ބޯޓު ފެނަށް ތިރިކުރަން ޖެހުމުން އެމެރިކާ ކޮންގްރެސް މެމްބަރަކު ފަތާފައި ސަލާމަތްވެއްޖެ

Sep 15, 2026, 7:00 AM
މެމްބަރު ޓޮމް ޓިފަނީ.

މެމްބަރު ޓޮމް ޓިފަނީ.

އެމެރިކާގެ ވިސްކޮންސިންގެ ކޮންގްރެސް މެންބަރު ޓޮމް ޓިފަނީ ދަތުރުކުރެއްވި ކުޑަ ބޯޓެއް ފެންގަނޑަކަށް ޖައްސަން ޖެހުމާ ގުޅިގެން، އޭނާ އާއި ބޯޓުގެ ޕައިލެޓް ފަތާފައި ސަލާމަތްވާން ޖެހުނު ކަމަށާއި، މި ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އެ ސްޓޭޓުގެ ގަވަރުނަރު ކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޓިފަނީ ދަތުރުކުރެއްވި ކުޑަ ބޯޓަށް ދިމާވި މެކޭނިކަލް މައްސަލައަކާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭ ލޭކް ވޯސޯއަށް ބޯޓު ކުއްލި ހާލަތުގައި ޖައްސަން މަޖުބޫރުވީ ކަމަށް ކައުންޓީ ޝެރިފްގެ އޮފީހުން ބުނެފައިވެ އެވެ.

ޓިފަނީ ވިދާޅުވި ގޮތުގައި ބޯޓު ފެންގަނޑަށް ޖެއްސުމާއެކު، އޭނާއާއި ޕައިލެޓް ވަނީ އެމަޖެންސީ ނަންބަރު 911 އަށް ގުޅައި އެހީއަށް އެދިފަ އެވެ.

ލަ ކްރޮސް ކައުންޓީގައި އޮތް ފަރިއްކޮޅަކަށް ފަހު ޓިފަނީ އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް، ވޯސޯ ޑައުންޓައުން އެއާޕޯޓާ ގާތްވަމުން ދަނިކޮށް ކުއްލިއަކަށް ބޯޓުގެ އިންޖީނުން ބާރު ކެނޑުނީ ކަމަށް އާދީއްތަ ދުވަހު އޭނާ ވިދާޅުވި އެވެ.

މެރަތަން ކައުންޓީ ޝެރިފްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފެންގަނޑަށް ބޯޓެއް ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. ޝެރިފްގެ އޮފީހުން ބުނި ގޮތުގައި، ބޯޓުގައި ތިބި ދެ މީހުން ބޯޓުން ނުކުމެ ފުންނޫން ހިސާބަކަށް ދިޔަތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން ފަޔާ ޑިޕާޓްމަންޓުގެ އެއާބޯޓަކުން ވަނީ އެމީހުން ސަލާމަތްކޮށްފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި، ފަސް މީހުންގެ ޖާގަ އޮންނަ، އެއް އިންޖީނުލީ "ބީޗްކްރާފްޓް K35" މަރުކާގެ އެ ބޯޓުގައި އެވަގުތު ތިބީ ހަމައެކަނި ޓިފަނީއާއި ޕައިލެޓެވެ.

ބޯޓަށް ދިމާވި މެކޭނިކަލް މައްސަލައިގެ އަސްލު ސަބަބު އަދި ސާފުވެފައި ނުވާއިރު، ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ޝެރިފްގެ އޮފީހުން ބުނެ އެވެ.

އެމަޖެންސީ ޓީމުތަކުން ބޯޓު ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު އަދިވެސް އޮތީ އެ ފެންގަނޑުގެ ތެރޭގައި ކަމަށް ޝެރިފްގެ އޮފީހުން އިތުރަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox