އަބަަހާނީ އަށް ނިއުޓްރަލް ދަނޑެއް ނުދެއްކިއްޖެނަމަ އީގަލްސް މެޗު މާލޭގައި

ތިމްޕޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތިމްޕޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ރާއްޖޭގެ ކްލަބް އީގަލްސް ކުޅޭ މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތެއް ނުވުމުން އެ މެޗު ކުޅޭނެ ނިއުޓްރަލް ދަނޑެއް ހޯދުމަށް އަބަހާނީ އަށް އޭއެފްސީން މުހުލަތެއް ދީފި އެވެ.

ބަންގްލަދޭޝްގައި އަންނަ ބުދަ ދުވަހު ކުޅެން އޮތް އަބަހާނީ އާއި އީގަލްސްގެ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ގޮތްނުވީ ބަންގްލަދޭޝްގައި ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާތީ އެވެ. ބަންގްލަދޭޝް މި ވަގުތު އޮތީ ލޮކްޑައުންއެއްގަ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ މެޗު ކުޅެވޭނެ މާހައުލެއް އޮތް ކަމަށް ބުރާސްފަތި ދުވަހު ނިންމައިފަ އެވެ. އެނގިފައިވާ ގޮތުގައި ފަހުން އެ ގައުމުގެ ހެލްތު މިނިސްޓްރީން މާ ބޮޑު އެއްބާރުލުމެއް ނުދޭތީ މެޗު ބޭއްވޭ ގޮތެއްނުވީ އެވެ.

Advertisement

އޭއެފްސީން މިއަދު އަބަހާނީ އަށް އަންގާފައިވަނީ މާދަމާގެ ނިޔަލަށް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ކުޅޭނެ ނިއުޓްރަލް ދަނޑެއް ހޯދުމަށެވެ. އެކަން އަބަހާނީ އަށް ނުކުރެވިއްޖެނަމަ މި މަހު 21 ވަނަ ދުވަހު އެ މެޗު ކުޅޭނީ މާލޭގައި ކަމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ. އީގަލްސް އާއި އެފްއޭއެމުން އަންނަނީ އެ މެޗު މާލޭގައި ކުޅެވޭނެ ގޮތެއް ހޯދަން މަސައްކަތްކުރަމުންނެވެ.

އީގަލްސް އިން ކޮލިފައިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ. އެ ދުވަހު ކުޅުނު ކޮލިފައިންގެ އަނެއް މެޗުން ސްރީލަންކާ ޕޮލިސް އަތުން ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން މޮޅުވެފަ އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އާމީ ކްލަބް ބުދަ ދުވަހު ކުޅޭނީ އިންޑިއާގެ ބެންގަލޫރުއާ އެވެ.

ޝެޑިއުލަށް މި އައި ބަދަލާ އެކު ކޮލިފައިން ދެ ވަނަ މެޗުން މޮޅުވާ ދެ ޓީމު ބައްދަލުކުރާ ޕްލޭއޮފް މެޗު ބާއްވަން އޭއެފްސީން ނިންމާފައިވަނީ މި މަހު 28 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

އަބަހާނީ އަތުން މިހާތަނަށް ރާއްޖޭގެ ކްލަބެއް ބަލިވެފައިނުވެ އެވެ. ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އަބަހާނީ އިން ޖުމްލަ ހަ މެޗެއް ކުޅެފައިވާއިރު، ހަތަރު މެޗުން ވީ ބައްޔެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަބަހާނީ އިން މެޗުތައް ކުޅުނީ މާޒިޔާ އާއި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލުގައި 2019 ވަނަ އަހަރު ކުޅުނު އަބަހާނީ އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި މާޒިޔާއާ ކުޅުނީ 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. ބަންގްލަދޭޝްގައި 2-0 އިން އަބަހާނީ ބަލިވިއިރު، މާލޭގައި ވެސް މާޒިޔާ ވަނީ އެ ނަތީޖާ އިން މޮޅުވެފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އިން ވަނީ ރަށުންބޭރުގައި އަބަހާނީ 1-0 އިން ބަލިކޮށްފަ އެވެ. އަދި މާލޭގައި ކުޅުނު މެޗުން 5-1 އިން ނިއު ވަނީ މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި މާޒިޔާ ވަނީ އަބަހާނީ ކަޓުވާލައިފަ އެވެ. ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވިއިރު، މާލޭގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަަރުވެގެންނެވެ. މާޒިޔާ އަނެއް ބުރުން ފުރުސަތު ހޯދީ ރަށުންބޭރުގައި ޖެހި ގޯލަށް ބަލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox