ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

އެގާރަ ވަނަ ބަޔާ ގުޅޭ

އަޑު މަޑުވެ ތަނަށް ހިމޭންކަން ވެރިވި އެވެ. ކުއްލިއަކަށް މުޅިތަން ހިމޭންވީ އެވެ. ހީވީ ވާންކޮށް ބާރުކޮށްފައިވާ ރޮއްޖެއް ކަނޑައިލިހެންނެވެ. ވިލާގަނޑުގެ އަސަރު ކެނޑުނީހެންނެވެ. ނަމަވެސް ޖައްވާއި ފަޒާއަށް ވެރިވި ތެތްކަން އެ ގޮތުގައި އޮތީ އެވެ. ހަމްދާނަށް ކުރެވުނީ ހޫނުކަމުގެ ތެތްކަމުގެ އިހުސާސެވެ. އޭނާ އޮތީ ވަރުބަލިވެފަ އެވެ. ހަކަތަ ހުސްވެ ދެމިފަ އެވެ. ތުންފަތް އޫކޮށްލަމުން ދެތިން ފަހަރު ހަށި ފުރައި ނޭވާއެއް ބޭރުކޮށްލި އެވެ. އޭނާގެ އޮމާން މޭމަތީގައި އޮތީ ރަންދާގެ ކަޅު އިސްތަށި ގަނޑެވެ. ރަންދާގެ މޫނުމަތިން ފެވިފައިވާ ޖަންބުކުލައިގެ އަސަރު ދިޔައީ ފަނޑުވަމުންނެވެ. އޭނާގެ ތުންފަތުގައި ދުވަމުން ދަނީ ވިހަ ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑީގައި ވަނީ މުޅީން ހިޔާލެކެވެ. ކާމިޔާބީއެއްގެ ވަސް ރަންދާގެ ނޭވާތަކުން ދުވަމުން ދިޔަ ކަހަލަ އެވެ.

"ކެޔޮގަނޑު ކަނޑައިލީމާ ގަހުގެ ދެން ބޭނުމެއް ނޯންނާނެޔޭ. އެ ބުނަނީ ކީކޭތަ؟" ހިމޭންކަން ފޫދުއްވާލީ ރަންދާގެ މަޑުމައިތިރި އަޑުންނެވެ.

"ކިހިނެއްވީ؟ ރަން އެކަހަލަ ވާހަކަ ވެސް ދައްކަންތަ؟" ހަމްދާނު ފުން ނޭވާއެއް ބޭރުކޮށްލަމުން ރަންދާގެ އިސްތަށިގަނޑާ ކުޅެލި އެވެ.

"ރައްޓެހިން ވަރަށް ގިނައިން ކިޔާއެއްޗެއް." ރަންދާ ބުނެލި އެވެ.

"ކޮބާ؟" ހަމްދާނު އަހައިލި އެވެ.

"ކެޔޮގަނޑު ކަނޑައިލަން ފުރުސަތު ނުދޭށޭ. ގަހުގެ ބޭނުން ގެއްލޭނޭ." ރަންދާ ނޭނގޭ ކަމަށް ހެދެމުން ބުނެލި އެވެ.

"ރަން އަށް ނޭނގޭތަ އެ ބުނަނީ ކީކޭކަން؟" ހަމްދާނުގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލި އެވެ.

"މި ކުރެވުނީ އެ ކަހަލަ ކަމެއްތަ؟" ރަންދާ އަހައިލި އެވެ.

"އަހަރެން ކެނޑީ ކެޔޮގަނޑެއްތަ؟" ހަމްދާނު ހީނލި އެވެ.

"ނޫންތަ؟" ރަންދާ ވެސް ހޭން ފެށީ އެވެ.

"ކަށިކެޔޮތަ؟ ނޫނީ ދޮން ކެޔޮތަ؟ ސައްކެޔޮތަ؟"

"ތިއެއް އެނގޭނީ ކެނޑި މީހަކަށް ދޯ." ރަންދާގެ ކަނާއަތުގެ ހޯލި އިނގިލިތައް މަހައިލީ ހަމްދާނުގެ އިނގިލިތަކުގެ ތެރެއަށެވެ.

"މޮޅު ރަތް ކެޔޮގަނޑެއް. ދޮންވެ ފައްކާވެފައިވާ މަތީ ގިންތީގެ މޮޅު ކެޔޮގަނޑެއް." ހަމްދާނު ތައުރީފުކުރަމުން ދިޔައީ ސީދާ ރަންދާ އަށެވެ.

"ހިނގާ މޫދަށް." ރަންދާ ހިނިތުންވެލި އެވެ.

"ބިލިގާ އޯކޭތަ؟" ހަމްދާނު ހިޔާލެއް ދިނެވެ.

އަނެއްކާ އަނެއް ރޯޅީގެ ވައި އިމާރާތުގެ ވަށައިގެން އަޅުވާލި ކަހަލަ އެވެ. ރާންރާން އަރުވާލުމާއެކު އިމާރާތަށް ގުޑުން ގެންނަމުން ދިޔަ އެވެ. ފަޒާގެ ތެތްކަމާއި ފިނިކަން ދިޔައީ ގަދަވަމުންނެވެ. ރަންދާއަށް ބަލައިލެވުނީ ހަމްދާނަށެވެ. ގުގުރުމާއެކު ވިދައިލާ ކޮންމެ ވިދުން ކަންޏަކާއެކު ރަންދާގެ ހިތުގައި ކުރެހެމުން ދަނީ ބިރުވެރިކަމުގެ މަންޒަރެވެ. ނަމަވެސް ހަމްދާނު ލޭ ހޫނުވަމުން ދަނީ އެވެ. އެންމެ ފަހުން ހަމްދާނު ތެދުވި އެވެ. ރަންދާގެ އަތުގައި ހިފައިގެންނެވެ. އޭނާގެ މިސްރާބުހުރީ ފާހާނާއަށެވެ.

މުޅީން އައު ދުވަހެކެވެ. އުޑުމަތި ސާފު ހޫނު ގަދަ ދުވަހެކެވެ. ހަމްދާނު އިނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެ ތަނުގައިވާ ގޮނޑީއެއްގައި އިށީނދެލައިގެންނެވެ. އިރުއިރުކޮޅާ އޭނާ ފޯނަށް ބަލައިލަ އެވެ. ކޮންމެވެސް ނަންބަރަކަށް ގުޅައިލަ އެވެ. ނަމަވެސް އެ ފޯނަށް ޖަވާބެއް ނުލިބެ އެވެ. ހަމްދާނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔަ އެވެ. އޭނާގެ ހާސްކަން އިތުރުވަމުން ދިޔަ އެވެ.

ކުއްލިއަކަށް އޭނާއަށް ފޯނެއް އައެވެ. ހަމްދާން ބަލައިލީ ސްކުރީނުން ފެންނަމުންދާ ނަންބަރަށެވެ. އެއީ އޭނާ ދަންނަ ނަންބަރެއް ނޫނެވެ. އެހެންވެ ނަގަން ނުނަގަން އިނދެ ފޯނު ނެގި އެވެ.

"މި ޝަރޭއޭ." ފޯނު ނެގުމާއެކު ޖަވާބު ލިބުނެވެ.

"އާނ! ހާދަ ދުވަސްކޮށްލައިފަ. ކިހިނެއްވީ؟" ހަމްދާނު ބުނެލި އެވެ.

"މަ ބުނާ ތަނަކަށް ޖައްސައިލަދެވިދާނެތަ؟ ހިނގައިފަތަ؟ ހިނގައިފަ އުޅެންޏާ މަ ހިނގައިދާނަށް ނަގަން. ކޮންތާކު ތި ހުރީ؟" ޝަރުވާނު ބުނެލި އެވެ.

"އަހަރެން ހިނގައިދާނަން. ދާންވީ ތަން ބުނެލާ. އަނެއްކާ ކިހިނެއްވީ؟ މާ އާޖެންޓް ކަމެއް ދިމާވީތަ؟" ހަމްދާނުގެ ނިތަށް ދެތިން ރޫ އެރި އެވެ.

ހަމްދާނުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ދައުރުކުރަމުން ދިޔަ އެވެ. އޭނާގެ ހިތުގައި ފާޑެއްގެ ވަހުމުތަކެއް އުފެދިގެން ދިޔަ އެވެ. އެ ވަހުމުތަކާއެކު މުޅި މީހާގެ ގައިން ހީނބިހި ނަގައިގަތެވެ. ހަމްދާނު މަޑުމަޑުން ކޮޅަށް ތެދުވި އެވެ. އޭނާ އުޅުނީ ޝަރުވާނު ބުނި ތަނަށް ދާށެވެ. އެއީ ކުރިން އޭނާ މާލޭގައި އުޅުނު ހިސާބުގައި ހުންނަ ކުލީ ކޮޓަރިއެކެވެ. ޝަރުވާނު ދިން ނަންބަރު އޭނާއަށް ދެފަހަރަކު ކިޔައިލެވުނެވެ.

ހަމްދާނުގެ ދެ ފަހަރަކު ފޯނު ރަނގަބީލުވާހެން ހީވި އެވެ. އެހެންވެ އޭނާގެ ސައިކަލުގެ ދުވެލި މަޑުކޮށްލި ނަމަވެސް، ފަހަތުގައި ހުރި ވެހިކަލްތައް ފެނުމުން އޭނާ ގަސްތުކުރީ ބުރިޖުން ފޭބުމަށްފަހު އެ ނަންބަރަށް ގުޅާށެވެ.

"ގުޅައިލަފަ އޮތީމަ؟" ހަމްދާނު ގުޅީ ކުރިން އޭނާއަށް ގުޅި ނަންބަރަށެވެ.

"މީ ނަޒީއޭ. ދެންމެ މާލެ މިއައީ." ވާހަކަ ދެއްކީ އޭނާއަށް ޓަކައި މަރުދެމުން ދިޔަ ނަޒީހާ އެވެ.

"އޯހް. ނުވެސް އަންގައިލާ ދޯ." ހަމްދާނު ބުނެލި އެވެ.

"އާދެވިދާނެތަ؟"

ހަމްދާނުގެ ހިޔާލު ދެ ކަފިވި އެވެ. އޭނާ ދަތުރުފެށީ ޝަރުވާނު ބުނެގެންނެވެ. ނަމަވެސް ނަޒީހާ އެ ދިނީ ދައުވަތެކެވެ. އެ ދައުވަތުގެ ފަހަތުގައި އޮތީ ކޮން ކަމެއްކަން ހަމަ ރަނގަޅަށް ވެސް ހަމްދާނަށް އެނގެ އެވެ. އޭނާއަށް އިސްކުރެވުނީ ދައުވަތުގެ ޖަވާބެވެ. ހަމްދާނު މިސްރާބު ޖެހީ ނަޒީހާގެ ގެއާ ދިމާ އަށެވެ.

ނަޒީހާ ހުރީ ހަމްދާނުގެ އިންތިޒާރުގައި އެޕާޓުމަންޓްގެ ދޮރު ހުޅުވާލައިގެންނެވެ. ހަމަ ހަމްދާން ފެނުމާއެކު އޭނާ ގޮސް ހަމްދާނުގެ ގައިގައި ބައްދާގަތެވެ. ހަމްދާނު ވެސް ނަޒީހާގެ ގައިގައި އޮޅުލައިގަތެވެ. އެހައި ހިސާބުން ދުނިޔޭގެ ކުލަތަކާއި އަޑުތަކަށް ދެމީހުންނަށް ބީރުވި ކަހަލަ އެވެ. މުޅީން އެހެން ދުނިޔެއަށް ދެމީހުން ދަތުރުކުރާން ފެށި އެވެ.

އިރުކޮޅެއް ފަހެވެ. ހަމްދާނު ފާހާނާއިން ނުކުތީ ތުވާލިން ބޮލުގައި ހުރި ފެންތައް ފޮހެމުންނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. އޭނާ ފާހާނާއިން ނުކުމެ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ލާނެތް ގޮތަކަށް ބަލައިލީ ނަޒީހާގެ މޫނަށެވެ. ނަޒީހާ އޮތީ ކުއިލްޓް ދަށަށް ވަދެ ފިލައިގެންނެވެ. ފެންނަނީ ހަމައެކަނި ނަޒީހާގެ މޫނެވެ.

"ފިލަނީތަ ނޫނީ ފޮރުވަނީތަ؟" ހަމްދާނު ލާނެތް ރާގެއްގައި ބުނެލި އެވެ.

"ތި އުޅެނީއެއްނު އިޝްތިހާރު ކޮށްގެން." ނަޒީހާ ފުން ނަޒަރަކުން ބަލައިލީ ހަމްދާނަށެވެ. އޭނާގެ ފައިން ފެށިގެން މޫނަށެވެ.

"ކޮބާ މައްސަލައަކީ؟"

"ނެތް؟ ސަޅީ ހަމަ. އަދިވެސް އަލާ ނުކެނޑެނީ ތޯއްޗެއް." ނަޒީހާ ތުއި ރާގެއްގައި ބުނެލި އެވެ.

"އާނ! ތިން މަހުގެ ހުސްކަން ދޯ." ހަމްދާނު ހީނލި އެވެ.

"މީހަކު ވަރަށް ގުޅާއެބަ. ކާކު މި ގަޑީ." ނަޒީހާ ބުނެލި އެވެ.

"ކާކު؟" ހަމްދާނުގެ ހަރަކާތްތައް އަވަސްވި އެވެ.

ހަމްދާނުގެ އަތުގައި އޮތް ތުވާލި އެއްލީ ނަޒީހާއާ ދިމާ އަށެވެ. އޭނާ އެނދުގައި އިށީނީ ފޯނަށް ބަލަމުންނެވެ. ސްކުރީނު ހުޅުވާލުމަށްފަހު އޭނާ ބަލައިލީ ގުޅީ ކާކުތޯ އެވެ. އެއީ ކުރިން ވެސް ގުޅައިފަ އޮތް ނަންބަރެކެވެ. ހައެއްކަ ފަހަރު އެ ނަންބަރުން ގުޅައިފައި އޮތެވެ.

"ކާކު؟" ހަމްދާނަށް މަޑުމަޑުން ބުނެލެވުނެވެ.

ނަޒީހާއަށް އެ އަޑު އިވުނެވެ. އޭނާގެ ހިތުގައި ވެސް ސުވާލު ތަކެއް އުފެދެން ފެށި އެވެ.

"ނުދަންނަ ނަންބަރެއްތަ؟ އެހާ ވަރަށް ގުޅާނީ މުހިއްމު ކަމެއްގައި ހެން ހީވަނީ،" ނަޒީހާ ތެދުވެ އެނދުގައި އިށީނެވެ. "ގުޅައިބަލަ، އޭރުން އެނގިދާނެއްނު ކާކުކަން."

ހަމްދާނު އަވަސް އަވަހަށް ގުޅައިލި އެވެ. ހަމަ ގުޅައިލުމާއެކު ފޯނު ނެގި އެވެ.

"އަންނަނީއޭ ކިޔައިފަ މިހާރު ކިހާ އިރެއް؟ ގުޅީމަ ފޯނަށް ޖަވާބެއް ވެސް ނުދޭ." އެކޮޅުން އިވުނީ ޝަކުވާތަކެއްގެ އަޑެވެ.

ހަމްދާނަށް އެއީ ކާކުކަން ކަށަވަރުވި އެވެ.

"އޯހް. ދަނިކޮށް ކުޑަ ކަމެއް ދިމާވީ. އެހެންވެ ނުދެވުނީ. އަދިވެސް ދާންހޭތަ؟ ނުނިމޭތަ؟" ހަމްދާނު ބަލައިލީ ނަޒީހާގެ މޫނަށެވެ.

ނަޒީހާ ނިތާއި ބުމައަށް ދެތިން ރޫ އަރުވާލަމުން ކިހިނެއްވީތޯ އެހި އެވެ. ހަމްދާނު ވެސް ދެތިން ވައްތަރު ޖައްސާލި އެވެ. ނަމަވެސް، އެ ހަރާކަތްތަކުގެ މާނައެއް ނަޒީހާއަކަށް ނޭނގުނެވެ. ނުވިސްނުނެވެ.

"ހަނދާން ނެތިފަ މި ހުރީ. މަ މާލެ އަންނަނިކޮށް އެއްކަލަ ޝަރޭ ގުޅައިފަ އައިސްދޭށޭ ބުނި. ކޮންމެ ވެސް އާޖެންޓް ކަމެއްގަ." ހަމްދާނު ބުނެލި އެވެ.

"ޝަރޭ.. އަނެއްކާ؟ ތި ނުވާނެ ސަހަލު ކަމެއް ކަމަކަށް. އެއީ ނުލާހިކު ހިޔަޅު މީހެއް. އަނެއްކާ އަހަރެން މާލެ އައިކަން އޭނާއަށް އެނގިގެން އެކަމުގެ ބަދަލު ހިފައިލާ އަހަރެން ފަލީހަތްކޮށްލެވޭނެ ދޮރެއް ހޯދަނީ ނޫންބާ؟" ނަޒީހާގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ.

"ނޭނގެ ކީއްކުރަން ކަމެއް؟ ހިޔަޅުކަން ކުޑައީ ވަކި ކާކު؟" ހަމްދާނު ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ހަމްދާނު."

"ކިހިނެއް އެކަން އެނގެނީ! މަ މިއީ ހިޔަޅަކަށްވުރެ މަތީ ފެންވަރެއްގެ މީހެއް. އެކަން ފެނިއްޖެއްނު." ހަމްދާނު ހޭންފެށި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox