Advertisement

އަންނަ ހޯމައަށް ރޯދަ އިނާޔަތް ދޭން އަންގައިފި

23 މާރިޗު 2022 - 12:13 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގޭ ކައިރީގައި ސައިކަލުގައި ބަޔަކު މަޑުކޮށްލައިގެން. -ފައިލް ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


އަންނަ ހޯމައަށް ރޯދަ އިނާޔަތް ދޭން އަންގައިފި

23 މާރިޗު 2022 - 12:13 0

މި އަހަރުގެ ރޯދަ މަހަށް ދޭންޖެހޭ ހާއްސަ އިނާޔަތް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ފިނޭންސުން އާންމު ކޮށްފައިވާއިރު، މި އަހަރު ވެސް ރޯދަ އިނާޔަތުގެ ގޮތުގައި މުސްލިމް ކޮންމެ މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން، އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށް ފިނޭންސުން ބުންޏެވެ.

މީގެ އިތުރުން، ރޯދަ މަސް ފެށޭއިރު، އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭލީވް އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އިނާޔަތް ދޭންނުޖެހޭނެކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ނަމަވެސް، އެފަދަ މުވައްޒަފެއް ރޯދަ މަހުގެ ތެރޭގައި އޮފީހަށް ނުކުމެއްޖެނަމަ، އޮފީހަށް ނުކުތް ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދަށް ބަލައި، އިނާޔަތް ދޭންޖެހެ އެވެ.

އެ އުސޫލުގައި އިތުރަށް ބުނީ ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ފިނޭންސުން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގައިފަ އެވެ.

ހިޖުރީ ގޮތުން މިއަހަރުގެ ރަމަޟާން އެކެއް ވަނީ އަންނަ މަހުގެ ދެވަނަ ދުވަސްވާ ހޮނިހިރު ދުވަހެވެ.