މާޗުގެ ނިޔަލަށް ވާނުވާ މައްސަލަތައް ނިންމޭނީ ކޯޓުތަކުގެ ސްޕީޑު އެތައް ގުނައަކުން އަވަސްކޮށްގެން: ޝަމީމް

 ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު --- ފޮޓޯ: އަދަދު

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު --- ފޮޓޯ: އަދަދު

ޝަރީއަތް ނިމެންދެން "ވާނުވާ ބަންދުގައި" ތިބި އެތައް ސަތޭކަ މީހުންގެ ތެރެއިން އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަންނަ މާޗު މަސް ނިމުމުގެ ކުރިން ނިންމޭނީ ކޯޓުތަކުން މަސައްކަތްކުރާ ދުވެލި އެތައް ގުނައަކުން އަވަސްކޮށްގެން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 21، ގައި މުއިއްޒު ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އަންނަ މާޗު މަސް ނިމުމުގެ ކުރިން އެއް އަހަރަށްވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ކޯޓު މަރުހަލާ ނިމޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އެމަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މި އަންނަ މާރިޗު މަސް ނިމެންވާއިރަށް، އެއް އަހަރަށްވުރެ ގިނަދުވަސް ވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް، ކޯޓު މަރުޙަލާތައް ނިމޭނެކަމަށް. އެއް އަހަރަށްވުރެ ގިނަދުވަސް ވެފައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް," އެ ރޭ މުއިއްޒު ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ޝަމީމު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން މުއިއްޒު ބޭނުންވާ ގޮތަށް ވާނުނާ މައްސަލަ "ހައްލުކުރަން" ކޯޓުތަކުގެ މަސައްކަތްތަކުގެ ދުވެލި ވަރަށް އަވަސް ކުރަން ޖެހޭނެ އެވެ. މިދިޔަ ދެ އަހަރު ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކެއް ވެސް ޝަމީމު ހިއްސާކުރައްވާފައިވެ އެވެ.

އެގޮތުން 2024 ގައި އަތޮޅުތަކުގެ ކޯޓުތަކުން އެވްރެޖުކޮށް މަހަކަށް ނިންމީ 40 މައްސަލަ އެވެ. މި އަހަރު އެ އަދަދު 45 އަކަށް ވަނީ އަރާފަ އެވެ. އެ ކޯޓުތަކުން މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހު އެވްރެޖުކޮށް ނަހެއްގެ މައްޗަށް ނިންމީ 35 މައްސަލަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ނިންމީ 29 މައްސަލަ އެވެ.

ޝަމީމް ވިދާޅުވާ ގޮތުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު އިތުރީ ރޯދަ މަހާއި ސްކޫލު ބަންދު އެ މުއްދަތައް ނުފެތޭތީ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތަށް އަންނަ އަހަރުގެ ފުރަތަމަ ތިން މަހު އެ މައްސަލަތައް ނިންމަން ކޯޓުތަކުން މަސައްކަތް ކުރަން ޖެހޭނީ ސްކޫލު ބަންދާއި ރޯދަމަސް ވެސް ހިމެނޭހެނެވެ.

ވާނުވާގައި މީހުން ތިބި މައްސަލަތަކުގެ ތެރެއިން 145 މައްސަލަތައް އޮތީ އަތޮޅުތެރޭގެ ކޯޓުތަކުގަ އެވެ. ބާކީ 155 މައްސަލަ އޮތީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގަ އެވެ.

ކްރިމިނަލް މިދިޔަ އަހަރު މަހެއްގެ މައްޗަށް ނިންމީ 34.5 މައްސަލަ އެވެ. މި އަހަރު އައު ކޯޓު އިމާރާތް ހުޅުވުމާއެކު އެ އަދަދު ވަނީ 58 އަށް އަރާފަ އެވެ. ޖުވެނައިލް ކޯޓުން މި އަހަރު ނިންމީ އެންމެ ހަތަރު މައްސަލަ އެވެ.

ޝަމީމު ވިދާޅުވާ ގޮތުގައި މުއިއްޒުގެ އަމާޒަށް ވާސިލްވުމަށް އެ މުއްދަތުގައި މި ހުރިހާ މައްސަލައެއް ނިންމޭނީ މަދުވެގެން އަތޮޅުތަކުގެ ކޯޓުތަކުން މަހަކު 48 މައްސަލަ ނިންމަން ޖެހެ އެވެ. ކޯޓުތަކުގެ ދުވެލި އަވަސްކޮށް މާލޭގެ ކޯޓުތަކުން 52 މައްސަލަ ނިންމަން ޖެހެ އެވެ.

މިއީ މިދިޔަ ދެ އަހަރަށްވުރެ 50 ޕަސެންޓު އިތުރު އަދަދެކެވެ. ޝަމީމު ވިދާޅުވާ ގޮތުގައި މިއީ ކުޑަ، ލުއި މަސައްކަތެއް ނޫނެވެ. އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ސްކޫލު ބަންދާއި ރޯދަ މަހުގެ ޗުއްޓީ ވެސް އަންނާނެ އެވެ.

"ރައީސްގެ އަމާޒަށް، 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިންމޭނީ، އެޓާނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ގޮތަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުން މިމައްސަލަތަކުގެ ޢަދަދުތައް ނަންގަވައިގެން، މައްސަލަތައް އަވަހަށް ނިންމަވަން ހާއްސަ މަސައްކަތްތަކެއް ކުރައްވައިގެން،" ޝަމީމު ލިޔުއްވާފައިވެ އެވެ.

މި މަހުގެ ކުރީކޮޅު މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވާ މުއިއްޒު ވަނީ ވާނުވާ ބަންދުގައި 347 މީހުން ތިބި ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި، މަރުގެ މައްސަލަތަކުގައި ހިމެނޭ 29 މީހަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox