އަބަހާނީ އިން ހުށަހެޅީ އީގަލްސް މެޗު ނޭޕާލްގައި ކުޅެން

މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އަބަހާނީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޑާކާ

މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އަބަހާނީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޑާކާ

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ނޭޕާލުގައި ކުޅެން އަބަހާނީން އޭއެފްސީ އަށް ހުށަހަޅާފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ މެޗު ކުޅެވޭނެ މާހައުލެއް އޮތް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމި އެވެ. އެނގިފައިވާ ގޮތުގައި ފަހުން އެ ގައުމުގެ ހެލްތު މިނިސްޓްރީން މާ ބޮޑު އެއްބާރުލުމެއް ނުދޭތީ މެޗު ބޭއްވޭ ގޮތެއްނުވީ އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ އަންނަ ބުދަ ދުވަހު ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، އެ ގައުމު ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ.

Advertisement

ހާލަތަށް ބަލައި އޭއެފްސީން ވަނީ އަބަހާނީ އާއި އީގަލްސް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި އެ މެޗު މި މަހު 21 ވަނަ ދުވަހު ކުޅޭނެ ނިއުޓްރަލް ދަނޑެއް ހޯދުމަށް އަބަހާނީ އަށް ފުރުސަތެއް ދިނެވެ. ނިއުޓްރަލް ދަނޑެއް ހޯދަން ދިން މުހުލަތު ވަނީ ރޭގެ ނިޔަލަށް ހަމަވެފަ އެވެ.

އަބަހާނީން ފުރަތަމަ މަސައްކަތްކުރީ މެޗު އިންޑިއާގައި ކުޅޭށެވެ. އެކަމަކު އެކަން ކުރެވޭގޮތެއް ނުވުމުން ނޭޕާލުގައި މެޗު ކުޅެން ހުށަހެޅީ އެވެ. ނޭޕާލްގައި ކުޅެން ހުށަހެޅިކަން އަބަހާނީގެ ޓީމު މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ވަނީ ބަންގްލަދޭޝް މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. މެޗު ކުޅޭނެ ދަނޑަކާ ބެހޭގޮތުން އޭއެފްސީން ގޮތެއް ނިންމުމަށް ފަހު ވަރަށް އަވަހަށް އިއުލާނުކުރާނެ އެވެ. އަބަހާނީން ހުށަހަޅާ ދަނޑެއްގައި މެޗު ކުޅެވޭ ގޮތެއް ނުވެއްޖެނަމަ އެ މެޗު އޮންނާނީ މާލޭގަ އެވެ.

އަބަހާނީ އަތުން މިހާތަނަށް ރާއްޖޭގެ ކްލަބެއް ބަލިވެފައިނުވެ އެވެ. ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އަބަހާނީ އިން ޖުމްލަ ހަ މެޗެއް ކުޅެފައިވާއިރު، ހަތަރު މެޗުން ވީ ބައްޔެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ތިމްޕޫގެ ކެޕްޓަން ޓޯޖީ (ކ) ކައިރިން އީގަލްސްގެ ކެޕްޓަން ސިފާއު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ތިމްޕޫގެ ކެޕްޓަން ޓޯޖީ (ކ) ކައިރިން އީގަލްސްގެ ކެޕްޓަން ސިފާއު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތިމްޕޫގެ ކެޕްޓަން ޓޯޖީ (ކ) ކައިރިން އީގަލްސްގެ ކެޕްޓަން ސިފާއު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސް އިން ކޮލިފައިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ. އެ ދުވަހު ކުޅުނު ކޮލިފައިންގެ އަނެއް މެޗުން ސްރީލަންކާ ޕޮލިސް އަތުން ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން މޮޅުވެފަ އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އާމީ ކްލަބް ބުދަ ދުވަހު ކުޅޭނީ އިންޑިއާގެ ބެންގަލޫރުއާ އެވެ. ކޮލިފައިން ދެ ވަނަ ބުރުގެ ދެ މެޗުން މޮޅުވާ ދެ ޓީމެއް ކުޅޭ ޕްލޭއޮފް މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

އީގަލްސްގެ އޭއެފްސީ ކަޕް މެޗުތަކުގެ ޝެޑިއުލަށް ބަދަލު އައުމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ވެސް ވަނީ ބަދަލެއް ގެނެސްފަ އެވެ. މީގެ ކުރިން އެފްއޭއެމުން ހަދާފައިވާ ޝެޑިއުލްގައިވާ ގޮތުން އަބަހާނީ މެޗުގެ ކުރިން އީގަލްސް އަށް ލީގުގެ މެޗެއް ނޯންނާނެ އެވެ.

އެކަމަކު އީގަލްސް އާއި އަބަހާނީގެ މެޗު 21 އަށް ފަސްވުމުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލީގުގައި އީގަލްސް އިން ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ބައްދަލުކުރާނެ އެވެ. އޭއެފްސީ ކަޕްގެ ޝެޑިއުލް ފުރަތަމަ ލިބުމާ އެކު އީގަލްސް މެޗުތައް ފަސްކުރިއިރު، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ބާއްވަން ޝެޑިއުލްކުރީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox