Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވަން ފާސްކޮށްފި

10 މާރިޗު 2025 - 13:05 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު: އޭނާ މަގާމުން ވަކިކުރުގެ މަރުހަލާ ފަށަން ކޮމިޓީން ފާސްކުރީ އޭނާއާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި އޮތް ސިޓީއަކާ ގުޅިގެން -- ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން


ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވަން ފާސްކޮށްފި

10 މާރިޗު 2025 - 13:05 1

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން އެ ކޮމިޓީން ފާސްކުރީ މިއަދު އޮތް ބައްދަލުވުމުގަ އެވެ. ގިނަ ވަގުތު އަޑު ކަނޑާލައިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ފިޔަވައި އެހެން ހުރިހާ މެންބަރުން އެގޮތަށް ފާސްކުރަން ވޯޓު ދެއްވި އެވެ.

މައިކު ކަނޑާލައިގެން ގިނަ ވަގުތު ކުރިއަށް ގެންދިޔުމުން، އިބްރާހިމް ރަޝީދު ވަކިކުރާ ސީދާ ސަބަބު ސާފެއް ނުވެ އެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު ނޫހަށް ވިދާޅުވީ އޭނާ ވަކި ކުރަން ފާސްކުރީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެ ސިޓީގައި އިބްރާހިމް ރަޝީދުއާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނޭނގެ އެވެ.