އެމްއާރްޕީ ކަނޑައެޅުމުން ބޭހުގެ ކޮލިޓީ ދަށް ނުވާނެކަމުގެ ޔަގީންކަން

ސޯސަން މަގުގައި ހުންނަ ބޭސް ފިހާރަތަކެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސޯސަން މަގުގައި ހުންނަ ބޭސް ފިހާރަތަކެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޑޮކްޓަރީ ބޭސް ވިއްކޭ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅި ނަމަވެސް ބޭހުގެ ރައްކާތެރިކަމަށާއި ކޮލިޓީއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފި އެވެ.

ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެމްއާރްޕީ ސިޔާސަތު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ފުރަތަމަ މަރުހަލާގެ ތެރެއިން އަސާސީ ލިސްޓުގައި ހިމަނޭ 357 ވައްތަރެއްގެ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ތަންފީޒުކުރެވޭއިރު، އަހަރުގެ މެދެއްހާ ހިސާބުގައި ބާކީ ހުރި ބޭހުގެ އަގުތައް ތަންފީޒުކުރެވޭނެ އެވެ.

އެ ތާރީހުން ފެށިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކުމަކީ މަނާ ކަމެކެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނި ގޮތުގައި އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓު ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކުގެ ވެރިންނާ މިހާރު ވަނީ ހިއްސާ ކުރެވިފަ އެވެ.

އެ އޮތޯރިޓީން ވަނީ އެ އަގުތަކާ މެދު ޝަކުވާއެއް ވާނަމަ ލިއުމުން ހިއްސާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ. އަދި ޝަކުވާތައް އިވެލުއޭޓް ކުރުމަށް ފަހު އަގަަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެންނާނެ ކަމަށް ބުންޏެވެ.

"ހުށަހެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ" އެމްއެފްޑީއޭއިން ބުންޏެވެ.

އެންމެ މަތީ އަގާ ގުޅިގެން ބޭހުގެ ކޮލިޓީއަށް އަސަރުކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެމްއެފްޑީއޭ އިން ބުނީ، އަގު ކަނޑައަޅާފައިވާ ބޭސްތަކަކީ މިހާރު ވެސް މާކޭޓުގައި ހުރި ބޭސްތަކެއް ކަމަށެވެ. އަދި މި ބޭސްތައް އެތެރެކުރަން ހުއްދަ ދިނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

އެ އޮތޯރިޓީން ވަނީ މުސްތަގުބަލުގައި ވެސް ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ބޭސް ޓެސްޓު ކުރުން ހަރުދަނާ ކުރަން ނޭޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިހާރު ވެސް 60 އަށް ވުރެ ގިނަ ޖެނެރިކްގެ ބޭސް ޓެސްޓު ކުރެވޭ ލެބޯޓްރީން ޓެސްޓު ނުކުރެވޭ ބޭސްތައް ސިންގަޕޫރަށް ފޮނުވައިގެން ޓެސްޓުކޮށްގެން ބޭހުގެ ކޮލިޓީ ޓެސްޓު ކުރެވެމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އާސަންދަ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ތަންފީޒުކުރާ އެމްއާރްޕީ ސިޔާސަތާ ގުޅިގެން ގެއްލުން ވާނެ ކަމަށް ބޭސް އެތެރެކުރާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އެބަހުއްޓެެވެ. އެކަމަކު މިހާރު ތަންފީޒުކުރަން ނިންމާފައިވާ އަގުތަކަކީ ރާއްޖެއަށް ބޭސް އެތެރެކުރާއިރު ޖެހޭ އެފްއޯބީ އަގަށް 100 ޕަސެންޓުގެ މާކަޕެއް ލައިގެންނެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި މި އަގުތައް ބިނާކުރީ މި އަހަރާއި އޭގެ ކުރީ އަހަރު އެތެރެކޮށްފައިވާ ބޭހުގެ އެފްއޯބީ އަގުތަކަށެވެ. އަދި މި ބަދަލާ ގުޅިގެން ތަފާތު އަގުތަކުގައި އެއް ބްރޭންޑެއްގެ ބޭސް ވިއްކުން ނިމުމަކަށް ގެނެވޭނެ އެވެ.

އޭގެ އިތުރުން އާސަންދަ ނުލިބޭ ބޭސްތަކަށް އާންމުން ކުރާ ހަރަދުތައް ކުޑަކުރެވި، ބްލެކް މާކެޓުގައި ނުއަގުގައި ބޭސް ވިއްކުން ހުއްޓުވޭނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އަދި ބުނީ އެމްއާރްޕީ ކަނޑައެޅުމުގެ ތެރެއިން ފާހަގަ ކުރެވުނު މައްސަލަތަކުގެ ތެރޭގައި، ބޭސް ސިޓީއާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން ހިމެނޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox