ރާއްޖެ އަށް ޝޮޓެއް ވެސް ނުޖެހި ޗައިނާ މޮޅުވުމަކީ ކާމިޔާބެއް: ކޯޗު

Sep 25, 2026, 8:39 AM
ޗައިނާގެ ކޯޗު، ޝާއޯ ޖިއަޔީ، ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: 163.ކޮމް

ޗައިނާގެ ކޯޗު، ޝާއޯ ޖިއަޔީ، ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: 163.ކޮމް

ރާއްޖެ އަށް ރޭގެ މެޗުގައި ޝޮޓެއް ފޮނުވާލަން ވެސް ފުރުސަތެއް ނުދީ ޗައިނާ އިން މެޗުން މޮޅުވުމަކީ ނަތީޖާގެ އިތުރުން ލިބިގެންދިޔަ އިތުރު ކާމިޔާބެއް ކަމަށް ޗަައިނާގެ ކޯޗު، ޝާއޯ ޖިއަޔީ ބުނެފި އެވެ.

ރޭގެ މެޗުގައި ޗައިނާ 3-0 އިން ރާއްޖެ ބަަލިކުރިއިރު، ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގެ ފުރަތަމަ 23 މިނިޓް ތެރޭގަ އެވެ. އަދި، ޗައިނާގެ ފޯވާޑް، ވަން ޒިމިން ރޭގެ މެޗުގައި ހެޓްރިކް ހެދީ 12 މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. 

ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު ޗައިނާ އިން ރާއްޖެ އަތުން މޮޅުވެއްޖެ

ޗައިނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ ދެވަނަ ހާފުގައި ޗައިނާ އިން ޖެހި ލަނޑުތަކުން. ރާއްޖޭގެ ޓީމުން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ޗައިނާގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައި. އެކަމަކު، ދެ ވަނަ ހާފުގެ 23 މިނިޓް ތެރޭ ޗައިނާ އިން ތިން ގޯލު ޖެހި.

ޗައިނާ އިން މި މަހު 12 ވަަނަ ދުވަހު ތައްޔާރީތައް ފަށައިގެން، މި އިންޓަނޭޝަނަަލް ބްރޭކުގައި ކުޅޭ ހަަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެ އަތުން ލިބުނީ ފުރިހަމަ މޮޅެއް ކަމަށް ޝާއޯ ޖިއާޔީ ވަނީ ބުނެފަ އެވެ. އަދި، މެޗުގެ ކޮންޓްރޯލް އެއްކޮށް ނަގައިގެން ކުޅެ، ޒުވާން ކުޅުންތެރިންނަށް ވެސް ކޮންފިޑެންސް ލިބޭނެ ކުޅުމެއް ދެއްކުމަކީ މި މި މެޗުގައި ހާސިލްވި ކަންތައްތައް ގޮތުގައި ޝާއޯ ވަނީ ބުނެފަ އެވެ. 

"ތިން ގޯލުން މޮޅުވެ، މެޗުގެ ކޮންޓްރޯލް ދަމަހައްޓައިގެން ރަނގަޅު ކުޅުމެއް އަހަރެމެން ދެއްކީ. ދެން، ކްލީންޝީޓެއް ލިބުނުއިރު، އެ މީހުންނަށް (ރާއްޖެ އަށް) ޝޮޓެއް ވެސް ފޮނުވާނުލެވި މެޗު ފުރިހަމަ ކުރެވުމަކީ އިތުރު ކާމިޔާބެއް،" ޝާއޯ ބުންޏެވެ. 

ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ސްޓެޓްސް.-----ސްޓެޓިސްޓިކްސް ފޮޓޯ: 365ސްކޯސް
ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ސްޓެޓްސް.-----ސްޓެޓިސްޓިކްސް ފޮޓޯ: 365ސްކޯސް

އޭނާ ބުނީ ފުރަަތަމަ ހާފުގައި ގޯލެއް ޖެހޭގޮތެއްނުވުމުން، ދެ ވަނަ ހާފަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވި ކަމަށާއި މެޗު ކުރިއަށް ދިޔަ ވަރަކަށް ޗައިނާގެ ފަރާތުން ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ މަސައްކަތުގެ ރޭޓު ވެސް ރަނގަޅުވި ކަމަށެވެ. 

ރާއްޖެ އާއި ޗައިނާ އިން މިއަދުގެ މެޗާ އެކު އިންޓަނޭޝަނަލް ފުޓްބޯޅައިގައި ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. ޗައިނާ އިން ވަނީ އެ ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ރާއްޖެ އަތުން އެންމެ ފުރަތަމަ މެޗުގައި، 2001 ވަނަ އަހަރު ޗައިނާ ވަނީ 10-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2001 ވަނަ އަަހަރު މާލޭގައި ޗައިނާ މޮޅުވީ 1-0 އިންނެވެ. ދެން، ޗައިނާ އިން ވަނީ 2015 ގައި ރާއްޖެ އަތުން 3-0 އަދި 2016 ވަނަ އަހަރު 4-0 ބަލިވެފަ އެވެ. އެންމެ ފަހުން، 2019 އާއި 2021 ވަނަ އަހަރު ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. 

ޝާއޯ ބުނީ، ރާއްޖެ މެޗަށް ކަނޑައެޅި ޓާގެޓްތައް ހާސިލްވީ ރަނގަޅު ޕްލޭނަކާ އެކު ތައްޔާރުވުމުން ކަމަށެވެ. ދެން، އޮތީ ކުރިއަށް ހުރި މެޗުތަކުގައި މި މަސައްކަތް ތަކުރާރުކޮށް އިތުރަށް ރަނގަޅު ކުރުން ކަމަށް ޝާއޯ ފާހަގަކުރި އެވެ. 

ޗައިނާ އިން މި ބްރޭކުގައި ދެން ކުޅޭނީ، ނިއު ޒީލެންޑާއި ފަލަސްތީނާއި ތަޖިކިސްތާނާ އެވެ. ރާއްޖޭން ކުޅެނީ، ކިރްގިސްތާނާއި ލެބަނަންއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox