"އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް ގެންގޮސް، ބާކީ ގައުުމުތައް ފޮނުވާލާ"

Nov 9, 2026, 11:42 AM
ސްރީ ލަންކާގެ ކޯޗު މުތައިރީ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސްރީ ލަންކާގެ ކޯޗު މުތައިރީ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ހޯސްޓްކުރަމުން އަންނަ ބަންގްލަދޭޝް އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ ފައިނަލަށް ގެންދިއުމަށް ފަހު، ބާކީ ޓީމުތައް ގައުމަށް ފޮނުވާލާން ޖެހޭ ކަމަށް ބުނެ، ސްރީ ލަންކާ ފުޓްބޯޅަ ޓީމު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ފާޑުކިޔައިފި އެވެ. 

އޭނާ މިހެން ބުނެފައިވަނީ، ރޭ ސްރީ ލަންކާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ 2-2 އިން އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މީގެ ކުރިން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާ އެކު މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި މުތައިރީ ވަނީ ރޭ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އާ ބެހޭގޮތުން ވެސް ތުހުމަތުތަކެއް ކޮށްފަ އެވެ.

މުތައިރީ ބުނީ، ލަންކާ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ނަތީޖާ ނެރެން ވަރަށް މަސައްކަތް ކުރި ކަމަށާއި ގްރޫޕް ސްޓޭޖުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނަމަ، ބޫޓާނުން ޖެހި ދެ ވަނަ ގޯލު ވާނީ އޮފްސައިޑް ގޯލަށް ކަމަށެވެ. އަދި، ރޭ އިންސާފުވެރިކޮށް ކަންކަން ދިޔަނަމަ ލަންކާ އަށް މަދުވެގެން އެއް ޕެނަލްޓީ ލިބޭނެ ކަމަށް މުތައިރީ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. 

"މި ކަހަލަ ރެފްރީންގެ މިސްޓޭކްތައް ބޫޓާނާ އެކު ކުޅޭއިރު ކުރިމަތިވަންޏާ ކިހިނެއް އަހަރެމެން ބަންގްލަދޭޝްއާ އެކު ކުޅޭނީ؟. މިއީ ސާފް އަށް ދޭ މެސެޖެއް. ވީއޭއާރް ތައާރަފްކޮށް ރެފްރީންގެ ކަންކަމަށް ހައްލެއް ހޯދައިދީ،" ބޫޓާނަށް ފައިދާވާގޮތަށް ރެފްރީންގެ ނިންމުންތައް ހުރިކަން ފާހަގަކޮށް މުތައިރީ ބުންޏެވެ. 

އޭނާ ބުނީ ސާފްގެ މުބާރާތްތަކުގައި ކަންކަން ދިމާވާގޮތް ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައިވާ ކަމަށެވެ. އަދި، ސާފް އިން އިސްތިހާރުކުރުމާއި އެ ފަދަ ބޭނުންތަކަށްޓަކައި އަބަދުވެސް މުބާރާތް ބާއްވާ ގައުމާއި އިންޑިއާގެ ކުރިމަތިލުމެއް ފައިނަލުގައި އޮންނަން ބޭނުންވާ ކަމަށެވެ. 

"އިސްތިހާރަށް ފައިދާވަނީ އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލުގައި ކުޅޭގޮތަށް ކަމަންވަންޏާ އެ މީހުން ފައިނަލަށް ގެންގޮސްދީފައި. ބާކީ ގައުމުތައް ފޮނުވާލާ، އަހަރެމެންގެ ވަގުތު ބޭކާރު ނުކުރޭ، އެހެން ފަހަރަކުން އަހަރެމެން ކުޅެފާނަން،" މުތައިރީ ބުންޏެވެ. 

މުތައިރީ ބުނީ، އިންޑިއާ އަށް ސާފްގައި ނުކުޅެވޭނަަމަ، އެކި ގޮތްގޮތް ހޯދައިގެން ވެސް އެ ޓީމަށް ކުޅެވޭނެ ގޮތެއް ސާފް އިން ބަލާ ކަމަށެވެ. އެކަމަކު، އެހެން ގައުމަކަށް ނުކުޅެވުނަސް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި އޮތް ގޮތަށް އެ ގައުމެއް ނުލައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ބޫޓާނާއި ސްރީ ލަންކާ މެޗު އެއްވަރުވުމާ އެކު، ބަންގްލަދޭޝް ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ. އެއީ، ފުރަަތަމަ މެޗުން 1-0 އިން ބޫޓާން ބަލިކޮށްފައިވާތީ އެވެ. ބުދަ ދުވަހު، ބަންގްލަދޭޝް އަތުން ސްރީ ލަންކާ ދެ ގޯލުގެ ފަރަގަކުން ބަލިވެއްޖެނަމަ، ބޫޓާނަށް ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ. އެ ނޫން ގޮތަކަށް، ބަންގްލަދޭޝް އާއި ސްރީ ލަންކާ މެޗު ނިމިއްޖެނަމަ، ސެމީގެ އަނެއް ޖާގަ ލިބޭނީ ސްރީ ލަންކާ އަށެވެ. 

މުތައިރީ ބުނީ، ބަންގްލަދޭޝް އާއި ސްރީ ލަންކާ ކުޅޭ މެޗު ވެގެންދާނީ ސާފްގެ ތާރީހުގައި ވެސް ހާއްސަ މެޗަކަށް ކަމަށެވެ. 

ސްރީ ލަންކާ އިން 1995 ވަނަ އަހަރު ސާފް ކާމިޔާބުކުރިއިރު، ބަންގްލަދޭޝް އިން 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ހޯސްޓްކޮށް ޗެމްޕިއަންކަން ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

Newsletter

Get the latest news delivered straight to your inbox