13 މާރިޗު 2025 - 08:34 1
އަހުމަދު އާއިދު
މި މަޝްރޫއުތަކުގެ ތެރެއިން ހދ. މަކުނުދޫ ސިއްހީމަރުކަޒުގެ އައު އިމާރާތް އަޅަން ފެނަކައާއެކު ސޮއިކުރަނީ --- ފޮޓޯ: ހެލްތު މިނިސްޓްރީ
13 މާރިޗު 2025 - 08:34 1
ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން ނުވަ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ޖުމްލަ 628 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ. އާރުޑީސީ އަކީ ސަރުކާރުގެ މަގު ހަދާ ކުންފުންޏެވެ. ފެނަކައިން ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރެކެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނުވަ ރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ ސަރުކާރުގެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކުރާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި އެވެ.
އާރުޑީސީ އަދި ފެނަކައަށް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހަވާލުކޮށްފައި މިވަނީ މިދިޔަ ސަރުކާރުން އެ ކުންފުނިތަކަށް އެފަދަ މަޝްރޫއުތައް ދިން ގޮތާމެދު މި ސަރުކާރުގެ ވެރިން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔުމަށްފަހު އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އައްޑޫކޮއްޔާ
about 1 month ago
ފެނަކަ އަށް އައިސްޕްލާންޓް ނުހިންގޭތީ އައިސްޕްލާންޓް ތައް ފެނަކައިން ވަކި ކުރިތާ ފޮއެ ދުވަސް ނުވަނީސް މިހާރު ފެނަކަޔާ މި ޙަވާލިކުރަނީ ސިއްޙީ މަރުކަޒު ޢިމާރާތްކުރަން. އަޅެފަހެ ދެން ކުރާނެ ނުކުރާނެކަމެއް ނޭގެންޏާ ފެނަކައިގެ ހުރިހާ މުއައްޒިފުން މަހަށް ފޮނުވަބަލަ. އޭރުން އެމީހުނަށް ވެސް ގޭގަ ކާލާނެ މަސްކޮޅެއް ލިބޭނެތާ!
Comment