ޔޫކްރެއިނުގައި ތިބި ދިވެހި ދަރިވަރުން އެނބުރި އަންނަން މާލީ އެހީ ދެނީ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް. -ފައިލް ފޮޓޯ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް. -ފައިލް ފޮޓޯ

ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން, ރާއްޖެ އައުމަށް މާލީ ގޮތުން އެހީތެރިވެދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ޔޫކްރެއިނުގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި އެ ދަރިވަރުން ތިބިއިރު, އެ ދަރިވަރުންނާއި އާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ނަމަވެސް މަޝްރަހު ހޫނުވުމާއެކު, ފޮރިން މިނިސްޓްރީން ގެންދިޔައީ ދަރިވަރުންގެ ހާލަތު ބަލަމުންނެވެ.

ހާލަތު އިތުރަށް ގޯސްވުމާއެކު ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން އެ ގައުމުން ބޭރުކޮށް ވަގުތުން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އަންގަވާފަ އެވެ.

ރައީސްގެ އެންގެވުމާ ގުޅިގެން، ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ ޔޫކްރެއިންގައި ތިބި ދަރިވަރުން އެ ގައުމުން އަނބުރާ ގެނައުމުގެ އޮޕަރޭޝަނެއް އަދި ކުރިއަށް ނުގެންދާ ކަމަށެވެ.

ނަމަވެސް، އެ ގައުމުގައި ތިބި ދަރިވަރުން އެނބުރި ރާއްޖެ އައުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ޔޫކްރެރިން ބޯޑަރު އަދި ބަންދުކޮށްފައިނުވާއިރު، ކޮމާޝަލް ފްލައިޓުތައް އޮޕަރޭޓް ކުރަމުންދާތީ، ދިވެހި ދަރިވަރުންނަށް ވައިގެ މަގުން އެނބުރި އާދެވޭނެ ފުރުސަތު އެބައޮތް،" އެ ބަޔާނުގައި ބުންޏެވެ.

ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން އިއްޔެ ވަނީ އަމުރު ކުރައްވާފަ އެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވާފަ އެވެ. ޕުޓިން ސޮއިކުރެއްވި ދެ ގަރާރެއްގެ ދަށުން އިރުމަތީ ޔޫކްރެއިންގެ އެ ދެ ސަރަހަދުގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީން "ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް" ކުރުމަށް އެންގެވި އެވެ.

ރަޝިއާގެ ނިންމުމާއެކު ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ އިތުރުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާވެސް ވަނީ ދީފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ އިއުލާނު ކުރީ އެމެރިކާ އިންނެވެ. ވައިޓް ހައުސް އިން ބުނީ ޑޮނެސްކް އާއި ލުހާންސްކްގައި އެއްވެސް އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއް ކުރުން އެމެރިކާގެ ރައްޔިތުންނަށް މަނާ ވާނެ ކަމަށެވެ.

ފްރާންސްގެ ރައީސް އޮފީހުން ބުނީ ދަތިކުރުމުގެ ފިޔަވަޅު އަމާޒު ކުރާނެ ރަޝިއާގެ ކުންފުނިތަކާއި ފަރުދުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރަމުންދާ ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެމަނިކުފާނު ވަރަށް އަވަހަށް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox