Advertisement

ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ހުށަހަޅަން ޖެހޭ

8 އޮގަސްޓު 2021 - 06:01 0

ފަޒީނާ އަހުމަދު

ފ

Advertisement

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެއަށް ދެ މުވައްޒަފަކު ވަންނަނީ: ވެކްސިން ނުޖަހާ ނަމަ އޮފީސްތަކަށް ދިއުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ގޮތަށް އުސޫލެއް ވަނީ އެކުލަވާލާފައި.


ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ހުށަހަޅަން ޖެހޭ

8 އޮގަސްޓު 2021 - 06:01 0

Advertisement

Advertisement

ކޮވިޑް ވެކްސިން ނުޖަހާ ނަމަ އޮފީސްތަކަށް ދިއުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ގޮތަށް އުސޫލް އެކުލަވާލާފައިވާ އިރު އެ މުވައްޒަފުން ޖެހެނީ ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހަޅަން ކަމަށް ސަރުކާރުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "އަދަދު"އަށް ވިދާޅުވީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކޮށް އޮފީހަށްދާ މުވައްޒަފުން، އެ އޮފީހެއްގައި ތިބި އެހެން މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަށަވަރުކޮށްދޭން ޖެހޭ ކަމަކީ ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހެޅުން ކަަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުސޫލް އޮތީ، އެ ޓެސްޓު ނުހަދާ ނަމަ އޮފީހަށް ނުދެވޭ ގޮތަށެވެ.

Advertisement

ވެކްސިން ނުޖަހާ ވަޒީފާއަށް ދިއުން ވެސް ދަތިކޮށްފި

ކޮވިޑު ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން، ވެކްސިން ނުޖަހައި އަންނަ މަހުން ފެށިގެން އާންމު ހިދުމަތްތައް ހޯދުމާއި ވަޒީފާއަށް އޮފީހަށް ދިއުން ދަތިވާގޮތަށް އެޗްޕީއޭއިން ވަނީ އުސޫލެއް އާންމުކޮށްފައި.

ވެކްސިން ނުޖަހާ ވަޒީފާއަށް ދިއުން ވެސް ދަތިކޮށްފި

ކޮވިޑު ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން، ވެކްސިން ނުޖަހައި އަންނަ މަހުން ފެށިގެން އާންމު ހިދުމަތްތައް ހޯދުމާއި ވަޒީފާއަށް އޮފީހަށް ދިއުން ދަތިވާގޮތަށް އެޗްޕީއޭއިން ވަނީ އުސޫލެއް އާންމުކޮށްފައި.

Advertisement

ޕީސީއާރު ޓެސްޓްގެ އަގު މާލޭގައި އުޅެނީ 350ރ. އިން ފެށިގެން 1،000ރ. އާ ދެމެދުގަ އެވެ. މި ޓެސްޓަށް ހަރަދުކުރަން ޖެހެނީ އެ މުވައްޒަފަކު އަމިއްލައަށެވެ.

ޕީސީއާރު ހުށަހަޅައިގެން ނޫނީ އޮފީހަށް ނުވަދެވޭ އުސޫލަށް ސަރުކާރުގެ އިތުރުން އަމިއްލަ އޮފީސްތަކުން ވެސް އަމަލުކުރަން ޖެހެ އެވެ.

ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދަން ދަތިކުރަނީ

ވެކްސިން ނުޖަހާ ނަަމަ އަންނަ މަހުގެ އެކަކުން ފެށިގެން ހޮޓާ، ކެފޭ ރެސްޓޯރަންޓްތަކާއި ޖިމް އަދި ސެލޫންތަކުން ހިދުމަތެއް ނުލިބޭނެ. ފްލައިޓް ދަތުރުތަކާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ.

ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދަން ދަތިކުރަނީ

ވެކްސިން ނުޖަހާ ނަަމަ އަންނަ މަހުގެ އެކަކުން ފެށިގެން ހޮޓާ، ކެފޭ ރެސްޓޯރަންޓްތަކާއި ޖިމް އަދި ސެލޫންތަކުން ހިދުމަތެއް ނުލިބޭނެ. ފްލައިޓް ދަތުރުތަކާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ.

ވެކްސިން ނުޖަހާ މީހުންނަށް އާއްމު ހިދުމަތްތައް ދިނުމުގައި ވެސް ހަރުކަށިި ފިޔަވަޅުތަކަކަށް އަންނަ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފަށަން އޮތީ އިއުލާންކޮށްފަ އެވެ. އެގޮތުން، ވެކްސިންގެ އެއްވެސް އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ނަމަ ކެފޭ، ރެސްޓޯރަންޓާއި ހޮޓާތަކަށް ނުވަދެވޭނެ އެވެ. ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ހިނގާނީ އެ އުސޫލެވެ.

އެންމެ ބޮޑު ދައްޗަކަށް ކުރިމަތިވާނީ އާއްމު ދަތުރު ފަތުރެވެ.

ވެކްސިން ނުޖަހާ ނަމަ ފްލައިޓްތަކުގައި ދަތުރެއް ނުކުރެވޭނެ އެވެ. އެއާއެކު ޓެކްސީތަކާއި ފެރީތަކުގައި ވެސް ދަތުރުކުރުން މަނާވާނެ އެވެ.

މިގޮތަށް ހަރުކަށި ފިޔަވަޅުތަކަކާ ދިމާލަށް ދާން ޖެހުނީ، ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. އެހެން ގައުމުތަކަށް ނުލިބޭ ވެކްސިންގެ ނަސީބު ރާއްޖެ އަށް ލިބިފައިވީ ނަމަވެސް ވެކްސިން އަވަހަށް ފުރިހަމަކުރުމުގެ ތަރުހީބު ކުޑަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ވެކްސިންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 327،579 މީހުންނެވެ. އޭގެތެރެއިން 280،353 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް މިދިޔަ އެޕްރީލް މަހު ވަރަށް ބޮޑަށް ލުއި ދިނުމާ އެކު ރާއްޖޭގައި ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. އެތައް ބަޔަކު މި ބަލީގައި މަރުވިއިރު އޭގެތެރެއިން 80 ޕަސެންޓަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ވެކްސިންގެ ތާށިކަމުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދައިފަ އެވެ.

އެ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.