ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ދި މެރީނާ އާއި ބޮލިފުއްޓަށް

Aug 26, 2026, 11:43 AM
ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި ދި މެރީނާ އާއި ރަށް ގިލި މޯލްޑިވްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި ދި މެރީނާ އާއި ރަށް ގިލި މޯލްޑިވްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން 2026 ގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ، ދި މެރީނާ އާއި ބޮލިފުށިން ހޯދައިފި އެވެ. 

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 12 ޓީމު ވާދަކުރާ ސައުތު މާލެ ޒޯން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބޭނެ އެވެ. 

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާއިރު، ކުއާޓާ ފައިނަލުގެ ސީދާ ޖާގަތައް ލިބުނު ހަތަރު ޓީމަކީ، ވެލައްސަރު މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، ދި މެރީނާ އަދި ބޮލިފުށި އެވެ. 

ގްރޫޕް ސީގެ ފަހު މެޗުގައި އިއްޔެ ހަވީރު، އައްމަޑޭ ޖެހި ގޯލުން ދި މެރީނާ އިން ވަނީ 1-0 އިން ރަށް ގިލި މޯލްޑިވްސް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު މި ގްރޫޕްގެ އެއް ވަނަ އަށް ދިޔަ މެރީނާ އާއި ދެ ވަނަ ހޯދި މާދޫ އަށް ދެ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ދެ ޓީމު ވަނީ ފައިދާ ގޯލާއި ޖެހި ގޯލާއި ކޮޅަށް ވަން ގޯލު ވެސް އެއްވަރުވެފަ އެވެ. އެހެންވެ ފެއާ ޕްލޭ އަށް ބަލަން ޖެހުނުއިރު، ކުރި ލިބުނީ ދި މެރީނާ އަށެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ރަށް ގިލި އަށް ޕޮއިންޓެއް ނުލިބެ އެވެ. 

އެސްއޯ/މޯލްޑިވްސް އަށް އިއްޔެ އަނަންތަރާ ދިގު ބަލިކޮށްގެން، ކުއާޓާ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އިއްޔެ، އެސްއޯ/މޯލްޑިވްސް ވަނީ އަނަންތަރާ ދިގު އަތުން 4-2 އިން ބަލިވެފަ އެވެ. މި މެޗުގައި، އަނަންތަރާގެ ލައުހު ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑަކީ އެސްއޯ/މޯލްޑިވްސްގެ ވިޝާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި އެސްއޯ/މޯލްޑިވްސްގެ ލަނޑުތައް ޖެހީ، އިސްމާއިލް ދެ ލަނޑެވެ.

ސަން ސިޔާމް އޮޅުވެލީގައި ސައުތު މާލެ ޒޯންގެ  މެޗުތައް ކުރިއަށްދާއިރު، މިއަދާއި މާދަމާ ކުޅޭނީ ޕްލޭއޮފް މެޗުތަކެވެ. އެ ގޮތުން، މިއަދު ފުރަތަމަ މެޗުގައި ވަލްޑޯފުން ކުޅޭނީ ޖޭޑަބްލިއު މެރިއަޓްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، ސައި ލެގޫން އިން އޮޅުވެލިއާ ކުޅޭނެ އެވެ. އަދި، މާދަމާ، ފުރަތަމަ މެޗުގައި، މާދޫން އެސްއޯ/މޯލްޑިވްސްއާ ބައްދަލުކުރާއިރު، ޕްލޭއޮފް ފަހު މެޗުގައި، ރަށް ގިލިން ނުކުންނާނީ އަނަންތަަރާ ދިގު އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox