އީގަލްސް-އަބަހާނީ މެޗު ކުޅެން ބަންގްލަދޭޝް ސަރުކާރުން ހުއްދަދީފި

Apr 9, 2021, 5:37 AM
އީގަލްސް މެޗަށް އަަބަހާނީ އިން ފަރިތަކުރަނީ.- ފޮޓޯ: އަބަހާނީ/ ފޭސްބުކް

އީގަލްސް މެޗަށް އަަބަހާނީ އިން ފަރިތަކުރަނީ.- ފޮޓޯ: އަބަހާނީ/ ފޭސްބުކް

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި އަންނަ ބުދަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެ ގައުމުގައި ކުޅެން އޮތް މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ބަންގްލަދޭޝްގެ ސަރުކާރުން ދީފި އެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވާތީ ބަންގްލަދޭޝް މި މަހު 11 އާ ހަމައަށް ލޮކްޑައުނެއްގައި އޮތުމުން އެ ގައުމުގައި އޭއެފްސީ ކޮލިފައިން މެޗު ނުކުޅެވޭނެތީ މި މަހު ތިން ވަނަ ދުވަހު ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭއެފްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެއީ އެ މެޗު ފަސްކުރަން އެދި އެވެ. އެކަމަކު އޭއެފްސީން އެންގީ މެޗު ކުޅެން އޮތް ތާރީހުގައި ކުރިއަށްދާނެ ކަމަށާއި ބަންގްލަދޭޝްގައި ކުޅެވެން ނެތްނަމަ ނިއުޓްރަލް ދަނޑެއްގައި ނަމަވެސް ޝެޑިއުލާ އެއްގޮތަށް މެޗު ކުރިއަށްދާނެ ކަމަށެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އޭއެފްސީގެ ސިޓީ ލިބުމާ އެކު ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީއާ އެކު ބައްދަލުވުންތަކެއް ބާއްވައި މިހާރު މެޗު ކުރިއަށްގެންދިއުމަށް ހާއްސަ ހުއްދައެއް ލިބިފައިވާ ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭން ވެސް ވަނީ އަބަހާނީ އާއި އީގަލްސް މެޗު ހޯސްޓްކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އަބަހާނީގެ ޓީމު މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ބުނީ އީގަލްސް މެޗު ކުޅެންވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި ހެލްތު މިނިސްޓްރީގެ ގައިޑްލައިނުގެ ތެރެއިން މެޗު ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ދާސް ބުނީ މިހާރު އޮތްގޮތުން ނަމަ އީގަލްސް އަންނަ އާދިއްތަ ނޫނީ ހޯމަ ދުވަހު ބަންގްލަދޭޝް އަށް މެޗު ކުޅެން އަންނާނެ ކަމަށެވެ.

އީގަލްސް އިން ކޮލިފައިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ 2-0 އިން ބަލިކުރުމަށް ފަހު އެވެ. އަބަހާނީ އަށް ކުރިން ވެސް އޮތީ ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. ކޮލިފައިން ދެ ވަނަ ބުރުގެ އަނެއް މެޗުގައި ނޭޕާލްގެ އާމީ ކްލަބް ނުކުންނާނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. ކޮލިފައިން ދެ ވަނަ ބުރުގެ ދެ މެޗުން މޮޅުވާ ދެ ޓީމެއް ކޮލިފައިން ޕްލޭއޮފްގައި މި މަހު 21 ވަނަ ދުވަހު ބައްދަލުކުރާނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

އަބަހާނީ ވަނީ މީގެ ކުރިން ރާއްޖޭގެ މާޒިޔާ އާއި ނިއު ރޭޑިއަންޓާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލުގައި 2019 ވަނަ އަހަރު ކުޅުނު އަބަހާނީ އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި މާޒިޔާއާ ކުޅުނީ 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. ބަންގްލަދޭޝްގައި 2-0 އިން އަބަހާނީ ބަލިވިއިރު، މާލޭގައި ވެސް މާޒިޔާ ވަނީ އެ ނަތީޖާ އިން މޮޅުވެފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އިން ވަނީ ރަށުންބޭރުގައި އަބަހާނީ 1-0 އިން ބަލިކޮށްފަ އެވެ. އަދި މާލޭގައި ކުޅުނު މެޗުން 5-1 އިން ނިއު ވަނީ މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި މާޒިޔާ ވަނީ އަބަހާނީ ކަޓުވާލައިފަ އެވެ. ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވިއިރު، މާލޭގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަަރުވެގެންނެވެ. މާޒިޔާ އަނެއް ބުރުން ފުރުސަތު ހޯދީ ރަށުންބޭރުގައި ޖެހި ގޯލަށް ބަލައިގެންނެވެ.

ޕޯޗުގަލްގެ ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަބަހާނީ މި ފަހަރުގެ އޭއެފްސީ ކަޕަށް ކޮލިފައިވީ ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކޮށް މި މުބާރާތަށް މީގެ ދެ ހަފްތާ ކުރިން އަބަހާނީ ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox