ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ހަތް ވަނަ ބަޔާ ގުޅޭ

"ރީމާ!" ހަމްދާނު ހިތުގައި ޖެހުނެވެ.

ހަމަ ރަނގަޅަށް ވެސް ރީމާއަށް ރޮވިއްޖެ އެވެ. އޭނާ އުޅުނީ ކަރުނަތައް ސިއްރު ކުރާށެވެ. މޫނުމަތީގެ ކުލަވަރު ބަދަލުކުރާށެވެ. ނޫން ކަމަށް ހެދޭށެވެ. ނަމަވެސް، ރީމާއަށް ހަމްދާނުގެ މޫނަށް ބަލައިލެވުނެވެ. ރީމާގެ ތުންފަތުގައި ހިމަ ހިނިތުންވުމެއް ކުރަހައިލަމުން މޭޒު މަތީގައި އަތް ބާއްވާލި އެވެ. ހަމްދާނުގެ ހިތުގެ އައްސޭރިއަށް ބީއްސަމުންދިޔަ ރާޅު ތަކުގައި ނޭނގޭ ދިރުމެއް އުފެދެމުން ދިޔަ އެވެ. ނޭނގޭ ބާރެއް އެ ރާޅުތަކުގެ ތެރެއަށް ވަންނަމުން ދިޔަ އެވެ. އެ ރާޅުގެ ބާނިތައް އޭނާގެ ހިތާއި މެޔަށް ތޫނު ހަންޖަރުތަކެއް ފަދައިން ހަމަލާ ދެމުން ދިޔަ އެވެ. އޭނާ އަތް ބާއްވާލީ މޭޒުމަތީގައި އޮތް ރީމާގެ ކަނާއަތުގަ އެވެ.

"މި އަތުގެ މި ހިމަ ހޯލި ކޮޅެއް ފަދަ އިނގިލިތަކުގައި ހުރީ ލެޔާއި މަހާއި ނާރާއި ކަށިތައް،" ހަމްދާނު ގަދަކަމުން ހިންދިރުވަމުން ބުނެލި އެވެ. "ރީތީގެ ރާނީންނާއި ޝާހުޒާދާއިންގެ އިނގިލިތަކުގައި ވެސް ހުންނާނީ ހަމަ އެއް އެއްޗެއް."

ހަމްދާނުގެ ވާހަކައިގެ އޮއިވަރާއެކު ރީމާގެ ވިސްނުމާއި އޭނާގެ އިހުސާސްތައް ވެސް ދިޔައީ އޮޔާލަމުންނެވެ. ފާޑަކަށް ނޭނގޭ ގޮތްތަކެއްވެ މީހާގެ ވިސްނުން މުޅިން އެހެން ދިމާއަކަށް ދީލެމުންނެވެ.

"ރީމާއަށް ދެއްވި ސިފައަކީ ރީމާގެ މިލްކެއް. އެއީ އެހެން މީހުންގެ ނެތް ހުރިހާ ރީތިކަމެއް އެކުލެވޭ ސިފައެއް. އެހެން މީހުންގެ ނެތް ތަފާތުތަކެއް ހިމެނޭ ސިފައެއް." ހަމްދާނު ހިންދިރުވާލަމުން ރީމާގެ އިނގިލިތަކުގައި ހިފައި ބާރުކޮށްލި އެވެ.

ރީމާގެ ވިސްނުން އެގޮތް މިގޮތަށް ބަދަލުވަމުން ދިޔަ އެވެ. ވަޔާއެކު ހެލެމުންދާ ފަތްކޯޅިއެއް ފަދައިންނެވެ. ހަމްދާނުގެ ފިރުމުންތަކާއެކު އޭނާގެ ނާރުތަކަށް ކަރަންޓު އަންނަ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔަ އެވެ. އޭނާގެ ހިތުގައި ނިވިފައިވާ ހުރިހާ ބޮކިތަކެއް އެކުގައި ދިއްލެމުންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔަ އެވެ. އެންމެ ބޮތްކެއް ނޫނެވެ. އެތައް ހާސް ބޮތްކެވެ. އެކި ކުލަކުލައިގެ އެކި ފަރުމާތަކުގެ ބޮކިތަކެވެ. ހަމްދާނުގެ ކޮންމެ ލަފުޒެއް ކޮންމެ ޖުމުލައެއް ސީދާ ގޮސް ވަންނަނީ ރީމާގެ ހިތަށެވެ. އެއިން ކޮންމެ ފަހަރަކު އައު ބޮތްކެއް ދިއްލޭ ކަމުގެ އިހުސާސް ރީމާއަށް ކުރެވެމުން ދިޔަ އެވެ. މިގޮތަށް އެތައް ބޮތްކެއް މިހާރު ދިއްލިއްޖެ އެވެ. މި ހުރިހާ ބޮކިތަކެއްގެ ކުލައާއެކު އެތައް ހަނދާނެއް އާވަމުން ދިޔަ އެވެ. އެ ހުރިހާ ހަނދާންތަކެއް ރައްކާވެ ގަޓަރިޖެހި ބަނދެވެމުން ދިޔައީ އޭނާ ސިކުނޑީގައި ހަމްދާނަށް ޓަކައި ހާއްސަ ކުރެވިފައިވާ މަކާނުގެ ތެރޭގަ އެވެ.

"ރީތި ކަމަކީ ވަރަށް ތަފާތު އެއްޗެއް. ރީތިކަމަކީ އޭގައި ފިތުރީ ގޮވުމެއް އެކުލެވޭ ކޮންމެ އެއްޗެއް. ކޮންމެ ކަމެއް. ކޮންމެ ތަނެއް. ރީމާއަކީ ވެސް ރީތި ފުރިހަމަ ކުއްޖެއް. ޗާލު މަލެއް. ހުވަނދުމަލަކަށްވުރެ ހުދު، ބޮކަރު މަލަކަށްވުރެ މީރު ވަސް އެކުލެވޭ ފުރިހަމަ މަލެއް،" ހަމްދާނު އަޑު ބެދުނެވެ. "މަލުގެ ރީތިކަން ފެންނާނީ މާ ފަރިވެ ފޮޅެމުންދާ ވަގުތު. ގަސްތަކެއް ތަނެއްގައި އިންދިޔަސް އަދި އެއީ ބަގީޗާއަކަށް ނުވާނެ. ގަހެއްގައި މާތަކެއް ފަރިވެ ފޮޅުނަސް އަދި އެއިން ހާއުފާކަމެއް ގެނުވައި ނުދޭނެ."

"މާނައަކީ؟" ރީމާއަށް ބޭއިހުތިޔާރުގައި އަހައިލި އެވެ.

"ޖަވާހިރު ޖަވާހިރަކަށްވާނީ، ކަފައި، ގާނާ ބައްޓަން ގެނެސް އެއަށް ކުލަވަރު ގެނައީމައެއް ނޫންތަ؟ ކުކުޅެއް ފައިން ހާވަނިކޮށް ޖަވާހިރެއް ފެނުނަސް އެ ކުކުޅަކަށް ނޭނގޭނެދޯ އެއީ ޖަވާހިރެއް ކަމެއް. އަދި އެއީ ކަފައި ގާނާ ބައްޓަން ގެނެސް އޮތް ޖަވާހިރެއް ނަމަވެސް،" ހަމްދާން ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "އަދި އެނގޭތަ؟ ގޮނޑެއްގައި ޖަވާހިރެއް އޮތަސް، އެ ގޮނޑު ބަލަހައްޓާ މީހާއަށް އެ ނުފެންނަހާ ހިނދެއްގައި އެ އޮންނާނީ ކުނިގަނޑެއްގެ ގޮތުގައި ދޯ."

"ނޫންކަމަށް ހެދިގެން އިނދެ އަހަންނަށް މަލާމަތް ކުރަނީތަ؟ ނޫނީ ރީތި ގޮތުގައި ބަވަނީތަ؟"

ހަމްދާން ބަލައިލީ ސީދާ ރީމާގެ މޫނަށެވެ. ހަމްދާނު ނޭވާ ހިފަހައްޓައިލި އެވެ. ކަޅި ޖަހައި ނުލައި ސީދާ ރީމާގެ މޫނަށް ބަލަން އިނީ އެވެ. ބުނަން އުޅުނު ވާހަކަ ވެސް އަރުތެރޭގައި ތާށިވީ ކަން ނޭނގެ އެވެ. ނޫނެކެވެ. ރީމާގެ ލަފުޒުތައް އޭނާއަށް ހުރަސް އެޅީ އެވެ. އެ ލަފުޒުތަކުން ހަމްދާނުގެ ހިތް ފަޅިފަޅި ކޮށްލީ އެވެ. އޭނާ ދައްކަން އުޅުނު ވާހަކަ ރީމާއަށް ގޯސްކޮށް ތަރުޖަމާ ކުރެވުނީ އެވެ.

އެކަން ހަމްދާނަށް ކަށަވަރު ކުރެވުނީ އޭނާގެ އަތު ތެރޭގައި އޮތް ރީމާގެ އަތް ދަމައިގަތުމުންނެވެ. އެއާއެކު ހަމްދާނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުއްލި ހައިރާންކަމެކެވެ.

"ރީ ޕްލީޒް އަޑުއަހާބަލަ! އަދި އަހަރެން ބުނަން އުޅުނު ވާހަކަ ނުވެސް ނިމޭ."

"ނިމޭއިރު އޮންނާނީ ހަތަރެސްކަނަށް ބުޅާވަދެ މަ ފަކީރު ވަށައި ކަރުނަ ހެދިފަ ކަން ނޭނގެ. އަހަރެން..." ރީމާ ތެދުވަން ގޮނޑިގައި އަތް ޖައްސާލި އެވެ.

އެކަން ހަމްދާނަށް އެނގުމުން އޭނާ އިޝާރާތުން މަޑުކުރާން ބުނެލި އެވެ. ދެ ފަހަރަކު އެ ހަރަކާތް ތަކުރާރުކޮށްލި އެވެ.

"ގަބޫލުކުރަން އަހަރެން ފެށި ވާހަކައިން ރީމާއަށް ގޯސްކޮށް މާނަކުރުމުގެ ފުރުސަތު އެބަ އޮތްކަން. އެކަމަށް ދެ ބަހެއް ނުވަން، އެކަމަށް އިންކާރެއް ނުކުރަން. ނިކަން އަހަރެން މި ދައްކާ ވާހަކަ ކަނުލައި އަޑު އަހައިލަދީބަލަ." ހަމްދާނު އާދޭހުގެ ރާގުގައި ބުނެލި އެވެ.

ރީމާ ތުނބަށް ގޮތެއް ހަދައިލަމުން ފޫހިވެއްޖެ ކަމުގެ އިހުސާސްތައް މޫނުމަތިން ފާއްދައިލި އެވެ.

"އަހަރެން ބުނަން އުޅުނީ ރީމާއަކީ ރީތި ފުރިހަމަ ކުއްޖެކޭ. އެކަމަކު ރީމާގެ ރީތިކަން ރީމާ ތި ހުންނަނީ ވަންހަނާ ކޮށްގެންނޭ. އެކަން ފޮރުވައިގެންނޭ. ރީމާ މިހާރު ވެސް އަހަރެން ބުނާ ގޮތަށް ކަންތައްތައް ބަދަލުކޮށްލަން އެއްބަސްވޭ. އަހަރެން މި ދައްކަނީ ކިހާ ވަރެއްގެ ތެދެއްކަން މާދަމާ އެކަނި ވެސް ރީމާއަށް އިހުސާސްކުރެވޭނެ. ވަޒަންކުރެވޭނެ."

ރީމާ ފުން ނަޒަރަކުން ހަމްދާނުގެ މޫނަށް ބަލައިލި އެވެ.

"ބަދަލުގައި އޮތީ މަލާމާތާއި ފުރައްސާރަތަ؟"

މާނަ ފުން ނަޒަރަކުން ހަމްދާނު ރީމާއަށް ބަލައިލަމުން ބޯ ހޫރައިލި އެވެ. ތުންފަތަށް ބާރުކޮށްލަމުން ދެ ފަހަރަކު ބޯ ހަރަކާތްކޮށްލި އެވެ.

"ރީމާއަށް ލިބޭ ކޮންމެ ބަދު ބަހަކަށް އަހަރެން ޒިންމާ އުފުލާނަން. ކޮންމެ ޝަރަފަކާއި ތައުރީފެއް ރީމާއަށް. އެއްބަސްތަ؟" ހަމްދާނު ދިއްކޮށްލީ އޭނާގެ ކަނާތެވެ.

ރީމާ ހިފީ ހަމްދާނުގެ އަތުގަ އެވެ. އެއާއެކު ދެ މީހުން ހިނިތުންވެލި އެވެ. ކޮޅަށް ތެދުވެ ހިނގައިގަތެވެ. ރީމާ ހީވީ ޗާބީ ދީފައި ދޫކޮށްލި ބުދެއް ހެންނެވެ. ހަމްދާނުގެ ކޮންމެ ހަރަކާތަކަށް، ކޮންމެ އިޝާރާތަކަށް ރީމާ ލެނބެމުން ބަދަލުވަމުން ދިޔަ އެވެ.

"ފުރުސަތަށް ކާންދީ، ޝަކުވާތައް ބަނޑަށް ޖައްސާ. މީހުންގެ ލޮލާއި ދުލަށް ވެއްޓި އެކަމަށް ބަރޯސާވެގެން މުޅި އުމުރު ހުސްކޮށްލުމީ ފިނޑިކަމެއް." ސައިކަލް ސްޓާޓުކޮށްލަމުން ހަމްދާނު ބުނެލި އެވެ.

"އެކަމަކު!" ރީމާ ޖެހިލުންވަމުން ދިޔަ އެވެ.

"އަހަންނަށް ލަގަންދީ! އަސް ދުއްވާނީ އަހަރެން! ރީމާ އިނދޭ ބަގީޗާ ތެރެ ބަލަން." ޖެހިގެން އޮތް ގޯޅި އަޅައިލަމުން ހަމްދާނު ބުނެލި އެވެ.

"ބޭނުންވަނީ ބަދަލުކޮށްލަން. ރީތިކަން ފެންނާނެ ގޮތަށް މުޅި މީހާ ބަދަލުކޮށްލަދީ. އެ ޓްރެންޑެއްގެ އައުޓްފިޓް، އަދި އެންމެ ގުޅޭ ގަހަނާ ވެސް ނަގާ. މިކޮޅުން ލިބޭނެތީ މިތަނަށް މިއައީ ވެސް. ދެން ނަދާ ސިސް ތާ ދޯ. ބެސްޓް އޮފް ބެސްޓު ވިއްޔާ ދޯ!" މާލޭގައި އަލަށް ހުޅުވި އެންމެ މަގުބޫލު ބިއުޓީ ޝޮޕުގެ އެންމެ އިސްފަރާތް ކަމުގައިވާ ނަދާއާ ވާހަކަ ދެއްކީ ސީދާ ހަމްދާނެވެ.

ނަދާ ފުން ނަޒަރަކުން ބަލައިލީ ސީދާ ރީމާ އަށެވެ. އޭނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލި އެވެ. ނަދާއަށް ފެނުނީ ކަޅުކުލައިގެ ފޮތި ފޭއްޔެއް ފަދަ ރީމާއެއް ނޫނެވެ. ފޭރު ގަހަށް ތިރިކުރާ ވާލު ފަހަށް ގަހުގައި ނަގައިފައި ހުންނަ "ވާ ފައްސި"އެއް ވެސް ނޫނެވެ. ބުރުގާގައި ކަންނެތް ގޮށެއް ޖަހައިގެން ހުރި ރީމާއެއް ނޫނެވެ.

"މާޝާﷲ، މޮޑެލްއެއްނު! އަހަރެން ވަރަށް ގަޔާ ވެއްޖެ މިކަހަލަ ރީތި ކުއްޖަކު ފެނުނީމަ. އޯ މައިގޯޑު. މި އޮތް ރީތި ކުއްޖާ ކޮންތާކު ހުރިހާ ދުވަހު ތި އުޅުނީ؟ ކީއްވެ ރީތިކަމުގެ ބޭނުން ނުހިފީ." ނަދާ ހިފައިލީ ރީމާގެ ދަތްދޮޅީގަ އެވެ.

ރީމާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އޭނާއަށް މި ހުރިހާ ދުވަހު އިވުނީ މީހުންގެ މަލާމަތާއި ފުރައްސާރަ އެވެ. މީހުންގެ ކުދި ކިޔުމާއި ފާޑު ކިޔުންތަކެވެ. އޭނާއަށް އުޅެން ޖެހުނީ އެ ހުރިހާ ފާޑު ކިޔުންތަކަކުން އަރައި ނުގަނެވިގެންނެވެ. ނަދާގެ އެ ތައުރީފުތަކުން ރީމާގެ ހިތް ފުރުނު ކަހަލަ އެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތް ބަދަލުވާން ފެށި އެވެ. އޭނާ ހީކުރަމުން ދިޔައީ ނަދާ ވެސް އެހެން މީހުންނެކޭ އެއްފަދައިން އޭނާއަށް މަލާމަތްކޮށް ފުރައްސާރަ ކުރަނީ ކަމަށެވެ.

"ވަރަށް ރަނގަޅު ޗޮއިސްއެއް. ރީތި ކުއްޖެއް. ހަމްދާނަށް ހަމަ ބެސްޓް ފިޓެއް." ނަދާ ހީނލަމުން ހަމްދާނަށް ބަލައިލި އެވެ.

"ތޭންކްސް. އެކަމަކު މި އަދި އެކަހަލަ ކަމެއް ނޫން ދޯ ރީމާ." ހަމްދާނު ހީނލި އެވެ.

ރީމާ ގެންގޮސް ގޮނޑީގައި ބޭންދި އެވެ. ހަމްދާނު ބަލައިލީ ސީދާ ރީމާގެ މޫނަށެވެ.

"އޯކޭތަ ފޮޓޯއެއް ނެގިޔަސް. އިރުކޮޅެއް ފަހުން ތިޔަ ސޫރަ ގެއްލޭނެ. ދެން އަހަރުމެންނަށް ފެންނާނީ މުޅީން އެހެން ރީމާއެއް. އެހައި ހިސާބުން ދެން މިހާރު ފެންނަ ރީމާ ގެއްލޭނެ. އެހެންވެ." ހަމްދާނު ހިނިތުންވެލި އެވެ.

ރީމާ ވެސް ބަދަލުގައި ހިނިތުންވެލި އެވެ. ހަމްދާނު ފޮޓޯ ނަގަން ފޯނު ދިއްކޮށްލުމާއެކު އޭނާގެ ބުރުގާގެ ދޮޅިއަށް ބާރުކޮށްލި އެވެ. އެއާއެކު ކުރިން ހުރިގޮތަށް ވުރެ ބޮޑަށް ބުރުގާ މޫނު މައްޗަށް ސޮހުނެވެ. އޭނާގެ ނިތްމަތި ބުރުގާއިން ފޮރުވުނެވެ. މޫނުގެ ދެ ފަރާތަށް ބުރުގާ ތިރިވެ ބުރުގާއިން ރާޅު ބާންޏެއް އުފައްދައިލި އެވެ.

"އަހަރެން އަންނާނަން އިރުކޮޅަކުން އިނގޭ ސިސް. ސިސްއަށް އެންމެ ކަމުދާ ލުކެއް ގެނައީމަ ރަނގަޅުވާނެ." ހަމްދާނު ބޭރަން ނުކުންނަން ހިނގައިގަތެވެ.

"ޓެންގަ އާދޭ، ނަގާނެ ޓޫ އަވާސް ވަރު." ނަދާ ހިނިތުންވެލި އެވެ.

ހަމްދާނު ދިޔުމުން ނަދާ ބަލައިލީ ސީދާ ރީމާގެ މޫނަށެވެ. ރީމާގެ ބޮލުގައި އޮތް ބުރުގާގައި ނަދާ ހިފައިލި އެވެ. ރީމާ ގޮތެއް ހަދައިލި އެވެ. ނަދާ ބޯހޫރައިލި އެވެ. ރީމާ ދެކޮޅެއް ނުހެދި އެވެ.

"ހަމަޖެހިލާ! ހިތަށް އަރުވާ އަހަރެން މިރޭ މި ކުލަ ޖައްސައިދޭން އުޅެނީ ރީމާގެ މުސްތަގުބަލުގައޭ. އަހަންނަށް އިތުބާރުކޮށްފަ ދެ ކޮޅު ނުހަދާ!" ނަދާ ފުން ނަޒަރަކުން ރީމާގެ މޫނަށް ބަލައިލި އެވެ. "އަހަންނަކީ މި މަސައްކަތްކޮށް މިކަމުގައި މުޅި އުމުރު ހޭދަކުރާ މީހެއް. ދުވަހަކު ވެސް ރީމާ ކަހަލަ ރީތި ކުއްޖެއް ނުދެކެން. މިހާ ފުރިހަމަ ކަޅިރަވައެއް މިހާ ރީތި ބޮޑީއެއް ނުދެކެން. އެކަމަކު މިހުރިހާ ބިއުޓީއެއް ރީމާ ތި ހުރީ ފޮރުވައިގެން."

ނަދާ ފުންކޮށް ބަލައިލީ ސީދާ ރީމާގެ މޫނަށެވެ. އެ ބަލައިލުމުން އެތައް ކަމެއް އަންގައިދެމުން ދިޔަ އެވެ.

"މި ދޮރުން މިރޭ ރީމާ ނުކުމެގެން ގޮސް އަދި އަހަންނާ ބަދަލުކުރާން އަންނާނެ. އެކަން ޔަގީން. މިރޭ އަހަރެން މި ބުނި ހުރިހާ ވާހަކައެއް ރީމާގެ ދުލުން ތަކުރާރު ކުރާނެ. އަހަރެން ބުނާ ކޮންމެ އެއްޗެއްގައި ބާރެއް، އަގެއް ހުންނާނެ. ރީމާއަށް އަދި އަހަރެން ނޭނގިދާނެ. ކޮންމެވެސް ކަމެއް ވީމަ ބޭރު މީހުންނަށް ތަން ދޫކޮށް ނުލާ ސީދާ އަހަރެން ކަސްޓަމަރުންނާ މި ޑީލް ކުރަނީ."

ރީމާ ގޮނޑީގައި ބާއްވާލަމުން ނަދާ ލައްކަ ވާހަކަ ދައްކަމުން ދިޔަ އެވެ. އޭނާގެ ތަޖުރިބާތަކާއި އޭނާގެ ދިރިއުޅުމުގައި ކުލައިގެ މުހިއްމު ކަމުގެ ވާހަކަ އެވެ. ހަންގަނޑަށް ބޭނުންވާ ކާނާގެ ވާހަކަ އެވެ. ދިވެހިން އަމިއްލަ ހަންގަނޑަށް އަޅައިނުލައި އުޅޭ ވާހަކަ އެވެ.

"ތެދުވެލާ!"

ރީމާ ބަލައިލީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރަ އެވެ. ކޮޅަށް ޖަހައިލާ ތުވާލީގެ ތެރެއަށް އޮޅައިލެވިފައިވާ އޭނާގެ އިސްތަށިގަނޑާއެކު މޫނު ފެނުމުން ކުރެވެމުން ދިޔައީ މުޅީން ތަފާތު އިހުސާސެކެވެ. އޭނާއަށް އަމިއްލަ މޫނުގައި އަތް ޖައްސާލެވުނެވެ. ހީވަނީ މޮޑެލެއްގެ މޫނު ހެންނެވެ. އޭނާއަށް ދެތިން ފަހަރު އެސްފިޔަ ޖަހައިލެވުނެވެ. ލޯގަނޑުން ފެންނަނީ ހަގީގަތުގައި ވެސް އޭނާ ތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ.

"ކޮބާ! އަހަރެން ބުނި ވާހަކައިގެ ތެދުކަން މިހާރު އެބަ ފެނޭ ދޯ؟" ނަދާ ހިނިތުންވެލަމުން ރީމާއަށް ބަލައިލި އެވެ.

ބަދަލުގައި ރީމާ ތުންފަތަށް ބާރުކޮށްލަމުން ހިނިތުންވެލި އެވެ. ނަމަވެސް އެ ހިނިތުންވުމުގައި އުފާވެރިކަމެއް ނެތެވެ. ފެންނަނީ ހައިރާންކަމެވެ. ސުވާލުތަކެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox