ކުރު ރާސްތާ ޕްލޭނަކާއެކު އޭސީސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ އޭސީސީން ވަނީ ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަބުރާ ހޯދުމަށް މި ދައުރުގައި ވަރަށް ބޮޑަށް އަމާޒުކުރާނޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ އޭސީސީން ވަނީ ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަބުރާ ހޯދުމަށް މި ދައުރުގައި ވަރަށް ބޮޑަށް އަމާޒުކުރާނޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ހަ ކަމަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ކުރު ރާސްތާ ޕްލޭނެއް މިއަދު އެ ކޮމިޝަނުން އިފްތިތާހު ކޮށްފި އެވެ.

އޭސީސީ އަށް އަލަށް މެމްބަރުން އައްޔަނުކުރި ފަހުން ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެ ކޮމިޝަނުގައި ހުރި މައްސަލަތައް އެ މެމްބަރުންނަށް ހޯދިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.

"އެކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެން ވާނީ ކުރު ރާސްތާ އޮޕަރޭޝަނަލް ޕްލޭނިންއެއް އަޅުގަނޑުމެން ވާނީ ހަދާފަ މިހާރު،" ޝާމިލް ވިދާޅުވި އެވެ.

ކޮމިޝަނުގައި ހުރި މައްސަލަތަކަށް އަމާޒުކޮށް އެކަންކަން ހައްލުކުރުމަށް މިއަދު އިފްތިތާހުކުރި އެ ޕްލޭނަށް ދީފައިވާ ނަމަކީ "އާ ބާބެއް" މި ނަމެވެ. އެ ޕްލޭނުގައި އަމާޒުކުރާ ދާއިރާތަކަކީ އާރުލާ ތަހުގީގު، އިދާރީ ފަހިކަން، ބާރުވެރި މުވައްޒަފުން، ޒަމާނީ ސުމޭކުކަން، ވަށައިޖެހޭ ވިޔަނުދިނުން އަދި މަސްލަހަތުވެރިންގެ އިތުބާރު ހިފެހެއްޓުމެވެ.

އެ ޕްލޭނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ޝާމިލް ވިދާޅުވީ އެ ހަ ދާއިރާއަކީ ތަހުގީގަށް އަބަދުވެސް ކުރިމަތިވާ ގޮންޖެހުންތަކާއި ތަހުގީގުގެ ހަރުދަނާ ކަމާއި އަވަސްކަން ގެނައުމަށްޓަކައި ރާވާފައިވާ ކަންކަން ކަމަށެވެ.

"ހަމަ އެއާއެކީގަ މުވައްޒަފުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންގެ ކިބައިގައި ހުރި ފަންނުވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމަށް އޮތް މަގުތައް ދެނެގަތުމާއި އަދި އަޅުގަނޑުމެންގެ މަސައްކަތް އެއްކޮށް ޑިޖިޓަލައިޒް ކުރުމަށްޓަކައި މުޅިން އާ މިސްރާބަކަށް އޭސީސީގެ މަސައްކަތް ބައްޓަންކުރުން،" ޝާމިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެ ޕްލޭނުގައި އިދާރީ ގޮތުން ކޮމިޝަން ހިންގުމަށް އޮތް އެންމެ ރަނގަޅު ގޮތްތަކާއި ކޮރަޕްޝަން ޕްރިވެންޝަނާއި ގުޅޭގޮތުން ކުރެވެން ހުރި މަސައްކަތްތައް ހިމެނިފައިވާނޭ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އޭސީސީގެ ދިގު ރާސްތާ ސްޓްރެޓީޖިކް ޕްލޭނެއް ވެސް އިފްތިތާހު ކުރާނެ ކަމަށެވެ. އަދި، އެ ޕްލޭނުގެ މަސައްކަތް މިހާރު ރިވިއު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއަށްފަހު އެ ދުރު ރާސްތާ މަސައްކަތްތަކަށް ގެންނަން ޖެހެނީ ކޮން ބަދަލެއްތޯ އަޅުގަނޑުމެން ދެނެގަނެ އެޔަށް ބަދަލު ގެންނާނަން،" ޝަމާލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަނީ އެ ކޮމިޝަނުގެ ބައެއް ކަންކަމަށް އިޖުރާއީ ގޮތުން ގެންނަން ނިންމާފައިވާ ބަދަލުތަކެއް ވެސް ހާމަކުރައްވާފަ އެވެ.

އެގޮތުން ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދު ވަނީ ރެޖިސްޓްރޭޝަން މަރުހަލާގެ ތެރެއިން ކުރިން މައްސަލަތައް ބެލޭނެ ކަމާމެދު ކޮމިޝަނުގެ މެމްބަރުން ގޮތް ނިންމުމަށް އޮންނަ އޮތުން މިހާރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.

"އެންމެ ބޮޑު އެއް ބަދަލަކީ ރެޖިސްޓްރީ ކުރުމާމެދު ގޮތެއް ނިންމުމުގެ ބާރު ރެޖިސްޓްރާއަށް ދޭ ގޮތަށް ދެން ރެޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށް ވާނަމަ އެޕީލް ޕްރޮސެސްއެއް، ރެޖިސްޓްރާގެ ނިންމުން އަލުން ބަލައިދނުމަށް އެދި ހުށަހެޅޭގޮތަށް ގަވާއިދު އިސްލާހުކުރުމަށް މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިޔަށް މި ގެންދަނީ،" ތޯހާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ތޯހާ ވަނީ މައްސަލަ ހުށަހަޅާ ފޯމަށް ވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރާކަން ހާމަކުރައްވާފަ އެވެ. އަދި، އޭސީސީގައި މިވަގުތު ހުރި މައްސަލަތަކުގެ އަދަދުތަކުގެ ތަފްސީލު ވެސް އޭނާ ދެއްވި އެވެ.

titledesc

ކޮމިޝަނުގެ ރައީސް ޝާމިލް ވަނީ އޭސީސީގައި ހުރި މައްސަލަތަކުގެ އަދަދަށް ބަލައި މައްސަލަތަކަށް އިސްކަން ދިނުމުގައި ގެންގުޅޭ އުސޫލާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި، ވަކި މީހެއްގެ މަގާމަށް ބަލައި މައްސަލަ ބެލުމަށްވުރެ، މިހާރު ކޮމިޝަނުގެ އަމާޒަކީ ދައުލަތަށް ގެއްލޭ ފައިސާގެ އަދަދަށް ބަލައި މައްސަލަތައް ޕްރިއޯރަޓައިޒް ކުރުން ކަމަށް ޝާމިލް ވިދާޅުވި އެވެ.

"ޕްރިއޯރަޓައިޒް މިކުރެވޭ ގޮތަކީ، އެމީހެއްގެ މަގާމެއް ނޫން. ޕްރިއޯރަޓައިޒް މިކުރެވޭ ގޮތަކީ އެ ކުށެއް ކުރިއިރުގަ އެކުށަކުން ދައުލަތަށް ގެއްލިގެންދިޔަ މިންވަރަކާ އޭގެ މާލީ ކަންކަމުގަ މައްޗަށް، އެއް އެސްޕެކްޓަކީ. އަނެއް ކަމަކީ އެކަމެއް ސަބަބުން ދައުލަތަށް އިއާދަނުކުރަނިވި ގެއްލުމެއް ލިބިގެން ހިނގައިދާނެފަދަ ބައެއް ކަންކަން އެބަ ހުރޭ،" ޝާމިލް ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރަައީސް އަބްދުއްސަލާމް ވިދާޅުވީ މިހާރު އޭސީސީގައި އޮންނަ އެ އުސޫލަށް އަމަލުކުރަން ފެށުމުން އޭގައި ހުރި މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން އެ އުސޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދައުރުގެ އޭސީސީގެ މެމްބަރުންގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާތައް ރިކަވާ ކުރުމަށް ވަރަށް ބޮޑު އަމާޒެއް ގެންގުޅޭނެ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.

"އެ އުސޫލު އިސްލާހުކުރީމަ އަޅުގަނޑުމެންނަށް އެނގިގެންދާނެ ކޮބައިކަން ކޮމިޝަނުގަ ހުރި ހަގީގަތުގަ ރަައްޔިތުންގެ މަސްލަހަތު ބޮޑެތި މައްސަލަތަކަކީ. ދައުލަތުން ގެއްލިފަ ހުރި ފައިސާގެ އަދަދު ބޮޑެެތި މައްސަލަތަކަކީ ކޮބައިކަން،" ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ އެގޮތަށް އަމަލުކުރަން ފެށުމުން އޭސީސީގައި އޮތް ބެކްލޮގް ވެސް ނައްތާލުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ބައެއް ކަންކަން މުރާޖައާކުރަނީ

އޭސީސީގައި މިވަގުތު ތިބީ 45 އިންވެސްޓިގޭޓަރުންކަން ފާހަގަކުރައްވަމުން ކޮމިޝަނުގެ ރައީސް ޝާމިލް ވަނީ އޭގެ ތެރެއިން 12 އިންވެސްޓިގޭޓަރުންގެ ޓީމެއް އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަކޮށްފައިވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

އަދި، އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެ ކޮމިޝަނުގައި ހުރި އެ މައްސަލައިގެ ހެކިތައް އޭސީސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

އަދި ދައުލަތާއި އޭސީސީގެ ވަސީލަތްތައް ބޭނުންކުރެވެމުންދަނީ އެންމެ ރަނގަޅަށްތޯ ކަށަވަރުކުރުމަށްޓަކައި އެމްއެމްޕީއާރުސީގެ މައްސަލައިގެ ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭކަމަށް ޝާމިލް ވިދާޅުވި އެވެ.

"އެހެންވީމާ މިތަނުގެ ފައިސާއާ ވަގުތާ މިތަނުގެ ވަސީލަތްތައް ބޭނުންކުރެވެނީ ދިވެހި ދައުލަތަށް އެންމެ ރަނގަޅު ގޮތުގަ ކަން ޔަގީންކުރުމުގެ ގޮތުން އަޅުގަނޑުމެން އެބަ ޖެހޭ އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ ކަންކަން އަލުން މުރާޖައާކުރަން، ކުރުމަށްފަހުގަ އެންމެ އިސްކަން ދެވޭނީ ކޮން ތަރުތީބަކުން އަޅުގަނޑުމެން ތަރުތީބުކޮށްގެންތޯ ބެލުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" ޝާމިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox