Advertisement

ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިކުރަނީ

7 އޮގަސްޓު 2021 - 13:56 3

ފަޒީނާ އަހުމަދު

ފ

Advertisement

ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހައިދެނީ: ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ހޯދާފައިވިޔަސް ތަރުހީބު ކުޑަ. -- ފޮޓޯ/ އަދަދު

ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިކުރަނީ

7 އޮގަސްޓު 2021 - 13:56 3

Advertisement

Advertisement

ރާއްޖެ ކޮވިޑުން އަރައިގަނެ، އެންމެންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު އިސްކަމެއް ވެކްސިނަށް މިވަގުތު ދީފައިވާ އިރު، ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ އުސޫލެއް އެކުލަވާލައިފި އެވެ.

ވެކްސިން ނުޖަހާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުހޯދޭނެ އެވެ. ހަމައެގޮތަށް ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭނެ އެވެ.

Advertisement

ވެކްސިން ނުޖަހާ މީހުންނަށް ތަކުރާރުކޮށް ކޮވިޑް ޖެހިދާނެ

ދިރާސާއިން ހޯދުނު ގޮތުގައި ވެކްސިން ޖަހައިގެން ތިބި މީހުންނަށް ވުރެ ވެކްސިން ނުޖަހާ ތިބި މީހުންނަށް ތަކުރާރުކޮށް ބަލި ޖެހުމުގެ ފުރުސަތު 2.34 ގުނަ އިތުރެވެ. ވެކްސިން ޖަހައިގެން ތިބި މީހުންގެ ގޮތުގައި ފާހަގަކުރީ ފައިޒާ، މޮޑާނާ އަދި ޖޯންސަން ވެކްސިން ޖެހި މީހުންނެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު ނުޖަހާ ތިބިއިރު ދެ ވަނަ ޑޯޒު 40 ޕަސެންޓް މީހުން އަދި ނުޖަހަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް މިއަދު ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނަށް ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން މަޖުބޫރުވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މިހާރު ނިންމާފައި އޮތީ ވެކްސިން ނުޖަހާ ނަމަ މާލެ އާއި ރަށްރަށުގައި ވެސް ކެފޭ ރެސްޓޯރެންޓުގައި ތިބެ ހިދުމަތް ނުހޯދޭ ގޮތަށް ހަދަން ކަމަށާއި ފްލައިޓް ދަތުރުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގައި ވެސް އެ އުސޫލަށް އަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްތަނުން އަނެއް ތަނަށް ކުރާ ބަސްދަތުރުތަކާއި ޓެކްސީ ދަތުރުތަކުގައި ވެސް ވެކްސިން ނުޖަހާ މީހެއް ނަމަ ހިދުމަތެއް ނުދެވޭ ގޮތަށް ހެދުމުން އުނދަގޫތަކެއް ކުރިމަތިވިޔަސް އެންމެންނަށް އޮތް ރައްކާތެރި މަގަކީ ވެކްސިން ޖެހުމެވެ.

"އަންނަ މަހުގެ އެކަކުން ފެށިގެން އެކަން ތަންފީޒުކުރަން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްތޯ ދެނެގަންނާނެ ގޮތް، އުސޫލަށް އަމަލުކުރަން ފަށާއިރު އާންމުކުރާނެ ކަމަށެވެ.

އުސޫލުގައިވާ ގޮތުން، ހިދުމަތް ހޯދަން ދަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްތޯ ކަށަވަރުކުރުމަކީ ހިދުމަތް ދޭ ކެފޭތަކާއި ޖިމް ފަދަ ތަންތަނުގެ ވެސް ޒިންމާއެކެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި ނިންމަން މުއްދަތެއް

ރާއްޖޭގައި މިހާރު ހުރި ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވޭ. ވެކްސިން ބޭކާރުކޮށް އުކާނުލާން މުއްދަތެއް ކަނޑައަޅައި އެޗްއީއޯސީގެ އަމާޒަކީ ވީހާވެސް އަވަހަކަށް ދެ ޑޯޒު ޖަހައި ނިންމުން.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ވެކްސިންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 327،579 މީހުންނެވެ. އޭގެތެރެއިން 280،353 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް މިދިޔަ އެޕްރީލް މަހު ވަރަށް ބޮޑަށް ލުއި ދިނުމާ އެކު ރާއްޖޭގައި ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. އެތައް ބަޔަކު މި ބަލީގައި މަރުވިއިރު އޭގެތެރެއިން 80 ޕަސެންޓަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ވެކްސިންގެ ތާށިކަމުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދައިފަ އެވެ.

އެ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.

އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމަން އަމާޒު ހިފައި މާލޭގައި ވެސް ހަ ސެންޓަރެއްގައި ވެކްސިން ފަށާފައިވީ ނަމަވެސް ގިނަ ތަންތަން ހުންނަނީ ހުހަށެވެ. ދުވާލަކު 5،000 މީހުންނަށް ވެކްސިން ޖެހޭ ވަރުގެ ގާބިލްކަން ހުއްޓަސް ސެންޓަރުތަކަށް މީހުންދާލެއް މަދެވެ. އެހެންވެ ސަރުކާރަށް މަޖުބޫރުވީ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއްކޮށްގެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިން އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދާށެވެ.

ރާއްޖެއަށް ވެކްސިންގެ ނަސީބު، އެކަމަކު ސެންޓަރުތައް ހުހަށް!

ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ހޮނިހިރުދުވަހު ފެށީ ދުވާލަކު 4500 މީހުންނަށް ވެކްސިން ޖަހަން އަމާޒުކޮށް. އެކަމަކު މިއަދު ވެސް ގިނަ ސެންޓަރުތައް ހުރީ ހުހަށް. ކޮވިޑުގެ އުނދަގުލުން ރާއްޖެ އަރައިގަނެވޭނީ ވެކްސިން ފުރިހަމަކޮށްގެން ކަމަށް ވާތީ އެންމެންނަށް ވެކްސިން ވަނީ ހޯދާފައި.

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.

އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން

Advertisement

Advertisement

އަޙްމަދް

over 3 years ago

ސިއްޙަތު ސަލާމަތުން ތިބި މީހުންނަށް މަޖުބޫރުކުރުވައިގެން ވެކްސިންދިނުމުގެ ހަމައިން މިނެކިރާނަމަ، ހިތުގެ ބަލީގައި އެއްވެސް އަލާމާތެއް ނެތް މީހަކަށް ހިތުގެބަލިޖެހިހިދާނެ ކަމަށްޓަކާ ރައްކާތެރި ކަމުގެ ގޮތުންނޭ ބުނެ އޭނާއަށް ބޭސްކަންދީ ނުވަތަ ހިތުގެ އޮޕަރޭޝަނެއް ކުރަން ވީނޫންތޯއެވެ.؟

މަޖުލިސް ރައީސް

over 3 years ago

ވަރަށް ރަނގަޅު ވިސްނުމެއް!

ވަކީލު

over 3 years ago

ކަނޑައެޅިގެން ގާނޫނާ ހިލާފު