހަވާލުކޮށްފި

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއަށް، ފަސް މަސް ތެރޭގައި ނިންމާ ގޮތަށް. މި މަޝްރޫއުގެ ދަށުން ކުޑަގިރި ފަޅުގައި ޕިކްނިކް ދާން ހާއްސަ ވަސީލަތްތައް ހިމެނޭ 8 ހެކްޓަރުގެ ރަށަކާއި ފިނޮޅު ސްޓައިލަށް 1.5 ހެކްޓަރުގެ ރަށެއް ހިއްކާނެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.

ނައިބު ރައީސް ކުޑަގިރީގައި-- ފޮޓޯ: ރައީސް އޮފީސް

ކުޑަގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެޗްޑީސީން އެ ރަށުގައި ހަދަން ހަމަޖެހިފައިވާ ކޮޓަރިތަކުގެ ބިންގާ އަޅުއްވައި ދެއްވާފަ އެވެ. އަދި ގަހެއް ވެސް އިންދަވާފަ އެވެ.