ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި: އަލީ ހުސައިން

އަލީ ހުސައިން: ރައީސުލްޖުމްހޫރިއްޔާއަށް ވައްކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އަލީ ހުސައިން: ރައީސުލްޖުމްހޫރިއްޔާއަށް ވައްކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ގާނޫނުއަސާސީގެ ފޮނިމީރުކަން ހަމައެކަނި ލިބެނީ އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް އެކަނި ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ވެސް ލިބެނީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ކަމަށާއި ކުންފުނިތަކާއި ހުރިހާ ރަށްތަކާއި ފަޅުތަކުގެ އިތުރުން ދައުލަތުގެ ފައިސާއަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އެއްޗަކަށް ވެފައިވާ ކަމަށެވެ. 

"މި ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހާއަށް އެކަނި. އަދި އިންސާފުވެސް ލިބޭނީ އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހާއަށް އެކަނި. އިތުރު އެއްވެސް މީހަކަށް ނުލިބޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ދިވެހިރާއްޖޭގައި ހުރި ހުރިހާ ދައުލަތުގެ ކުންފުނިތަކަށް ވެސް އަޅުގަނޑު ކިޔާކަށް ބޭނުމެއް ނޫން ދައުލަތުގެ ކުންފުންޏޭ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ކުންފުނި. ރައީސުލްޖުމްހޫރިއްޔާގެ މުދާ. ރައީސުލްޖުމްހޫރިއްޔާގެ ފަޅު ރަށް. ރައީސުލްޖުމްހޫރިއްޔާގެ ރަށްތައް. ރައީސުލްޖުމްހޫރިއްޔާގެ އަނެއްކާ ދިވެހި ރާއްޖޭގެ ހުރިހާ ފައިސާއަކީ ވެސް. ބޭނުން މީހަކަށް ބޭނުން އަދަދެއް ދޭންވީ. ކުރެވޭނީ އެއް ކަމެއް ވެސް ނެތް."

ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ހިތުހުރި ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ އެކަމުގެ ބޭނުން ހިފައި މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި އަދި ޖުޑިޝަރީގެ ކޮންޓްރޯލް ވެސް ނަގާ ކަމަށެވެ. 

"މިހާރުގެ ފެހި ގާނޫނުއަސާސީގައި ވެރިކަމަކީ ސަބީލިއްލާހި ހަމަ އެމީހަކު ހިތުހުރިގޮތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާ އެއްޗެއް ގޮތުގައި މުޅި ގާނޫނުއަސާސީ ފަރުމާކޮށްފައި މިއޮތީ. އެއީ ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އެބަ ނެގޭ. ހުރިހާ މިނިވަން މުއައްސަސާއެއްގެ ކޮންޓްރޯލް އެބަ ނެގޭ،" އަލީ ހުސައިން ވިދާޅުވި އެވެ. 

"މުޅި ޖުޑީޝަރީގެ ކޮންޓްރޯލް އެބަ ނެގޭ. ބޭނުން އަދަދަކަށް ކުންފުނި ހިންގޭ. ބޭނުން އަދަދަކަށް ފަޅުރަށް ކުއްޔަށް އެބަދެވޭ. ބޭނުން އަދަދަކަށް ފަރުތައް ކުއްޔަށް އެބަ ލިބޭ. ބޭނުން ފަރެއް އެބަ ހިއްކޭ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ހިތަކަށް ގައުމު ލިބޭ ގޮތަށް ހަދާފައި އޮތް ގާނޫނުއަސާސީއެއް މިއީ."

އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ކުޑަކޮށް، ގާނޫނުއަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވައްކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުން ރައްޔިތުންގެ ވޯޓުން އައްޔަން ކުރެވޭ ގޮތަށްވެސް ހަދައި، އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް އާއި ކޮމިޝަނާ އޮފް ޕޮލިސްފަދަ ބޭފުޅުންވެސް ހިމަނަން ޖެހޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox