އަޖުވަދު މުސްތަފާ އައްޔަނުކުރި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާ އެކީ: އަޖުވަދަކީ ކުރިން އެންވަޔަރަމަންޓު މިނިސްޓްރީ ވަކިން އޮތް އިރު, އެ މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް އަދި އެންވަޔަރަމަންޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީއަކަށް އަޖުވަދު މުސްތަފާ މިއަދު އައްޔަނުކޮށްފި އެވެ.
ޓޫރިޒަމާއި އެންވަޔަރަމަންޓު މިނިސްޓްރީއަށް ޕާމަނަންޓު ސެކެޓްރީއަކު އައްޔަނުކުރީ, އެ ދެ މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން ކުރިން ދެ މިނިސްޓްރީގައި ތިބި ޕާމަނަންޓު ސެކެޓްރީންގެ ވަޒީފާ އުވާލުމާ ގުޅިގެންނެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީއަކަށް އަޖުވަދު ހުންނަވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެންމެ ފުރަތަމަ އޭނާ އެ މަގާމަށް ވަޑައިގަތީ އޭރުގެ އެންވަޔަރަމަންޓު އެންޑް އެނާޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ ގޮތުގަ އެވެ. އެ ފަހުން 2019 ގައި ވެސް ވަނީ އޭނާ ވަނީ އޭރުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް އައްޔަނުކޮށްފަ އެވެ.
އަޖުވަދަކީ އިނގިރޭސިވިލާތުގެ ސަރީ ޔުނިވާސިޓީން އެނާޖީ އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވެ އެވެ. އޭނާ ވަނީ މޯލްޑިވްސް އެނާޖީ ޑިރެކްޓަރު ޖެނެރަލް ކަމާއި ގަވަނިން ބޯޑުގެ މެންބަރުކަން އަދި ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފަ އެވެ.
Comment