ޕްލޭއޮފުން މޮޅުވެ މެރިއޮޓް، އޮޅުވެލި، މާދޫ އަދި އަނަންތަރާ ދިގު ކުއާޓާ އަށް

Aug 28, 2026, 9:10 AM
ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި އޮޅުވެލިން ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި އޮޅުވެލިން ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން 2026 ގެ ޕްލޭއޮފް މެޗުތަކުން މޮޅުވެ، ޖޭޑަބްލިއު މެރިއަޓް، ސަން ސިޔާމް އޮޅުވެލި، އޯޒެން ލައިފް މާދޫ އަދި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް ކުއާޓާ ފައިނަލްގެ ފަހު ޖާގަތައް ހޯދައިފި އެވެ. 

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 12 ޓީމު ވާދަކުރާ ސައުތު މާލެ ޒޯން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބޭނެ އެވެ. 

ހަތަރު ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައީ، ވެލައްސަރު މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، ދި މެރީނާ އަދި ބޮލިފުށި އެވެ.

ޕްލޭއޮފް ފުރަތަމަަ މެޗުގައި، ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށި އަތުން މެރިއޮޓް މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެރިއޮޓް ޓީމުގެ މުނާޒް އެވެ. 

އޮޅުވެލިން ޕްލޭއޮފް ދެ ވަނަ މެޗުގައި ސައި ލެގޫން މޯލްޑިވްސް އަތުން މޮޅުވިއިރު، އޮޅުވެލީގެ ލަނޑުތައް ޖެހީ ވިގާމް އެވެ. 

ޕްލޭއޮފް ތިން ވަނަ މެޗުގައި އޯޒެން ލައިފް މާދޫ އާއި އެސްއޯ/މޯލްޑިވްސް ވަނީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ އަށް ފަހު، މާދޫ ވަނީ 7-5 އިން މޮޅުވެފަ އެވެ. އެސްއޯ/ މޯލްޑިވްސް އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ވިޝާމް ދެ ގޯލާއި އިސްމާއިލް އެވެ. މާދޫގެ ލަނޑުތައް ޖެހީ މުއްސަފު ދެ ލަނޑުގެ އިތުރުން، އެސްއޯ/މޯލްޑިވްސްގެ އަނޫސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

އަނަންތަރާ ދިގު އިން ޕްލޭއޮފްގެ ފަހު މެޗުގައި ރަށް ގިލި މޯލްޑިވްސް އަތުން މޮޅުވީ 3-0 އިންނެވެ. މި މެޗުގައި އަނަންތަރާ ދިގުގެ ލަނޑުތައް ޖެހީ އަހުމަދު އާއި ލައުހު އަދި ޝުޖާއު އެވެ. 

ސައުތު މާލެ ޒޯންގެ މެޗުތައް އޮޅުވެލީގައި ކުރިއަށްދާއިރު، ކުއާޓާ ފައިނަލް މެޗުތައް އޮތީ މާދަމާ އާއި އާދިއްތަ ދުވަހު އެވެ. ކުއާޓާގައި ވެލައްސަރުން ކުޅޭނީ މާދޫއާ އެވެ. ހާޑް ރޮކް އިން އަނަންނަތަރާ ދިގުއާ ވާދަކުރާއިރު، ދި މެރީނާ އިން މެރިއޮޓްއާ ކުޅޭނެ އެވެ. އަދި، ބޮލިފުށިން ބައްދަލުުކުރާނީ އޮޅުވެލިއާ އެވެ.  

މިދިޔަ އަހަރުގެ ފައިނަލުުގައި ސައި ލެގޫން ބަލިކޮށްފައި މި ޒޯންގެ ތަށި ހޯދީ ވަލްޑޯފުންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވަލްޑޯފުން މޮޅުވީ 5-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox