Advertisement


(ތިން ވަނަ ބަޔާ ގުޅޭ)

ނަޒީހާ އާއި ޝަރުވާންގެ ޑުރާމާ ބަލާނެ މީހަކު ނެތެވެ. ކޮންމެ މީހަކު ވެސް އުޅެނީ އެ މީހެއްގަ ކަންތަކާ ހެދި ނޫޅެވިގެންނެވެ. ގިނަ މީހުން ތިބީ ފޯނަށް ލޯ ކޮށްޕާލައިގެންނެވެ. އެ ނޫން މީހުން ތިބީ އޮލަވާހަކަތަކުގައި ތުން ގުޅުވާލައިގެންނެވެ. މަދުން ނަމަވެސް ލޯބީގެ ދުނިޔެއަށް ގެނބި މަރުވެފައި ތިބި ޖޯޑުޖޯޑު ވެސް ފެރީގެ ތެރެއިން ފެންނަމުން ދިޔަ އެވެ.

ޝަރުވާނު އިށީނީ ނަޒީހާގެ ގާތުގަ އެވެ. ނަޒީހާއަށް ބޭއިޚްތިޔާރުގައި ދުރަށް ޖެހިލެވުނެވެ. ޖެހިގެން އިން މީހާ ނު ނަޒަރަކުން ނަޒީހާއަށް ބަލައިލި އެވެ. ކިހާ ބޮޑު އުނދަގުލެއްހޭ ބުނިކަމަށް އޭނާގެ މޫނުމަތިން ނަޒީހާއަށް މާނަކުރެވުނެވެ. ބަދަލުގައި ނަޒީހާގެ ދެ ލޮލާއި ނިތްކުރިން މަޢާފަށް އެދުނެވެ. އަނެއްކާ ވެސް ޝަރުވާން ޖެހިލި އެވެ. މި ފަހަރު ނަޒީހާއަށް ދުރަކަށް ނުޖެހުނެވެ.

"އަހަންނަށް ނުވެސް ނޭނގޭ ނުވެސް ދަންނަ މީހެއްތީ؟" ނަޒީހާ ވައި އަޑުން ބުނެލި އެވެ.

ޝަރުވާނަށް އެ އަޑު ނީވޭ ކަމަށް ހެދި އެވެ. ނަޒީހާގެ އަތްތިލައިގެ ތެރެއަށް ޝަރުވާނުގެ އަތް މަހައިލަމުން އޭނާގެ މޭގައި ނަޒީހާގެ އަތުން ގަދަކަމުން ކަހަލަ ގޮތަކަށް ފިރުމައިލި އެވެ. އެ ފިރުމުންތަކުގެ މިސްރާބު ބަދަލުވަމުން ދިޔަ އެވެ. އޭނާގެ ގަމީހުގެ ގޮށްފަތިން ނަޒީހާގެ އަތް ކޮށްޕައިލި އެވެ.

"އަހަރެން ބުނީ ތި އުޅެނީ މޮޔަވެގެންހޭ. މޮޔަ ގެރި އަވަލީހޭ؟" ނަޒީހާ ގާތަށް ރުޅި އާދެވުނެވެ.

"ތިހެންނެއް ނޫން ކުރިން ބުނީއެއް." ޝަރުވާނު މޫނު ކައިރިކޮށްލަމުން ނަޒީހާގެ ކޯފަތުގައި ތުންފަތް ޖައްސާލި އެވެ.

ނަޒީހާ ނުރުހުންވެ އިންކަން އަންގަން ބޭނުންވި އެވެ. ނަމަވެސް އޭނާއަށް އެ ހަރަކާތް ކޮށްލާކަށް ނުކެރުނެވެ. އޭނާއަށް ޑުރާމާގައި ބައިވެރިވެވުނީތީ އެވެ. އެ ސަކަރާތުގެ ތެރެއަށް ވަދެވުނީތީ އެވެ. ނަޒީހާ މަޑުމަޑުން ދެ ލޯ މަރައިލި އެވެ. ޝަރުވާނުގެ ޢަމަލުތައް ހުރި ގޮތުން އޭނާ އެ ތަން ބަލަން ވެސް ފޫހިވީ އެވެ. ގަދަކަމުން އޭނާގެ އަތްތިލަ ޝަރުވާނުގެ މުޅި ގައިގައި ކޭއްތި އެވެ. ނަޒީހާ ކެތްކޮށްލައިގެން އިނީއެވެ. ލޯ މަރައިގެން މޫނު މައްޗަށް ހިއްލައި ގެންނެވެ. އަނގައިން ބަހެއް ވެސް، އަޑެއް ވެސް ބޭރުކޮށް ނު ލައެވެ. ޝަރުވާނުގެ ޢަމަލުތަކާއި އޭނާގެ ބޭނުން ނަޒީހާއަށް ވަރަށް ރަނގަޅަށް އެނގިއްޖެ އެވެ. އެންމެ ފަހަރަކު ދިމާވެގެން، ނުވެސް ދަންނަ މީހަކަށް އެވަރު އޭނާ ކޮށްލާނީ ވަރަށް ގޮތެއްފޮތެއް ނެތީމަ ކަމަށް އޭނާ ނިންމި އެވެ.

"ތީ ބޮޑުވަރު." ނަޒީހާ ވައި އަޑުން ޝަރުވާނުގެ ކަންފަތް ބުޑުގައި ބުނެލި އެވެ.

"ކަޕަޗީނޯ ދޯ. ވަރަށް ތާޒާކޮށް." ޝަރުވާނުގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

"އެއްވެސް މަޖަލެއް ނޫން. އަހަންނަކީ ތި ކަހަލަ މީހެއް ނޫން." ނަޒީހާ ރުޅިވެރިކަމާއެކު ބުނިލި އެވެ.

"ފުރަތަމަ ލާނީ ހިތިރަހަ. ފަހުން މީރުވެގެން، ބޭނުން ވެގެން ތެޅި ފޮޅޭނެ. އެ ޔަގީންކަން އެބަ އޮތް." ޝަރުވާން ހީނލި އެވެ.

"އައްޗި."

"ގަދަ ކުރަން ނޫޅޭތި؟"

"މަ ނޫޅެން މޮޔަވެގެންނެއް." ނަޒީހާ އިނީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އޭރުވެސް ނަޒީހާގެ އަތްތިލަ އޮތީ ޝަރުވާނުގެ ކޮންޓްރޯލު ދަށުގަ އެވެ. އޭނާގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ނަޒީހާ ގަދަކަމުން އަތްދަމައިގަންނަން އުޅުނު ނަމަވެސް އޭނާއަށް އެކަން ނުކުރެވޭނެކަން އެނގޭތީ އޭނާ އިނީ އެވެ. އެންމެފަހުން ނަޒީހާގެ އަތުން ޝަރުވާން ދޫކޮށްލި އެވެ. ހަމަ ދޫކޮށްލުމާއެކު ނަޒީގާ ދަބަހުން ޓިޝޫ ނެގުމަށްފަހު އަތްތިލަ އެކުގައި ފޮހުނެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. ޝަރުވާނަށް އެ މަންޒަރު ފެނުނެވެ.

"ގެއަށް ގޮސް އަތުގައި ބޮސް ނުދޭތި!" ޝަރުވާނު ދެ މިޔަކުނު ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލިން ފޮހެލަމުން ނުލަފާ ގޮތަކަށް ހީނލި އެވެ.

އެ ހީނލުމުގައި އެތައް މާނައެއް ފޮރުވިފައިވާ ފަދަ ގޮތަކަށެވެ.

"ކަލޭ ހީކުރީ މަ މީ ކަލޭގެ މަޅީގައި ޖެހޭނެ މީހެއް ކަމަށްތަ؟" ނަޒީހާ ދަތްކުނޑި ވިކައިގަތެވެ. "މި ފެރީގެ ފަނޑުއަލީގެ ސަބަބުން ކަލޭ މިރޭ ފަލީހަތް ނުވީ. އެހެން ނޫންނަމަ ކަލޭގެ ކަޕަޗީނޯގެ މީރުކަން މި އެންމެންނަށް މަ ދައްކައިލާނަން. ހުންނާތި!"

"އޯކޭ، ދީބަލަ ފޯނު." ޝަރުވާނު އަތުލީ ނަޒީހާގެ ފޯނެވެ.

ފޯނު އަތުލުމަށްފަހު ޝަރުވާނުގެ ފޯނު ނަންބަރު ޖަހައި ގުލައިލި އެވެ. ނަޒީހާ އުޅުނީ ފޯނު އަތުލާށެވެ. އެއަށްވުރެ ޝަރުވާނު މާ ހުޝިޔާރެވެ. އެއްފަހަރު ރަނގަބީލުވީ އިރަށް ފޯނު ކަނޑައިލުމަށްފަހު އޭނާ ބަލަންފެށީ ފޯނަށެވެ. އޭރުވެސް ނަޒީހާ މަސައްކަތް ކުރަމުން ދިޔައީ ޝަރުވާނު އަތުން ފޯނު އަތުލެވޭތޯ އެވެ. ނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ނުވުމުން އެންމެ ފަހުން ނަޒީހާ ހުއްޓައިލައި ހިމޭންވި އެވެ.

"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. މަށަށް އެނގޭ ރީތިކޮށް ބުނެގެން ނަންބަރު ނުދޭނެކަން. އަދި އެފްބީ އަޑީ ވެސް އިންސްޓަރ އައިޑީ ވެސް ނުދޭނެކަން." ޝަރުވާނު ފޯނުން ކުރާން ބޭނުންވި ހުރިހާ ކަމެއް ކުރުމަށްފަހު ނަޒީހާއަށް ފޯނު ދިއްކޮށްލި އެވެ.

"އަހަރެން ނޫޅެން އައިޑީ ލިބިދާނެތީ ބިރަކުން." ނަޒީހާ އިނީ ފޯނުގައި ނުހިފާން ކަމަށް ހެދިގެންނެވެ.

"މާނައަކީ އިންޓަރެސްޓިން ފޮޓޯ ކޮޅެއް އޮތިއްޔޭތަ؟"

ޝަރުވާނު އަނެއްކާ ވެސް ނަޒީހާގެ ފޯނަށް ބަލަން ފެށި އެވެ. އޭނާ މި ފަހަރު މަސައްކަތްކުރީ ގެލެރީގައި ހުރި ފޮޓޯތައް ހާވާށެވެ. ނަޒީހާ ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އޭނާގެ އަތުން ފޯނު ޖަހައިގަތެވެ.

"ޔަގީން ވެއްޖެ. ބައެއް ފޮޓޯ ފެންނަން ވެސް ފެނިއްޖެ."

ޝަރުވާން އަނެއްކާ ވެސް ނަޒީހާގެ އަތުން ފޯނު އަތުލި އެވެ. އޭނާގެ ވައަތަށް ފޯނު ލައިގެން ކަނާއަތުން ނަޒީހާ ކޮންޓްރޯލް ކުރަމުން ދިޔަ އެވެ. އެ ސަކަރާތުގައި އުޅެނިކޮށް ނަޒީހާގެ ފައި ޖެހުނީ ޖެހިގެން އިން މީހާގެ ގައިގަ އެވެ. އެހެންވެ ނަޒީހާއަށް ހިމޭންކަން ވެރިވި އެވެ. އޭރު ނަޒީހާއަށް އޮވެ ވުނީ ޝަރުވާނުގެ މޭ މައްޗަށް އަރަ އެވެ. ނަޒީހާގެ ބަރު ޝަރުވާނަށް ދޫކޮށްލައިގެންނެވެ. ނަޒީހާގެ ހަރަކާތްތައް ހުއްޓުމުން ޝަރުވާން ބަލައިލި އެވެ. މޫނު އަނބުރައިލެވުނު ގޮތުން ޝަރުވާނުގެ ތުންފަތް ޖެހުނީ ނަޒީހާގެ ކޯތާފަތުގަ އެވެ. ޝަރުވާން ފުރުސަތުގެ ބޭނުން ހިފި އެވެ. ނަޒީހާއަށް ހަރަކާތެއް ކޮށްލާނެ ފުރުސަތު ވެސް ނުލިބުނެވެ.

އެންމެފަހުން، ނަޒީހާ ހިމޭންވި އެވެ. އޭނާއަށް އުޅެވުނު ގޮތުން ލަދުގަނެ ޖެހިލުން ވެވުނެވެ.

"ކޮއްކޯ ބުނަން ވާހަކައެއް. އަންހެން ކުދިން ތި ގޮތަށް އުޅުނީމަ ވަރަށް ހުތުރު. އަމުދުން އާއްމުންގެ ތެރޭގައި ތި ގޮތަށް އުޅުނީމަ ވަރަށް ހުތުރު. ބޭބެ މި އިންނަނީ ބުނާނެ އެއްޗެއް ނޭނގިފަ. ދިވެހީންގެ އަޚްލާޤީ މިންގަނޑު މި ފެންވަރަށް ވެއްޓުނީ ކީއްވެގެންބާއޭ ހިތަށް އަރައަރާ." ނަޒީހާއަށް ބަލައިލެވުމާއެކު ގާތުގައި އިން ދެވަން ފުރައިގެ ފިރިހެން މީހާ ބުނެލި އެވެ.

"އޭނާ. އަޅުގަނޑު. ކިހިނެއްތޯ؟" ނަޒީހާ ދައްކަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"ކޮންމެ ވެސް ކަމެއްވީމަދޯ އަންނައުނު ލައިގެން މީހުން މި އުޅެނީ! ކޮންމެ ވެސް ކަމެއްވީމަ ދޯ ކާވެނިކުރާން ކޯޓަށްދަނީ." އެ މީހާ ހިތްހަމަ ނުޖެހި އިނދެ އެތައް ވާހަކައެއް އަމުނައިލި އެވެ. "ކޮއްކޮމެން ތި ޖަހާ ސަކަރާތެއް ބޭބެމެންނަށް ނުފެންނަ ތަނެއްގައި ޖަހާ ނަމަ މި ވާހަކައެއް ނުދައްކާނަން."

ނަޒީހާ ލަދުން އިސްޖަހައިލި އެވެ. އޭނާ އިތުރަށް ދައްކާނެ ވާހަކައެއް ނެތީމަ އެވެ. އޭނާއަށް ވިސްނުނީ މާފަހުންނެވެ. ދުރުގައި ބަލަން އިން މީހަކަށް އޭނާ އިނީ ކޮން ހާލެއްގައި، ކޮން މަޖުބޫރެއްގެ ތެރެއަށް ގެނބި ފިތި މަރުވެގެން ކަމެއް ނޭނގޭނެ އެވެ. ނަޒީހާ ހިތާހިތާ ކުދި ކިޔައިލެވުނެވެ. މީހުންގެ ވިސްނުމާ މެދުގަ އެވެ. ކޮންމެ މީހަކު ވެސް ވިސްނާނީ އެ މީހެއްގެ ސިކުނޑިންނެވެ. އަނެއްކާއަށްވާ ގޮތެއް، އަނެއްކާ އިން ހާލަތަކާ މެދު ނުވިސްނާނެ އެވެ. އަނެއް މީހާ އިންނަނީ ކޮން މަޖުބޫރެއްގެ ތެރެއަށް މެހިގެންތޯ ނުބަލާނެ އެވެ. ނަޒީހާއަށް ހިތައި ހިތުން ކުދި ކިޔައިލެވުނެވެ.

އޭރު ފެރީ ގިމަތައާ ކައިރިކުރަނީ އެވެ. ނަޒީހާ ކޮޅަށް ތެދުވި އެވެ. ޝަރުވާނު ނަޒީހާގެ އަތުގައި ހިފައި ދަމާލި އެވެ. ނަޒީހާ ނުވިސްނާ ހުއްޓާ ގެނައި ހަރަކާތާއެކު ޝަރުވާނުގެ ގައި މައްޗަށް ނަޒީހާ އަރި އަޅައިލި އެވެ. ޝަރުވާނު ގަސްތުގައި ގޮނޑި މައްޗަށް ވެއްޓިގަތެވެ. އެއާއެކު ނަޒީހާ ގޮސް ޝަރުވާނުގެ މޭ މައްޗަށް ގުޅަވި އެވެ. ނަޒީގެ އިސްތަށިގަނޑު ޝަރުވާނުގެ މޫނު މައްޗަށް ވެއްޓި އޭނާގެ މޫނު ފޮރުވުނެވެ. ނަޒީހާގެ އުނަގަނޑާދިމާގައި ޝަރުވާނުގެ އަތުން ވަށައިލައި ބާރުކޮށްލި އެވެ. ނަޒީހާއަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. އޭނާގެ ހިތުގައި ހަރުލީ ކުރިން ވެސް ޝަރުވާނުގެ ގައިން ދުވި މީރު ވަހެވެ. އެހެންވެ އޭނާ ބޭނުންވީ ގަދަ ނުދައްކާ އެ ގޮތަށް އޮވެލާށެވެ. އޭނާ ގަދަ ހެދުމަކުން ވާކަމެއް ނެތީމަ އެވެ. އޭނާ ޔަގީންކޮށްލަން ބޭނުންވީ ޝަރުވާނުގެ ފެންވަރެވެ. އޭނާގެ ގޮތެވެ. އެކަމަށް ބާރު އެޅީ ނަޒީހާގެ ހަވަނަ ހިއްސެވެ.

"ތޭންކްސް. ވަރަށް ހިތްގައިމު. މުޅިން އެހެން ދުނިޔެއަކަށް ދެވިއްޖެ،" ޝަރުވާނުގެ މޭމަތިން ނަޒީހާ ތެދުވެލުމުން ޝަރުވާނު ހިނިތުންވެލައިފައި ބުނެލި އެވެ. "ޔަގީން މިއީ މުޅީން އަލަށް ކުރެވުނު އިހުސާސެއް. ނަޒީ ބޭނުންވާނެ އަދި އެއްފަހަރު. ދެފަހަރު ތިން ފަހަރު ވެސް މި އިހުސާސްކޮށްލަން."

ނަޒީހާ ނޫން ކަމަށް ހެދިފައި ތެދުވި އެވެ. އޭނާ އުޅުނީ ހިނގައި ގަންނާށެވެ. ޝަރުވާނުގެ ކިބައިން ސަލާމަތްވޭތޯ އެވެ.

ދެމީހުން ފެރީން ފޭބީ އެކުއެކީގަ އެވެ. އެންމެ ފަހުން ފެރީން ފޭބި ދެމީހުންގެ ގޮތުގަ އެވެ.

"އަހަންނަށް އެނގޭ ވިލިނގިއްޔަށް ތިޔައަކީ ކީއްކުރަންކަން؟" ނަޒީހާގެ އަތްދަނޑި ޝަރުވާނުގެ އަތްދަނޑީގައިއަށް މަހައިލާ ތަޅުލަމުން ބުނެލި އެވެ.

ނަޒީހާ އަނގަޔަކުން ނުބުނެ އެވެ. އޭނާ ދިޔަ ގޮތަށް ދިޔައީ އެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.

"މަ ވެސް މި ދަނީ ނަޒީ އެކަނިވާނެތީއޭ." ޝަރުވާނު ހީނލި އެވެ.

ނަޒީހާ ހުއްޓުނެވެ. އޭނާ ދެ ލޯ ބޮޑުކޮށްލަމުން ޝަރުވާނާ ދިމާއަށް ބަލައިލި އެވެ. ނުރުހުމުގެ އަސަރުތައް މޫނުމަތިން ފެންނަ ވަރުކޮށްލި އެވެ.

"ކަލޭ ހެދިހާ ގޮތެއް ހެދިގެން މި ހުރިހާ އިރު އަހަރެން މިހުރީ. ދެން ކަލޭ މަށާ އެގޮތަށް މައްލަވަ ކޮށްފިއްޔާ.." ނަޒީހާ ހުއްޓައިލި އެވެ.

"ކޮށްފިއްޔާ.." ޝަރުވާން ހިނިތުންވެލި އެވެ.

"ބޭޒާރުކޮށްލާނަން. ގިނަކޮށްލާނަން. ކަލޭއަށް އެނގޭނެ އަންހެނުންގެ ބަހުގައި މާ ބާރު ހުންނަކަން." ނަޒީހާ އިންޒާރު ދިނެވެ.

"ވާވް. ނަޒީ ވަރަށް ގަޓޭ ދޯ. މަ ވަރަށް ލައިކްވާ ސްޓައިލެއްތީ. ގަޓްވެލައިފަ މީހާ ފުއްޕާލީމަ. އަސްލު އަންހެން ކުދިން މަށަށް އެންމެ ސަޅިވަނީ ވެސް އެހެން ގަޓްވެލީމަ،" ނަޒީހާގެ ވަށައިގެން ޝަރުވާނު އެނބުރިލި އެވެ. "އެކަމަކު މަ ބޭނުންވަނީ ސުލްހައިގަ ކުރާ ކަމެއް ކުރާން. ނަޒީއަށް މިހާރު މަގޭ އަސްލު ސައިޒު އެނގޭނެ. މަ މި ކިހާ ކޮލިޓީ ގޮލައެއްކަން ވެސް އެނގޭނެ."

ނަޒީހާ ތުންފަތުން ޗޮކެއް ކަނޑައިލަމުން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ހުއްޓިލި އެވެ.

"މަ ފަހަތުން ނާންނާތި! މަށަށް ފާރަ ނުލާތި!" ނަޒީހާ ދެ ލޯ ބޮޑުކޮށްލަމުން ބުނެލި އެވެ.

"ދައުވަތެއް ލިބޭނޭ ދޯ ތި ބުނީ! މަ އިންތިޒާރުކުރާނަން." ޝަރުވާނު އެނބުރިލީ ފެރީއާ ދިމާއަށެވެ.

ބަދަލުގައި ނަޒީހާ ހިނިތުންވެލަމުން މަޑުމަޑުން އެއްޗެކޭ ބުނެލި އެވެ. ޚުދު ނަޒީހާއަށް ވެސް ބުނެވުނީ ކީކޭ ކަން ވެސް އޭނާއަކަށް ނޭނގުނެވެ.

(ނުނިމޭ)