ރިޕަބްލިކަން ޕާޓީއަށް ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

Oct 27, 2026, 6:30 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި ރިޕަބްލިކަން ޕާޓީއަށް ތާއީދު ހޯދުމަށް ބައިވެރިވެ، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުރީފުކޮށްފި އެވެ.

އޭނާ ބުނީ ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންނަށް އުއްމީދީ މުސްތަގުބަލެއް ހޯދައިދީފައި ކަމަށެވެ. އަދި އެ ކެމްޕޭން އެއްވުމުގައި ޓްރަމްޕް ވަނީ ނިކީ މިނާޖްގެ ހަށިގަނޑުގެ ބައްޓަމަށް ތައުރީފުކޮށް ވާހަކަދައްކަވައިފަ އެވެ. 

ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ފާޑުކިޔާފައިވީ ނަމަވެސް، ނިކީ މިނާޖް ވަނީ އޭނާއަކީ ޓްރަމްޕްގެ "އެންމެ ބޮޑު ސަޕޯޓަރު" ކަމަށް ބުނެފަ އެވެ.

Advertisement

މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދު އާއި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިޚާބަށް ބާކީ އޮތީ އެންމެ ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅެކެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެ ސަރަހައްދުގައި ރެލީއެއް ބާއްވާފަ އެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ މި އިންތިޚާބަކީ ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބައިގައި ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނީ ކޮން ޕާޓީއަކަށްތޯ ކަނޑައެޅޭނެ މުހިންމު އިންތިޚާބަކަށް ވާތީ، ޑިމޮކްރެޓުން ވެސް ދަނީ ވަރުގަދައަށް ކެމްޕޭން ކުރަމުންނެވެ.

އާދީއްތަ ދުވަހު ބޭއްވި ރެލީގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެލް-ސައީދުގެ އިސްލާމީ އަގީދާއަށާއި އޭނާގެ ނަސްލަށް އަމާޒުކޮށް ވާހަކަދައްކަވާފަ އެވެ. އެގޮތުން އެލް-ސައީދު އިންތިޚާބު ކާމިޔާބުކޮށްފި ނަމަ "ޖިހާދީންނަށް" ދައުވަތު ދޭނެ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.

ޓްރަމްޕްގެ މި ވާހަކަތަކަކީ އިސްލާމްދީނަށް އޮތް ބިރުވެރިކަން ނުވަތަ އިސްލާމޯފޯބިއާ ފެތުރުން ކަމަށް ވިދާޅުވެ، އެލް-ސައީދު ވަނީ އެކަމަށް ފާޑުކިޔުއްވާފަ އެވެ.

އާދީއްތަ ދުވަހު ޕޯޓް ހިއުރޮންގައި ބޭއްވި ރެލީއަށް ނިކީ މިނާޖް ހާޒިރުވީ ރަންކުލައިގެ ގޫޗީ ބްރޭންޑްގެ ސޫޓެއްގަ އެވެ. އޭނާ ވަނީ ޓްރަމްޕްގެ ނަމާއި މިޝިގަންގެ ރިޕަބްލިކަން ކެންޑިޑޭޓުންގެ ނަންތައް ގޮވައި، ސަޕޯޓަރުންގެ ފޯރި ގެނުވާފަ އެވެ. 

"ސުޕަ ބޭސް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ މި ލަވަކިޔުންތެރިޔާ މިޝިގަންއަށް ދިޔައީ ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައެވެ. ބޯޓުގެ ތެރޭގައި އޭނާ ވަނީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމަށް އިންޓަވިއު ކުރާ ކަމަށް ހެދިގެން ވީޑިއޯއެއް ކުޅެ، އެކްސްގައި އާންމުކޮށްފަ އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އެއީ އެ މަގާމަށް އައްޔަންކުރި ކޭޓީ ޒަކަރިއާ، އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، މަގާމާ ހަވާލުވިތާ ފަސް ދުވަސް ތެރޭގައި އިސްތިއުފާ ދިނުމުންނެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް އުފަން މި ރެޕް ލަވަކިޔުންތެރިޔާ މީގެ ކުރިން ވެސް ވަނީ އެކި ފަހަރުމަތިން ޓްރަމްޕަށް ތާއީދުކޮށްފަ އެވެ. އޭގެ ތެރޭގައި ނައިޖީރިއާގައި ކްރިސްޓިއަނުންނަށް އަނިޔާކުރާ ކަމަށް ބުނެ ޓްރަމްޕް ކުރި ތުހުމަތުތަކަށާއި، އެމެރިކާގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު ލިބޭ ޓްރަމްޕްގެ "ގޯލްޑް ކާޑް" ވިސާ ސިޔާސަތަށް އޭނާ ތާއީދުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox