Advertisement

ފިޔަވަތީގެ މައްސަލައިގައި މީޑިއާތަކުން އަމަލުކުރި ގޮތުގެ އެސެސްމެންޓެއް ހަދަނީ

23 ސެޕްޓެންބަރު 2021 - 13:12 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ފިޔަވަތީގައި ކުޑަކުދިންތަކެއް ފާރު މައްޗަށް އަރައި އުޅެނީ. އެ މައްސަލައިގަ މީޑިއާ ކަވަރޭޖްގެ އެސެސްމެންޓެއް ހެދުމަށް އެމްއެމްސީން ވަނީ ނިންމައިފަ.


ފިޔަވަތީގެ މައްސަލައިގައި މީޑިއާތަކުން އަމަލުކުރި ގޮތުގެ އެސެސްމެންޓެއް ހަދަނީ

23 ސެޕްޓެންބަރު 2021 - 13:12 0

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހު ހިނގައިދިޔަ ހާދިސާއާ ގުޅިގެން ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ހަބަރު ޝާއިއުކޮށްފައިވޭތޯ ބެލުމަށް އެސެސްމެންޓެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފި އެވެ.

އެމްއެމްސީ އިން މިގޮތަށް ނިންމީ މިއަދު އޮތް އެ ކައުންސިލުގެ ބައްދަލުވުމެއްގަ އެވެ.

ފިޔަވަތީގެ ހާދިސާއާ ގުޅިގެން މީޑިއާތަކުން އަމަލުކުރި ގޮތުގެ އެސެސްމެންޓެއް ހެދުމުގެ އިތުރުން ކައުންސިލުން ވަނީ ކުޑަކުދިންގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި އަދި ފިޔަވަތީގެ ހާދިސާ ކަވަރުކުރި ނޫސްވެރިންގެ ފަރާތުން ފާހަގަކުރެވުނު އަހްލާގީ މިންގަނޑާއި ހިލާފް ކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ސާކިއުލާއެއް ފޮނުވަން ވެސް ނިންމައިފަ އެވެ.

އޭގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން އެކަމާ ގުޅުން ހުރި އިދާރާތަކާއި ބައްދަލުކުރަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ހެއްކާ ބެހޭ ބިލުގައި ހިމަނާފައިވާ ނޫސްވެރިންގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް އޮތުމަށް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފިޔަވަތީގައި ހަމަނުޖެހުން

ހުޅުމާލޭގައި ދައުލަތުން ބަލާ ކުޑަކުދިން ބައިތިއްބާ ފިޔަވަތީގައި ހުކުރު ދުވަހު ހަމަނުޖެހުން ބޮޑުވެ, އެ ތަނުގައި ވަނީ ހުޅު ވެސް ޖަހާފަ އެވެ.

އެ ހާދިސާއާ ގުޅިގެން މައުލޫމާތު ލިބުނު ގޮތުގައި ހަމަނުޖެހުން ބޮޑުވެފައިވަނީ އެތަނުގައި ތިބި ފިރިހެން ކުދިން ބޭރަށް ދިޔަ ނުދީ ހިފަހައްޓާތީ, އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ނަމަވެސް, އެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ. އަދި, އަލިފާންގަނޑު ފެތުރިގެން ނުދަނީސް އެތަނުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ވަނީ އެ ނިންވާލާފަ އެވެ.

އެ އިމާރާތަށް ވެސް އެކި ގެއްލުންތައް ދީފައިވާއިރު, މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަތީގެ ފުރާޅުމަތީގައި ކުދިން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ދިޔައީ އާއްމު ވަމުންނެވެ. އެ ކުދިން އެ ތަނުން ބޭލެމަށް މަސައްކަތް ކުރިޔަސް ދިޔައީ ނުކިޔަމަންތެރިކަން ދައްކަމުންނެވެ.

އެ ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި މަންޒަރު ބަލަން ތިބި ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ކަމަށް މީގެ ކުރިން ބުނެފަ އެވެ.