Advertisement

ހިދުމަތް ހޯދުމުގެ އިތުރުން ވެކްސިން ނުޖަހާ ވަޒީފާއަށް ދިއުން ވެސް ދަތިކޮށްފި

7 އޮގަސްޓު 2021 - 16:34 1

މުހައްމަދު ވިޝާމް

މ

Advertisement

ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހައިދެނީ: ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ހޯދާފައިވިޔަސް ތަރުހީބު ކުޑަކަމުން ހިދުމަތްތައް ހޯދަން ދަތިކުރަން ވަނީ ނިންމާފައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ހިދުމަތް ހޯދުމުގެ އިތުރުން ވެކްސިން ނުޖަހާ ވަޒީފާއަށް ދިއުން ވެސް ދަތިކޮށްފި

7 އޮގަސްޓު 2021 - 16:34 1

Advertisement

Advertisement

ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ހިދުމަތް ހޯދުމުގައި އަންނަ މަހުން ފެށިގެން ދަތިތަކެއް ކުރިމަތިވުމުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވެސް ދަތިތަކެއް ކުރިމަތުވާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ އުސޫލެއް އާންމުކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ވެކްސިން ޖަހަން ޝަރުތު ހަމަވެ، އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުހޯދޭނެ އެވެ. ހަމައެގޮތަށް ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭނެ ކަމަށެވެ.

Advertisement

އަދި ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ނުކުރެވޭނެކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައި ވެ އެވެ.

އެޗްޕީއޭއިން ދެން ބުނީ ރައްޔިތުންނާ ގާތުން އާންމު ހިދުމަތްތައް ދޭ ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، އަދި ޖިމްތަކާއި ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން އެ ހިދުމަތް ދެވޭނީ ވެކްސިން ޖަހައިގެން ކަމަށެވެ.

Advertisement

އޭގެ އިތުރުން، އެ ތާރީހުން ފެށިގެން އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ވެކްސިން ނުޖަހާނަމަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުންޏެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރުގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވެފައިވާ ގޮތުގައި، ވެކްސިން ޖަހާފައިވާ މީހެއްތޯ ދެނެގަންނާނެ ގޮތް، އުސޫލަށް އަމަލުކުރަން ފަށާއިރު އާންމުކުރާނެ ކަމަށެވެ.

އެގޮތުން، ހިދުމަތް ހޯދަން ދަނީ ނޫނީ ހިދުމަތް ދޭން ތިބެނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްތޯ ކަށަވަރުކުރުމަކީ ހިދުމަތް ދޭ ކެފޭތަކާއި ޖިމް ފަދަ ތަންތަނުގެ ވެސް ޒިންމާއެއް ކަމަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ވެކްސިންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 327،579 މީހުންނެވެ. އޭގެތެރެއިން 280،353 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް މިދިޔަ އެޕްރީލް މަހު ވަރަށް ބޮޑަށް ލުއި ދިނުމާ އެކު ރާއްޖޭގައި ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. އެތައް ބަޔަކު މި ބަލީގައި މަރުވިއިރު އޭގެތެރެއިން 80 ޕަސެންޓަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ވެކްސިންގެ ތާށިކަމުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދައިފަ އެވެ.

އެ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.

އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމަން އަމާޒު ހިފައި މާލޭގައި ވެސް ހަ ސެންޓަރެއްގައި ވެކްސިން ފަށާފައިވީ ނަމަވެސް ގިނަ ތަންތަން ހުންނަނީ ހުހަށެވެ. ދުވާލަކު 5،000 މީހުންނަށް ވެކްސިން ޖެހޭ ވަރުގެ ގާބިލްކަން ހުއްޓަސް ސެންޓަރުތަކަށް މީހުންދާލެއް މަދެވެ. އެހެންވެ ސަރުކާރަށް މަޖުބޫރުވީ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއްކޮށްގެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިން އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދާށެވެ.

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.

އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ.